ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ރަޝީދު (ޗެކްމާކް) އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

އޭނާ އަކީ ދަ ޑޮމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރެއްވިިއިރު، ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ވަނީ ނިންމަވާފައެވެ.

މިއާއެކު ޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

އެނގިފައިވާގޮތުން މިއަދު އައްޑޫގައި ޑރ. މުއިއްޒު ބޭއްވި ޖަލްސާގައި އަހްމަދު ރަޝީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަ ޑިމޮކްރެޓްސްގެ މެންބަރުން ދަނީ ޑރ. މުއިއްޒަށް ތާއިދު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިނިވަންކުރޭ

    އެމްޑީއޭގެ ނިންމުން އެއީ މިނިވަންކަން އަލުން އަނބުރާ ހޯދާ ނިންމުމެއް އެމްޑީއޭގެ ލީޑަރު އެއީ މިވަތަންގެ މިނިވަން ކަން ދެކެ އިންތިހާ އަށް ލޯބިވާ މީހެކޭ އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަން ކުރުން އެއީ ހުރިހާ ކަމަކަށް ވުރެން ބޮޑު ކަމެކޭ އެތަނުގައި އެމެން މާދަމާ ނިއުކް ވޯރހެޑް އެމެރިކާގެ މަދަދާއި އެކު ބަހައްޓާނެއޭ މާލޭގައި ތިބީ ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް ބުނެ އެއިރުން ދިވެހިން ޖެހޭނީ މާލޭން ފައިބާން ކަން ޔަގީންކަށަވަރޭ މިނިވަންކުރޭ

    16
    11
  2. މަރްހަބާ

    ވަރައް އުފާ ވެއްޖެ

    9
    1
  3. ހަންޑިކުޑަ

    މިފަދަ ވިޔަފާރި ވެރިން ހިމާޔަތް ކުރަން ހަދައިގެން ޤައުމު ފުނޑުވެ ނިމިއްޖެ.

    10
    2
  4. ހާމަ

    ތީދެން ބަޔަކު ހާސްވާ ވަރު ކަމެއްނޫން

    2
    1