ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީން ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތެއް ފެނިގެންދާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫ ސިޓީއަށް މިރޭ ވަޑައިގެން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ކެމްޕެއިން ދެވަނަ ބުރަށް ނިންމަވާލެއްވުމަށްޓަކައި ބައެއް ދަތުރުތައް ކުރަމުންދާ ކަަމަށެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައިވެސް ކެމްޕެއިން ޓީމާއި ބައްދަލުކޮށް މިރޭ ތިނަދޫއަށް ވަޑައިގެން އެރަށުގެ ކެމްޕެއިން ޓީމާއި ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު ކުރީ ބުރާއި ހިލާފަށް، މާ އޯގަނައިޒްކޮށް ކަންތައްތައް ރާވައިގެން ވަރަށް ވިސްނުންތެރިކަމާއެކު ގެންދާތަން، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ފެންނަނީ ތިން ސިޓީންވެސް ކުރީއާ އަޅާ ބަލާއިރު ބޮޑު ތަފަތެއް ފެނިގެން ދާނެކަމަށް.".

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދި އެމްޑީއޭ ވަކިވެގެން ދިއުމާއި ގުޅިގެން ނުތަނަވަސްކަން ކުރިމަތިވެފައިވާތީ އެކަމާއި ގުޅިގެން ސުވާލު ކުރެއްވުމުން ރައީސް ވަނީ އެއީ އެއްވެސް ހާލެއްގައި ކަންބޮޑުވާންވީ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނާއި އެކީގައި މަސައްކަތް ކުރި އެންމެން، މީހަކު ވަކިވިޔަސް އެއީ ހަމަ ދެރަ ކަމެއް. އަޅުގަނޑު ބޭނުންވަނީ އެންމެންނާއި އެކީގައި މިކަން ކުރަން. އެހެން ނަމަވެސް އެމްޑީއޭގެ ޑިޒިޝަން އެންމެ ފަހު ވަގުތު އެ އައީ.".

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،000 އެއްހާ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ތިޔޭ އިބޫގެ މައްސަލައަކީ. ކެންޕެއިން ޓީމު ހިތްހަމަ ޖެހުނަކަސް ވޯޓެއް ނުލިބޭނެ. ވޯޓު ލިބޭނީ ރައްޔިތުން ހިތްހަމަ ޖައްސާދިގެން. ދެންވެސް ތިޔަ ކިބުރުވެރިކަން ދޫކޮށްލާފައި ރައްޔިތުމީހާގެ އަޑުއަހާބަލަ.

    27
    1
    • ހަމަ ތެދެއް

      ކަނޑައެޅިގެން ރޯބުހުތާނު ދޮގު ހަދާ މީހުންނާއި އާންމުންނަށް ކަންކަން އޮޅުވާލާ މަކަރު ހަދާ މީހުން ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލިޔަސް ވޯޓު ނުދޭން ދިވެހީން ދަސްކުރަންވެއްޖެ. ދިވެހީންނަކީ އަމިއްލަ އަތްތަކުން މިގައުމު ހަލާކުކުރާ ބަޔަކަށް ވެގެން ނުވާނެ. ގައުމުގެ ހައްގުގައި ޒާތީ ތައައްސުބާއި ޕާޓީ މަސްލަހަތު ދޫކޮށްލަން ކެރެން ޖެހޭނެ.

      19
  2. އަން

    ތިޔޭ އިބޫގެ މައްސަލައަކީ. ކެންޕެއިން ޓީމު ހިތްހަމަ ޖެހުނަކަސް ވޯޓެއް ނުލިބޭނެ. ވޯޓު ލިބޭނީ ރައްޔިތުން ހިތްހަމަ ޖައްސާދިގެން. ދެންވެސް ތިޔަ ކިބުރުވެރިކަން ދޫކޮށްލާފައި ރައްޔިތުމީހާގެ އަޑުއަހާބަލަ.

    10
    • ބާރު

      ދޮގު ހެދުން ނޫން ކަމެއް ނުކުރޭ އެންމެ ފަހުން ފުރަތަމަ ބުރުގަ ބަލިވީވެސް ދޮގު ހަދައިގެން އޭގެން ސަލާމަތް ނުވެވިގެން ބަލިވީ. މާލޭ ސިޓި ކައުން ސިލުންކަމެއް ކޮއްފި ނަމަ ނުކިޔާ ހުންނާނެތަ.
      މުއީޒުގެ ގެ ލިބުނީ ގޯސް ކޮށޭ ކިޔާ އެގެ ހެދީ ވެސް ގޯސްކޮށޭ ކިޔާ އޭތި ފެއިލް ވުމުން އަނެއްކާވެސް ކޮންމެ ވެސް އެއްޗެކޭ ކިޔަނީ ނޭވާ ހޮޅިޔައް އެޅުނީމަ ވާގޮތްތީ

  3. ހަންޑިކުޑަ

    މަނިކުފާނަށް ދޯކާ ދީފައި ފިލީ ދޮތަ! މިހުންނަނީ ރައްޔިތުން އަބަދުވެސް ދައްކާ ވާހަކަ އަކީ. ރައްޔިތު މީހާ އަށް ވުރެ ވިޔަފާރި ވެރިޔާ މުޙިންމު ރަޢީސް މީހާ އަށް. އާޙިރުގައި ކަން ނިމިގެން ދަނީ އެފަދަ ވިޔަފާރި ވެރިން ދަޢުލަތަށާއި ރައްޔިތު މީހާ އަށް ދޯކާ ދީފައި ފިލައިގެން ދިއުން. ދެންވެސް މިހިރަ މިހިރަ ކަންކަމުން ކޮންމެ ވެރިއަކުވެސް އިބުރަތް ލިބިގަނެ މިފަދަ މަކަރުވެރިންގެ ޖާދޫގައި ނުޖެހި ވެރިކަން ކޮއް ނިންމާލުން ބުއްދިވެރިވާނެ. ވ ވެދުން.

    15
  4. ރައުޔު

    ތަފާތު ރީތިކޮށް ފެންނާނެ

    19
    • ޢެފް

      ޚިޔާލީ ފޮލާ މިހާރު ލިބޭ ވޯޓް މާބޮޑުތަނުން މްދުވާނެކަން އެގިވަޑައިގަތަސް އޮޅުވާލުމަލުން ވޯޓް ހޯއްދެވޭނެކަމަށް އެބައްލަވަނީ ވެރީސޮރީ ދެން މިފަހަރު ނެތް ޗާންސެއް ޑރ.މުޢީޒް ކަހަލަ ގާބިލް ބޭފުޅަކު ހުއްޓާ ރާއްޖެއަށް ހެއުއެދޭ އެކަކުވެސް ވޯޓެއްނުދޭނެ އިބޫއަކަށް

  5. ދަތްނެތްކުއްޖާ

    ތިޔައީ މައްސަލަ އަކީ! މީގެ ކުރިންވެސް ރާއްޖެ ތެރެއިން ނާއި ބޭރުގެ ޤައުމު ތަކުން މީހުން ގެނެސް ބޮޑު ސްޓޭޑިއަމް އަކަށް ޖަމާޢު ކޮއްފައި ވެރި މީހާއަށް ބޮޑު މަންޒަރު ބަޔަކު ދައްކާފައި ސްޓޭޖަށް މައްޗަށް އަރާ ސަޖިދަ ޖެހުމަށްފަހު މި ބުނަނީ މިކަން ނިމިއްޖޭ ނިމިއްޖޭ ވެރިމީހާ ހިތް ހަމަ ޖެއްސުމަށްޓަކައި. ނަމަވެސް ދިޔައީ ޗޮކުން. ފޮނި ބައިސާ ވެސް ކަނޑަން ޖެހޭނީ ތިމާއަށް 100 ޕަރސެންޓް ކަންކަމުގައި. ވ ވެދުން.

  6. ހާރޭ

    ދިވެހި ނުލަފާ ބަޔަކު މަކަރުގައި
    ދިވެހި ލޭ ކެކިގެނެއް މި އަރަނީ ޗޯރު އިބްރޭ ރޭވި ނުބައިގައި
    ވެރިކަން އަލުން ހޯދަންވެގެން، މޯދީ އަތަށް ގުޅުވިގެން ،(2)
    މާތް ފަސްގަނޑެކޭ މީ، ހޭދެބާ އަށް ނޭގުނުބާ ޗޯރު އިބުރާ އަށް ނޭގުނުބާ

  7. ފާި ވް

    ތިޔަ އޮތީ ވާނެ އެއްޗެއް ވެފައި، ޑިމޮކްރެޓިކްސް ނާރާނެ ތިޔަ ފަހަތަކަށް،

  8. ރިލޭ

    ފުރަތަމަ ބުރުން ލިބުނު ވޯޓްވެސް ހަމަނުވާނެ ކަމަށް ފެންނަނީ ،،،،

  9. އޮޅުވާނުލާ

    ﷲގެ ރަޙްމަތާއި ވާގިފުޅާއިއެކު ބޮޑު ތަފާތަކުން މި ތިން އަތޮޅުން ޑރ. މުޢިއްޒު ކާމިޔާބު ކުރައްވާނެ

  10. ދަޑިމަގު ތިނަދޫ

    21 މިލިޔަން ބަހަން ތިނަދޫ ސިޓީ 3 މީހެއްގެ އަތަށް ދިނުމަކީ ބޮޑުތަފާތަކުން މަނިކުފާނު ކުރީގައި އޮންނަޖެހޭ ސަބަބެއްކަމަށް މަނިކުފާނަށް ފެނުނަސް ނޫނީ މަނިކުފާނުގެ ލޮލުގައި އަދުން އަޅުވާފަ ބަޔަކު ދެއްކިޔަސް 30 ވަނަ ދުވަހު އެއީ ހަގީގަތެއް ނޫންކަން މަނިކުފާނުގެ ލޮލުގައި ހުރި އަދުން ފިލީމަ ސާފުކޮން ފެންނާން އޮންނާނެއެވެ⁸