އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމުމާ އެކު، ނ. ކުޑަފަރީ ބަދަލުވެއްޖެއެވެ.

"ވަގުތު" އިން މީގެ ހަތް ދުވަސް ކުރިން ފަށައިގެން ނ. އަތޮޅުގައި ކުރަން ފެށި ސާވޭގެ ފަހު ރަށަކަށް މިއަދު ސާވޭ ކުރީ ކުޑަފަރީގައެވެ. މީގެކުރިން "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި ފުރަތަމަ ބުރުގައި އާއި ރަސްމީ ނަތީޖާ ދައްކާ ގޮތުގައި އިންތިހާބު ބޮޑު ތަފާތަކުން ނަގާފައި ވަނީ ރައީސް ސޯލިހެވެ.

މިފަހަރުގެ ސާވޭ އިން ދައްކާ ގޮތުގައި ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް 77 މީހުން (%41.6) ބުނެފައިވާ އިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 96 މީހުން (%51.9) މީހުންނެވެ. ވޯޓު ނުލާނެ ކަމަށް 12 މީހުން (%6.5) ބުނެފައިވެއެވެ.

ނ. އަތޮޅުގެ ގިނަ ރަށްތަކަކީ އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް ތާއީދު އޮންނަ ރަށްތަކެކެވެ. ސިޔާމްގެ ނިންމުން ހާމަ ކުރިއިރު، ކުޑަފަރީ ނޫން އެހެން ހުރިހާ ރަށްތަކެއްގެ ސާވޭ ވަނީ ނިމިފައެވެ.

އެހެންކަމުން ސިޔާމްގެ ނިންމުމުގެ ސަބަބުން ދެން ހުރި ރަށްރަތަކުގެ ވޯޓަށް އަންނާނެ ބަދަލެއް ސާވޭތަކުން ނޭނގޭނެއެވެ. ކުޑަފަރީގައި ރައީސް ސޯލިހް ޕްރޮމޯޓް ކުރަން މަސައްކަތް ކުރި އެމްޑީއޭ އެކްޓިވިސްޓުން މިހާރު ވަނީ މީސް މީޑިއާގައި މުއިއްޒު ޕްރޮމޯޓް ކުރަން މަސައްކަތް ފައްޓަވައިފައެވެ.

އެމްޑީއޭ އިން ވަކި ކޮޅެއް ނުނަގަން ސިޔާމް ހުށަހެޅުއްވި، ލިބުނީ 2 ވޯޓު!

ސިޔާމް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެމްޑީޕީއާ އެކު އޮތް ކޯލިޝަން ރޫޅާލައި، މުއިއްޒަށް ތާއީދުކޮށް ޕީޕީއެމް/ޕީއެންސީއާ އެކުގައި ކޯލިޝަން ހަދަން ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ އެންމެ ދެ މެމްބަރުންނެވެ.

ނ. އަތޮޅާ ގުޅޭ ގޮތުން ތަފްސީލްތައް ހިމެނޭ ރިޕޯޓެއް ރިޔާސީ އިންތިހާބުގެ ކުރިން ހާމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢިލިބޯ

    ޙެހެހެ ޗޯރަށް ސަލާމަތެއްނެތް ކުރިން ޔާމީނު ޖަލަށްް ނުލެވުނުނަމައޭ މިހާރު ހިތަށް އަރާނެ ޗޯރަށް ހުރިހާވެސް ނާކާމިޔާބަކީ ރ ޔާމީން އެކަނި ޖަލުގަބެހެއްޓުން.

    79
    7
  2. ހިކި ކިރު

    ސިޔާމު ތާއީދު ނުކުރިއަސް ކުރިއަސް މި އިންތިޙާބު މުޢީޒު ކާމިޔާބު ކުރާނެކަން ޔަޤީން. ކޮންމެ ވެރިއަކުވެސް ވިޔަފާރިވެރިންގެ އުނގަށް ވެއްޓޭކަށް ނުޖެހޭ! ވިޔަފާރި ވެރިންގެ ކަންކަން ކޮއްފަކާ ރައްޔިތު މީހާގެ ކަންކަން ކޮއްދޭނެ ވަޤުތެއް ވެރިމީހާ އަކަށް ނުވޭ. މިހެން ވެގެންނޭ ކޮންމެ 5 އަހަރަކުން ރައްޔިތުން ފޫގަލާފައި ވެރިކަން ބަދަލު ކުރަން ނުކުންނަން ޖެހެނީ. މުޢީޒަށްވެސް ވެރިކަން ކުރެވޭނީ 5 އަހަރު ކަމަށް ލަފާކުރެވެނީ. ސަބަބަކީ މިކަހަލަ ވިޔަފާރި ވެރިން ހިމާޔަތް ކުރަން ޖެހޭތީވެ. ވ ވެދުން.

    69
    7
    • ކޮއްކޮ

      ސިޔާމްގެ ޕާޓީން މުއިއްޒަށް ތާއީދުކުރީ މުއިއްޒު ވެސް އަދި ޕީޕީއެމް/ ޕީއެންސީން ވެސް އެދިގެނެއް ނޫން. އަދި ކޯލިޝަނެއް ވެސް ނަހަދާ. އެހެންވީމާ، މުއިއްޒަކަށް ނުޖެހޭނެ ސިޔާމު އެދޭހައި ކަމެއް ކޮށްދޭކަށް.

      37
      3
      • އެ ސޮރު

        ކަލެއަށް ވާނުވާ ނޭގުނަސް، ކަން ހިގާގޮތް އިނގޭ ބަޔަކުވެސް މި ގައުމުގަ އެބަތިބި

        3
        1
    • 1243

      ޠިޔަ ކުރާ ސަރވޭއަކުން އެކައްޗެއްވެސް ނޭނގޭނެ
      ޥޯޓުލާ ވޯޓު ގުނީމަ އެގޭނީ .ޕާރޓީ ސިސްޓަމް އުފެދުނު ފަހުން ދެވަނަ ބުރުގަ ކާމިޔާބް ލިބިފަ ވަނީ ފުރަތަމަ ބުރުގަ މަދު ވޯޓު ލިބުނު ފަރާތަށް އެއީ ކޮންމެފަދަ ހާލަތެއްގަަ ނަމަވެސް.

      8
      23
      • މޮޔަބެ

        މޮޔަ! މިފަހަރު ކޮބާތަ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކު؟ ކޯލިޝަން ހަދާނެ ބަޔަކު ނެއްތާ ކޯލިޝަން ރޫޅުނީ. އެހެން ފަހަރު ފަހަރު ކޯލިޝަން ހަދައިގެން ތިބުނާ ގޮތެއް ވަނީ. ތި ހިޔާލީ ފޮލާ ކައްކާތީ ދޯ ކެމްޕެއިން ނުކޮށް ތިތިބެނީ؟ ކެކެ

  3. 7000

    ނ.އަތޮލޫން ކޮންރަށަކުންތޯ ޝިޔާމަށް ތާއީދުބޮޑީ. އެއީ ކޮން އިރަކުތޯ. ޝިޔާމް ތާއީދުކުރި އިބޫއަށް ފުރަތަމަ ބުރުންވެސް ނ.އަތޮޅު ހުރިހާ ރަށަކުން މުއިއްޒު މެޖޯރިޓީއެގީ ޝިޔާމް އިބޫއާއި އެކުހުއްޓައި. ދެންނޮން ވާހަކައެއް. އޭގެ ކުރިން މަޖިލިސް އިންތިހާބުގައި ނ.އަތޮޅު ހުރިހާ ދާއިރާއަކަށް ކުރިމަތިލައިގެންވެސް ފެއިލްވީ. އެއީ ހޮޅުދޫ ދާއިރާއަށް ޝިޔާމްގެ އެއްބަޑު އެއްބަފާކޮށްކޮ ސާލިމް އަދި ކެނދިކުޅުދޫ ދާއިރާއަށް މައުރޫފް. ސާލިމް ދިޔައީ 4 ވަނައަށް. އެއީ އެންމެ ފުލަށް. ދެން ކޮންވާހަކައެއް. މުއިއްޒު އިންތިހާބު ކާމިޔާބުކުރަން ސަން ޝިޔާމްގެ ތާއީދެއް ބޭނުމެއްނޫން. އަދި ތިޔަބުނާ ޝިޔާމަށް ނޫނުން ހޯދޭނެ ތަފާތެއްވެސް ނޯންނާނެ. އޭނާގެ ކިރިޔާވެސް ބާރެއް އޮތީ ހަމައެކަނި ދާލު މީދޫ ދާއިރާގައިއެކަނި.

    16
    2
    • ކަމަނަ

      ޮމީދޫގަ އޭނަގެ ބާރެއްނެތް. ބާރުއޮތީ ސާޖިދާގެ މައިފުށު ޢާއިލާގެ މީހުންގެ. ސިޔާމް ވެއްޓި ތެޅިއްޖެ

      7
      2
  4. Anonymous

    ޗޯރޭ ވެރިކަމުގައި ހުރިއިރު އަނބިގޮއްޔެ ލައްވާ އެސައިންމަންޓު ލިޔެގެން ޑިގްރީއެއް ހަދާލަން ވެސް ނުކެރުނެވެ. ޗޯރޭއަކީ ކިޔަވާހިތްވާ މީހެއް ނޫނެވެ. ކުރިންވެސް ޗޯރޭ އުޅުނީ ސިއްކަމެންގެ ގާތުގައި ރާ ވިއްކާ ބޯއީއަކަށެވެ. ދެން ޗޯރޭ އުޅުނީ އަނބި ގޮއްޔެއަށް ބިސްގަނޑު އަޅައިދޭ ކައްކާއަކަށެވެ. އެއީ ޗޯރޭ ލައްވާ އަނބިގޮއްޔެ އެންމެ ގިނައިން ކުރުވާ ކަމެވެ. ޗޯރޭ އިންޑިއާ އަށް ދާށެވެ! ޖައިޝަންކަރުގެ ގޭގައި ކުނިކަހައިދޭން ހުންނާށެވެ!

    15
    4
  5. rE

    އެމްޑީއޭގެ ނިންމުން އެއީ މިނިވަންކަން އަލުން އަނބުރާ ހޯދާ ނިންމުމެއް އެމްޑީއޭގެ ލީޑަރު އެއީ މިވަތަންގެ މިނިވަން ކަން ދެކެ އިންތިހާ އަށް ލޯބިވާ މީހެކޭ އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަން ކުރުން އެއީ ހުރިހާ ކަމަކަށް ވުރެން ބޮޑު ކަމެކޭ އެތަނުގައި އެމެން މާދަމާ ނިއުކް ވޯރހެޑް އެމެރިކާގެ މަދަދާއި އެކު ބަހައްޓާނެއޭ މާލޭގައި ތިބީ ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް ބުނެ އެއިރުން ދިވެހިން ޖެހޭނީ މާލޭން ފައިބާން ކަން ޔަގީންކަށަވަރޭ މިނިވަންކުރޭ

    7
    5
  6. ޙައްގު

    ބަލަ ކުޑަފަރި އެކަންޏެއްނޫން، ދާލްވެސް. މުޅި ދާލް. މެޖޯރިޓީ ނުލިބުނީ ހަމައެކި ރަން ރިނބުދޫއިން. ހަގީގަތަކީ ރިނބުދޫ އިންވެސް އާދަޔާ ހިލާފު ކުރިއެރުމެއް ލިބުނުަން. ފުރަތަމަ ބުރު އިބޫ 128ވޯޓް، މުއިއްޒު 68. އެކަމް ދާއިރާ މެމްބަރާއެކު ނަތީޖާ އެއްކޮށް ދެވަނަ ބުރު ބަދަލުވި. އެމް.ޑީ.ޕީ 35 މީހުން، ރީ ރަޖިސްޓްރީކޮށް މާލެއިން ރަށަށް އައިސް ވޯޓްލިއެއްކަމަކު ލިބުނީ 128 ވޯޓް. ކުރިން ވޯޓް ލިބިނު 4 މީހުން ރަށުނެތި މުއިއްޒަށް 119 ވޯޓް ލުބުނު. މިއީ ސިޔާމް ގެ، ސަބަބުން ލިބުނު ހެޔޮ ބަދަލެއް. އެންމެ 6 ވޯޓްގެ ފަރަގު.