"ވަގުތު"ގެ އެޑިޓަރ ސައިފުﷲ އަހްމަދުގެ މާމަ ހއ.ދިއްދޫ ހަޒާރުމާގެ ޝަރީފާ އަބޫބަކުރު ވަނީ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ.

ޝަރީފާ އަބޫބަކުރު ނިޔާވުމާއި ގުޅިގެން ސައިފުﷲ އަހްމަދުގެ އާއިލާއަށް ލިބިފައިވާ ހިތާމާގައި "ވަގުތު" އާއި "ވަގުތު" މުވައްޒަފުން ބައިވެރިވަމެވެ. އަދި ޝަރީފާ އަބޫބަކުރުގެ އާއިލާ މެންބަރުންނަށް ތައުޒިއާ ދަންނަވަމެވެ.

"ވަގުތު" މުވައްޒަފުންގެ ދުއާ އަކީ ޝަރީފާ އަބޫބަކުރުގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

ޝަރީފާ އަބޫބަކުރުގެ ޖަނާޒާ މިއަދު ހުކުރު ނަމާދަށްފަހު ވަނީ ބާއްވާފައެވެ.