ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ބުނެއެވެެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

ސްޓެލްކޯއިން އެކި އަޕްގްރޭޑްތަކުގެ މަސައްކަތް ކުރުމަށް ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލައެވެ. ނަމަވެސް ކަރަންޓު ކަނޑާލުމުގެ ކުރިން އެ ކުންފުނިން އަބަދުވެސް އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެއެވެ. އަދި ކަރަންޓު ގޮސްފައި ހުންނާނެ ވަގުތުތައް ކުރިއާލާ އިއުލާނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު