އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ ރައީސް ޝެއިޙް ޝަރަފުއްދީން އަބޫބަކުރު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.

އެނގިފައިވާގޮތުން އޭނާއެކު އެރަށަށް ނިސްބަތްވާ އަދާލަތުގެ އިތުރު ބަޔަކުވެސް ވަނީ ޑރ. މުއިއްޒަށް ތާއިދު ކުރަން ނިންމާފައެވެ.

މިއަދު ހަވީރު ހިތަދޫ ދެކުނު ޖަގަހައިގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއަށް ސޮއިވެސް ކުރައްވާފައެވެ.

މިއަދު މީގެ ކުރިން އަދާލަތު ހުޅުމާލެ ގޮފީގެ މެޖޯރިޓީ މެމްބަރުން ވަނީ ޑރ. މުއިއްޒަށް ތާއިދު ކުރަން ނިންމާފައެވެ.

އަދާލަތު ޕާޓީއަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ.

އަދާލަތުގެ މީދޫ ދާއިރާގެ ރައީސް މުއިއްޒަށް ތާއީދު ކުރި އިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭ އިން ވަނީ ރައީސް ސޯލިހާ އެކުގައި ހެދި ކޯލިޝަން ރޫޅާލައި މުއިއްޒަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ނިންމައިފައެވެ. އެމްޑީއޭ ކައުންސިލަށް އެކަން ހުށަހެޅުއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ސިޔާމް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެގޮތަށް ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ އެންމެ ދެ މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަސަން ހުރުސީ

    އަލްހަމްދުލި ﷲ. ވަރަށް ހެޔޮ ހަބަރެކެވެ.

  2. Vaadu

    Raytun Rees kamah Muihzu genan votu dheyne

  3. އައްޑޫ

    ސާބަހޭ ޝެއިޚް ޝަރަފުއްދީން އަދި އަލަށް އިދިކޮޅާއި ގުޅުނު އައްޑޫ ފިޔާތޮށި ލަޝްކަރު

  4. ނޭވާ

    ވަރައް އުފާ ވެއްޖެ

  5. ޑޖދިެނ

    ވަގުތު ކައިރިވަނީ އެހެންވެ އަވަހަށްް އޮޑިން ފުއްމާލަނީ.

  6. ދެ

    ރާއްޖޭގައި ދެން އެކުލަވާލެވޭނެ ސަރުކާރަކީ އިސްލާމް ދީނުގެ އުސޫލުތަކަށް ބޯލަބާ ސަރުކާރަކަވެގެންދާނެ