ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ މި މަހުގެ 30 ވަނަ ދުވަހެވެ.

އީސީން ކުރި އިއުލާނެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިއލާނާ ގުޅިގެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އިތުރުން ކޮމިޝަނަށް ހާޒިރުވެގެން އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ބަލައިގަނެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވާ ގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1500ރ. ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1200ރ ލިބޭއިރު، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1000ރ. އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ ލިބޭނެއެވެ. މި ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހުއެވެ.

މީގެ އިތުރުން، އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބް

    ތިކަމުގައި ބައިވެރި ނުވާނަން

  2. ާައައިޝަތް ފަހުމީލާ

    އޮފިޝަލް އަކަށް ވުން

  3. ތަކުރު

    1000 ރުފިޔާ ކަމަކު ނުދޭ ތިކަމުގައި ހެނދުނު ހޭލައިގެން ރޭގަޑު އެކެއް ދެއެއް ޖަހަންދެން