މި ސަރުކާރުގެ ފަސް އަހަރު ނިމުނަސް، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ވަކި ނުކުރެއްވޭނެ ކަމަށް އެމަގާމުގައި ހުންނެވި ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެގޮތަށް ވިދާޅުވީ ޕީޖީ އޮފީހުން ނެރޭ އުންސުރު ލެޓާގެ ހަތަރު ވަނަ އަދަދުގައި އޭނާ ލިއުއްވި ލިއުއްވުމެއްގައެެވެ.

ޝަމީމް ވިދާާޅުވީ ޕްރޮސިކިއުޓާ ޖެނެރަލާއި އޭނާގެ ގާނޫނީ މަސައްކަތް އުފަންވީ ދުސްތޫރީ މާއްދާއިން ބާރު ލިބިގެން، ގާނޫނު އަސާސީ ތަޞްދީޤުކުރި 7 އޮގަސްޓު 2008 ދުވަހު ކަމަށެވެ. އަދި ރާއްޖޭގައި، ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނަންވާނެކަމަށް، ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި އޮންނަ ކަމަށެވެ.

އަދި 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއާއެކު، ބާރުތައް ވަކިވެފައިވާ ޖިނާއީ ޢަދުލުގެ ނިޒާމެއް އުފަންވި އިރު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ ބާރު، ބަންޑާރަ ނައިބުގެ އަތުން ނަގައި، އަލަށް އުފެދުނު ޕްރޮސިކިއުޓަރ ޖެނެރަލާ ހަވާލުވިކަން ފާހަގަ ކުރެއްވި އެވެ. އަދި ބަންޑާރަ ނައިބަށް އޮތީ، ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުމުގެ ބާރު ކަމަށްވެސް ޝަމީމް ވިދާޅިުވި އެވެ.

"ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ އިދާރާއެއް ނޫނެވެ. ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ. މާނައަކީ މި އޮފީހުން ނިންމާ ނިންމުމަކީ އެހެން އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއް ނެތި ޤާނޫނުތަކާއި ގަވާއިދުތައް ދައްކައިދޭ މަގުން ނިންމާ ނިންމުންތަކެކެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަތްކެއް ނުކުރެވޭނެއެވެ. އަދި ސަރުކާރުގެ ދައުރު ނިމުނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ނިމުމަކަށް ނާންނާނެއެވެ." ޝަމީމް އިތުރަށް ވިދާޅުވެފައި ވެެއެވެ.

ޝަމީމް މި ސަރުކާރުގެ ޕްރޮސިކުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު ބައެއް މައްސަލަތަކުގައި އަމަލު ކުރެއްވި ގޮތުން ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވެެއެވެ. ހާއްސަކޮށް ވެންޓިލޭޓާރު ހިޔާނާތުގެ މައްސަލަ އެތައް ފަހަރަކު އޭސީސީން ބަލައި ދައުވާ ކުރަން ފޮނުވުމުން ވެސް ޕީޖީން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މާމީ

    ނުވާނެ ކަމައް ހުންނާނެ ކަމެއް ނެތް އަވަހައް ރާއްޖެއިން ގެންދަން ވާ އެއްޗެއް ހިފާގެން ރައްކާވޭ

    20
  2. އަހްމަދު

    އާނ ކަލޭ ތޮގައި ބައްދައިގަނެގެން އުޅޭ!

    18
  3. ނޭވާ

    އަދިވެސް މަގާމުގަ ބަގުޑިބައްދަނީ

    19
  4. ޖާނޭ

    މިހާ އަވަހަށް ޕެނިކްވީދޯ؟ ވަކި ކުރާނަން.

    19
  5. ޞަހސހ

    ހާދަ އަވަސް އަރުވާލީ

    18
  6. އަހްމަދު

    ޕެނިކް ގައި

    16
  7. ނާނި

    އިބޫ ވެރިކަމަށް އައިސް ކަލެއަށް މަޤާމް ދިންގޮތަށް މުއިއްޒު ވެރިކަމުގަ މުއިއްޒު ބޭނުން މީހަކަށް ތި މަޤާމުދޭނީ، މޮޔަވޭ މަޤާމާހެދި،

  8. ނޫނޭ ނުލަފާ

    ބުރޯ ކަލޭ ހިތު ހުރިގޮތަކަށް ކަންތައްކޮށްފަ ތި މަޤާމުގައި ހުރެވޭނެޔޭ ހީވުމަކީ ވަރަށްބޮޑު ކުށްހީއެއް. ހަދާނެ އެއްޗެއް ހަދަން އަބަދަކު ތިޔަހެން އާރާބާރުގައި ނުހުރެވޭނެ. މެޖޯރިޓީ ރައްޔިތުން ބުނަނީ ކަލޭ މަގާމުން ދުރުކުރަން. ލެޓްސްސީ

  9. ޟމ

    ތިހާ މިނިވަން ވެ ހުންނައިރު ތަޙްޤީޤް ތެރެއަށް ޕްރޮސެކިއުޓަރ ވަންނަ ގޮތަށް އޮންނަނީ ކީއްވެގެންތޯ، ބޭނުން ބަޔަކަށް ދައުވާކުރަންވީމަ ކޮންމެ ގޮތެއް ހަދާފަވެސް ހެކި ހޯދުމަށް އެދެނީ

  10. ތުއްތު އައްޑޫ

    ކަލޭ ތީ އެންފުރަތަމަ ބޭރުކުރާ ގުރޫޕު މީހެއް

  11. ހެހޭ

    ކަލޭ ..ބޭރުކުރާނަން.

  12. ސުން

    ކަލޭތީ މަތިން އައިއްސަހުރި މީހެއްތަ؟ކަލޭ ހުރެގެން ދުވަހަކުވެސް މިގައުމު ހަމަޔަކަށް ނޭޅޭނެ.ކަލޭ ބޭރު ކުރެވޭނެ.ކުރެވޭނެ ގޮތް އޮންނާނެ.މަގާމުގަ ބަގުނޑި ބައްދައިގެން ކަލެޔަކަށް އަބަދު ހުރެވޭތޯ.ހާދަ ވަރެކޭދޯ ތިވަނީ.ކަލޭތީ ގައުމުގެ ހަލާކު.

  13. Anonymous

    އެމެރިކާ ތަންތާ ގާނޫނަށް ބަލާނީ މިތާނގަ ނަގާ ހުރާލާނެ!

  14. އިއާޒް

    އަދި ރާއްޖޭގައި، ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނަންވާނެކަމަށް، ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި އޮންނަ ކަމަށެވެ.
    ބަލަގަ، ކަލޭ އެގާނޫނާ ކިލާފުވެ ވަކިފަރާތަކަށް ބުރަވެފައި ހުރީމާ ވަކިކުރެވޭނެ. ވަކި ކުރާނަށް. މާބޮޑުބަސް ބުނާނެކަމެއްނެތް ބުރާންޗާ.

  15. Anonymous

    ރައްޔުތުން ބޭނުން ވެއްޖެއްޔާ ވަކި ކުރެވޭނެ ، މިރާއްޖޭގައި މިއޮތީ ލިއުމުން ސަޕަރޭޓް އަމަލުން ރަސްކަން ކުރާ ނިޒާމެއް، ބޮޑު ޤަބީލާ މީހުން ބޭނުންވާ ގޮތަށް ކަންކުރާ ޤަބީލާ ނިޒާމެއް !

  16. އަހްމަދު

    މީނަހާދަހާވާ ބޭނުންވާމަގާމެކޭދޯމިއީ ޝަމީމު ބުނަން ރައީސުލްޖުމްހޫރިއްޔާއަށްވުރެ މައްޗަށްޖެހިލަންތިއުޅެނީ ސޯލިހާއެކުވެސް އެއްބަސްވުމެއްހަދަންކަމަށްތަ ހަމަހިލާއެހެން އެކަންކުރަން ރައްޔިތުން ފުރުސަތުނުދޭނެ މީ ވަރަށްވާހަކަ

  17. ޑައެލޯގް

    ކީއްވެ ވަކިނުކުރެވޭނީ ގާނޫނު އަސާސީ ބަދަލުކުރެވޭނެދޯ މަޖިލީހުގެ %67 ލިބުނީމަ، އެއިރަށްވެސް ކަލެއަށް ހުރެވޭނެކަމަށްތަ ތިޔަބުނަނީ ހާދަ އެއްޗެއްނޭގޭމީހެކޭދޯ ކަލެއަކީ އިރާދަކުރެއްވިއްޔާ ގާނޫނު އަސާސީ ބަދަލުކޮށްގެންވިއަސް ކަލޭބޭރުކުރާނަމެވެ.

  18. އިބޫ ޖަހުލު

    އެމްޑީއެންގެ ރިޕޯޓު ނެރުނު އިރު އެތާގެ ރައީސަކަށް ހުރީ ޝަމީމު. އަދި މިއީ ޝަހިންދާގެ ކުރީގެ ފިރިމީހާ. އެމްޑީއޭންއަށް ފިޔަވަޅު ނޭޅުނީ މިކަހަލަ މީހުނާ ހެދި. މި 5 އަަހަރު ކުރި ވައްކަންތަށް ދިފާއުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި މިމީހުން ހިންގަން ހުރި ޖަރީމާތަށްވެސް ދިފާއުކުރަން ފުރުސަތު ދީގެން ނުވާނެ. މިގޮލާ މިތަނުން ނެރެން ޖެހޭ

  19. ުކުރުކޮށް

    މީހުން އަރައިގެން ގަދަކަމުން އޮޑިން ބޭލުމަށްވުރެ ހުތުރު ކަމެއް ނޯންނާނެ

  20. ހުވާ

    އާން. ކަލޭކަހަލަ މީހަކު.. މަރުވިއަސް ތި ގޮނޑި ކަލެއަށް ހުންނަން ޖެހޭނެ.

  21. ބުރާންތި

    މަގާމާހެދި ހާދަވަރެކޭ ތިވަނީ ކޮންމެ މީހަކުހޮވުނަސް ބޭރުކުރަން ޖެހޭމީހެއް ކަލޭތީ ކަލޭ ކަންތައްތައް ކުރީ ގާނޫނާ އެއްގޮތައްތަ ހީވަނީ މީވާރުތަ މުދަލެއްހެން

  22. ތާވަޅު

    މީނަ ގަދަހަދާފަ މިހެންބުނާއިރު މީނާ ވަކިނުކުރެވޭނެ އެއްވެސް ސަބަބެއް ނުދެއްކެއޭ އެހެންވީމަ މަމިބުނަނީ މީ އެްޗެއް ކިޔަވައިގެންހުރިމީހެއްނޫނޭ