ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑް ކުރި ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭ އިތުރު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީގެ ކުރިން އޭނާގެ މައްަޗަށް ތުހުމަތު ކުރެވުނު މައްސަލަތަކުގައި ދެ މަސް ދުވަސް ވަންދެން އޭނާ ސަސްޕެންޑް ކުރިއެވެ. އަދި އެ ސަސްޕެންޝަން މިއަދަށް ވަނީ ހަމަވެފައެވެ

އަދި ޖޭއެސްސީން ކުރި ތަހުގީގަށް ފަހު އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ވަނީ ހުށަހަޅާފައެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، ޢަލީ އާދަމްއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ އިތުރު އެހެން މައްސަލައަކާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިއަދުން ފެށިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އޭނާ ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭ އެތައް މައްސަލައެއް މީގެ ކުރިންވެސް ބަލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މައިކަލް ޓެލޯ

    އަޅުގަނޑަކަށް މީގެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުދެކެން. ހަމަ ގުޅަންވީނޫންތޯ؟

    10
    8
  2. ޢަބުދު

    ތިކަހަލަ ކިތައްމެ ގާޒީންނާއި މެޖިސްޓްރޭޓުން އެބައުޅޭ، ހުކުމް އިއްވާދުވަހު ފިލައިގެން އުޅޭނީ މައްސަލަތައް ނުނިންމާ ދިގުދައްމަން. ތިޔަ ޝަރުއީ ދާއިރާ ވަރަށް އިތުބާރު ގެއްލިފަ.

    15
    1
  3. އަހްމަދު

    ތިގޮތައް މިނިވަންތަހްގީގެއްކޮށްލަބަލަ ހިސާންގެ ކިތައްމައްސަލައޮތްތޯ

    18
  4. ޙުސޭނަ

    .ތިއީ އާކަމެއް ނޫން މިފަހަރު ފަޅާއެރީ ..ތިއީމިގައުމުގެ ހާލަތު

    14
  5. Anonymous

    ކޯޓުތަކުގައި އުޅޭ ގާޒީން އާންމުކޮށް ކުރާ ކަމެއް ދޯ.

    10
    1
  6. ލޮލް

    މިކަލޭގެ ދެކެ ކާކު ރުޅިއައިސްގެން މިއުޅެނީ؟ މޑޕގެ ކޮންމެވެސް މީހެއްގެ އަންބެއްގެ ގަޔަށް އެރީބާ؟

    11
    1
  7. ރައީސް

    ހާދަ ބަލާ ބޮޑު މީހެކޭ ދޯ

    11
    1