ރާއްޖޭގެ ކަނޑުތައް ވިއްކާލީ މި ސަރުކާރުން ނޫން ކަމަށާއި އެކަން ކުރީ ޕީޕީއެމްގެ ސަރުކާާރުގައި ކަމަށް އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ކެމްޕޭނަށް އައްޑޫ ސިޓީއަަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ކެމްޕޭންއަށް ބައެއް ގޭގެއަށް ވަޑައިގަންނަވާ އިރު މި ސަރުކާރުން ރާއްޖޭގެ ކަނޑުތައް ވިއްކާާލި ކަމަށް ބުނަމުން ދާކަމަށެވެ.

ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ކާކަށް ކޮން ކަނޑެއްތޯ ވިއްކާލީ؟. ހަގީގަތުގައި މި ރޭއްޖޭގެ ދެކުނުގެ މަސްވެރިންނަށް އެ މީހުންނަށް ދެވޭނެ ހިސާބާއި ނުދެވޭނެ ހިސާބާއި މި ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ކަށަވަރު ވެގެން ދިޔައީ އަދި ކިރިޔާ. އަޅުގަނޑުމެންގެ މި ސަރުކާރު އައިއިރު ބޭރުގެ މަސް ބޯޓު ފަހަރު ދިވެހީ މާ ކަނޑުން މަސް ބާނަމުން މަސް ގަންނަމުން ދިޔަ އެކަން އޮތީ ފައިސާ ނަގައިގެން އެކަން ހުއްދަ ކުރެވިފަ. ބޭރު މަސްބޯޓު ފަހަރަށް އެކަން ނުކުރެވޭ ގޮތަށް ނިންމީ މި ސަރުކާރުން" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބޭރު މަސްބޯޓުތަކަށް ވަދެވި، ކަނޑުން މަސް ބޭނުމުގެ ފުރުސަތު ދިނުމަކީ އަސްލު ކަނޑު ވިއްކާލުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ވިއްކާލީ ޕީޕީއެމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާާސީއަށް ބަދަލު ގެނެސްގެން ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ހެދީ ވެސް ޕީޕީއެމްގެ ސަރުކާރުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އައިސް އެންމެ ފުރަތަމަ ނިންމި ނިންމުމަކީ ކުރީގެ ނިންމުން ބާތިލްކޮށް ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭ ގޮތް ހެދުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ކޮން ބައެއްތޯ ދިވެހީންގެ ބިން ދިވެހީންނަށް ހިމާޔަތް ކޮށްދިނީ؟. އިބްރާާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ވައްކަމަށް ފުރުސަތު ނުދޭން ބޭނުންވާ ނަމަ އަޅުގަނޑުމެން އަދިވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އަަދި އަޅުގަނޑުމެންނަށް ކުރި އެރުން އޮތީ މި ސަރުކާރުގެ ތަރައްގީގެ ޕްލޭން ކުރިއަށް ގެންގޮސްގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަގީގަތް

    އަޅުގަނޑު މެންގެ ވަލީއުލްއަމުރު އަކީ ރޯމާދުވާލު ވަރަށް ފަރިތަކޮއް ދޮގު ހަދަން ދަންނަ ވެރިއެއް އެބޭ ފުޅާ ކޮންޓްރޯލް ކުރާ މުއައްސަސާތަކާއި މީހުން ވެސް ފަރިތަވާނޭ ކަމަށް ބެލެވޭނީ

    15
  2. އަހްމަދު

    މިހިރާ މީހާއެވެ! ކަލެޔަކަށް ދުވާލު ރޭނގަޑަކަށް ނެހެދޭނެ! ފަހަރެއްގައި ކަލޭ ތިދައްކާ ވަހަކަ ޤަބޫލުކުރާނެ ބަޔަކުވެސް ތިބެދާނެ!

    16
  3. ނާހަމަ ތެދެއް

    އަދިވެސް ހަދަނީ ދޮގޭ..މިގްރޫޕް ދޮގުހެދުން ހުއްޓައިގެން އިބްރާހިމަށް ވޯޓެއް ލިބޭނީ.. އަސްލަމް މާރިޔާ އިމްރާން ހީކުރީ ދޮގުހަދައިގެން އަދިވެސް ވޯޓް ހޯދޭނެ ކަމަށް. އެއްބަސް ހަދާ ގައިމުވެސް ސިއްރުކުރީ ކަލޭމެން ގައުމީ ސަލާމަތައް ހުރި ނުރައްކަލޭ ކިޔާފަ އެކަމެއް ރައްޔިތުންނައް ނޯޅޭނެ

    12
  4. ށާމިން

    ައަސްލަމް ނިދިން ހޭލެވުނީ ވެރިކަން ނިމުނުފަހުން އައްޑޫ މީހެކޭ ބުނާވަރެއްވެސް ނުވޭ ދެން މިކަން ނިމުނީ

    16
  5. ހުސެންފުތާ

    އޯއި އަސްލަމޫ ޔޫ ރަގަޅައި؟ ނިހޮވޭހެއްކަން ޔަގީން ވީމެއި ހޮޅިހޮއްލަނީ ދީ .. އުޅުން އިސްލާހު ކެރާއްކެން ބެނިން ދީ؟

    13
  6. މެކޭ

    މަޖިލީހުގަ ކިތަންމެ ދުވަހަކު އުޅުނަސް މީހަމަ ބޮލެއް. ބޮލުގެ ބަދަލުގަ އިންނަނީ މީދާ ކޭ އުނބެއް.

    12
    • ސަރުދާރު

      ބޮލުގެ ބަދަލުގަ އިންނަނީ ރާ ފުޅިއެއް

  7. ޖާނޭ

    ޗާގޯސް މޮރިޝަސް އަށް ވިއްކާލި ބޮޑު ވަގުން

    13
  8. އިބޫ ޖަހުލު

    ރާއްޖެ ޓީވީ ބަލާ ގަމާރުން އެކަނި ތިވާހަކަ ގަބޫލު ކުރާނީ.

  9. ސަރުދާރު

    ކަލޭ އޭރުވެސް އޮތީ ރާބޮއެގެން ދެން ކޯއްޗެއް އެނގޭނީ. ރާބޮއެ އެނޫނަސް ހަރާމް އެއްޗެހި ބޭނުންކޮށްގެން ގައިގަ ޖަހާފަ ތިހިރަ ހަރާމް މަސްތައް ނައްތާލަބަލަ. ފެނުނަސް ހީވަނީ ރާފުޅިއެއްހެން

  10. އަހަންމާ ބެއްޔާ

    ނޫނޭ ނޫނޭ ތީއެކަމަކު ފުކެއް ބޮޑުވަރު އަސްލަމޫ އަބަދަކު ރައްޔިތުން ގަޅިއެއް ނުހެއްދޭނެ މީ އެކާވީސްވަނަ ގަރުނު އަމިއްލަ އެދުމައް އަމާވެސް ވިއްކާލާނެ ތިކަހަލަ މީހުން