އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒާއި އޭނާގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފަށް ތާއީދު ކުރައްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި ނިންމުމަށް އެ ކޯލިޝަނުން މަރުހަބާ ކިޔާ، އެކައި ބަލައިގަންނަ ކަަމަށް ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމްޑީއޭ އިން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ.

އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅު ހެއްދެވީ އެންމެ ދެ މެމްބަރުންނެވެ. އެމްޑީއޭގެ ކައުންސިލަށް އެކަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

އެމްޑިއޭގެ އެ ނިންމުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެމްޑީއޭއިން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއީދު ކުރައްވަން ނިންމާފައިވާތީ، އެ ކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ޑރ. މުއިއްޒާއި، ރަނިންގ މޭޓް ޙުސައިނާއި އެ ކޯލިޝަންގެ ލީޑަރޝިޕާއި އާންމު މެންބަރު ފަރާތުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުހަބާ ދަންނަވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. visnaashey

    އަފުންވެސް ތަފުންވެސް ބަލަންވާނީ އައްޑޫ ގަން އިންޑިއާ އަތް ދަށުން މިނިވަންކުރާށޭ މާދަމާ އެމެރިކާގެ މަދަދު ލިބިގެން ޑިއޯގޯ ގާޝިއާގައި ހުރި ނިއުކް ވޯރހެޑް ތައް ގެނެސް ފުވައްމުލަކަށް އަމާޒުކޮށް އެމެން ބަހައްޓާނެއޭ އައްޑޫ ގަމުގައި ފުވައްމުލަކުގައި ތިބީ ހައްދުފަހަނައަޅާފައިވާ މީހުން ކަމަށް ބުނެ އެއިރުން ފުވައްމުލަކަށް އެންމެ ގެސްޓަކުވެސް ނުދާނެއޭ ހެޔޮނުވާނެއޭ މިކަމުގެ މިނ8ވަންކަމާއި މެދު ވިސްނާށޭ ވިސްނާށޭ ވިސްނާށޭ ވިސްނާށޭ ވިސްނާށޭ ވިސްނާށޭ

  2. Anonymous

    ޙސއ2ަ

  3. ސަރަފަކައްދަ

    ހަރު މީހުން ބުނެ އުލޭ އަބަދުވެސް މަސް ތައް ދުވާނީ ފެން ހުރި ތަންތަނަށޭ. ވައި ޖެހޭ މިސްރާބަށް އޮޑި ދީއްލާލާށޭ. މިހާރު ތިޔަ އޮޑި ތި އޮތީ މައި ކަނޑަށް ނުކެމެފައޭ މިހެންކަމުން ތިޔަ އޮޑި އަށް ފަޅުވެރިން އަނެއްކާ އޮޑި ފަރަށް އަރުވާ ބީއްސާ ނުލައްޗޭ އިބަމެން. ވ ވެދުން.

  4. ބަނޑުދިޔާ

    ސާބަހޭ ޝިޔާމުގެ ނިންމުމަށް....ތީދިވެހި ދަރިންނަކީ... ޗޯރޭއަށް ދިވެހިން ނޫނެކޭ ބުނަންވީ ވަގުތުމީ.

  5. hithaavey

    އަފިރިން ގަދަކޮށް ތިބިނަމަ މަފިރިން މިތިބީ ތަފިރިންނާއި އިންނަން ތައްޔާރޭ ތަފިރިން މަފިރިންނާއި އިނދެގެން ހިނގާބަލަ އައްޑޫ ގަމާ މިނިވަންކުރަމާ އިންޑިއާ ސިފައިންގެ އަތްދަށުން ތަފިރިންނާއި މަފިރިން އިންނަން މިތިބީ ތައްޔާރަށޭ މަފިރިންގެ ހިތް މިއޮތީ އަން ތަފިރިން މަފިރިންގެ ހިތް ގެންދޭ ގެންދޭ ގެންގޮސް ތަފިރިން އައްޑޫ ގަމާ މިނިވަން ކޮށް މަފިރިންނާއި އިނދެގެން ތެލުލި ބަނބުކޭލަޢި ކަޅުސައި ބޯން ހިނގާށޭ ތަފިރިންދެކެ މަފިރިން ހިތާވެއޭ ހިތާވެއޭ

  6. Anonymous

    ޝިޔާމް ދެރަގޮތެއް ނުނިއްމާނެ، ޝިޔާމް އެއީ ބުއްދި އިސްކޮށް ސިޔާސީ އޮޑި ދުއްވަން ރަގަޅު ތަޖުރިބާ ހުރި މާލިމީޔެއް ރާއްޖޭގެ ކަންޑު ފަރު ގިރިހާ އޮޔާއި ވައި ކަންޑު އޮޅިޔާއި ތިލަފަޅު ރަގަޅަށް ދަންނަ ކައްޕިއެއް، ކައްޕި އޭރަކު ނަގާނީ އޮޑި ދުއްވަން އެންމެ ރަގަޅު މިސްރާބް، އަބަދު އެއްގޮތަކަށް އޮޑި ނުދުއްވޭނެ ކަން ހުރިހާ ކައްޕިން ވެސް ދަނޭ !