އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތިނަދޫ ސިޓީން ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށާއި ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ތިނަދޫ ސިޓީން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއިން ފެނިގެން ދިޔައީ ތަފާތު މަންޒަރެއް ކަމަށާއި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.

"ތިން ގަޑިއިރަށް އަޅުގަނޑުމެން ނިދި މަދުކޮށްލާ، މިކަމާއިގެން އަދި އެއް ގިޔަރު މައްޗަށް ޖައްސާފައި ކުރިއަށް ދާންވީ، އަޅުގަނޑަށް މިއަދު ފެނުނު މަންޒަރު ވަރަށް ތަފާތު، އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ހަމަ ޔަޤީން މި ތިނަދޫ އޮތީ އަޅުގަނޑުމެންނާއެކީ މިހާރު. މިކަން ޔަޤީންވާ އެތައް ސަބަބެއް އަޅުގަނޑަށް އެބަފެނޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ތިނަދޫ ސިޓީގެ ގިނަ ރައްޔިތުން ބޭނުންވަނީ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދިނުމަށެވެ. އެހެންކަމުން ހިޔާލު ތަފާތުވިނަމަވެސް އެންމެން ގުޅިގެން ކެމްޕެއިން ހަރަކާތުގައި އުޅޭ އުފާވެރި މަންޒަރު ފެނިގެންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ތިނަދޫއަށް ވަޑައިގަތުން - ފޮޓޯ: ކެމްޕެއިން ޓީމް

އަދި ހަމައެއާއެކު ތިނަދޫގެ ކުރީގެ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަކީ މިއިންތިހާބު ތިނަދޫން ކާމިޔާބު ކުރެވޭނެ އެއް ސަބަބު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހަމަ ޔަޤީން މީގެން ބޮޑު ތަފާތެއް މި ތިނަދޫ ސިޓީން ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ޓީމުތައް ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަކީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭ ކަމެއް ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ޑިމޮކްރެޓުސްއިން އެމްޑީޕީއާ ދުރަށް ޖެހިލުމުން ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުވުމުން ޕީޕީއެމަށް ވުރެ އެމްޑީޕީ އަށް ލިބޭ ވޯޓު ގިނަކަން ނަތީޖާ އިން ފެންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެބައި މީހުން އެކަނި އެއްވީމާ މި އިންތިހާބު މިއޮތީ ބޮޑުތަނުން އަޅުގަނޑުމެންނަށް ކާމިޔާބުވެފައި،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަފްު ސ

    ތިޔަ އޮތީ ވާނެ އެއްޗެއް ވެފައި، ޑިމޮކްރެޓިކްސް ނާރާނެ ތިޔަ ފަހަތަކަށް،

    10
  2. އަލިދީ

    އަދާލަތުވެސ ބުއްި އިސްކޮށ ބޮޑު ފަޅި އަށ އަރަންވީ

  3. ގަާރި

    އިބ ބަލ ގަބުު ކޮށ ޔުނިޓ ދައުލަތެއ އުފައްދަވަންވީ

  4. ޟަނޓޭ

    ދޮގުހެދުމާ ފޮނޑިކެނޑުމުގަވެސް ހައްދުން ނައްޓާފަ ލޮލް

    12
  5. ޕޮގުބާ

    ގައުމު ދަރުދަރުވާލާ ގައުމުވިއްކާި ވަގެއް ވެރިކަމަށް ގެންނަން ބޭނުންނޫންކަމަށް އެއްލަށްކަމީހުން ހެކިދީފި ޗޯރޭއަކީ މިހާރު ގައުމުގެ ބޮޑުވަގު

    14
  6. ކޮއްޔާ

    ފިކުރުތަކާ ދުރުވެ ނިދި ހަމަވޭތޯ މިހާރު ބަލަންވީ // ގިޔަރު މިހަާރުވެސް ވަރަށް މަތި // ވޯޓެއް ގިނަނުވާނެ // އެންމެން ދުވަނީ އިބޫއާ ދުރަށް ފެޔަށް //
    ވޯޓަށް ފަހު ހަމަނިދި ނުވެސް ލިބޭނެ // ދިވެހީން އެދެނީ ދިވެހީންގެ ރާއްޖެއަށް ދާން ،،،،

    13
  7. Anonymous

    ޗޯރާއެވެ. ޗޯރު ކޮންމެ ވާހަކައެއް ދެއްކިޔަސް ގިނަ ރައްޔިތުން ތިބީ ޗޯރު ހޮވާގޮތަކަށެއް ނޫނެވެ. ގިނަ ރައްޔިތުން ބޭނުންވަނީ ޗޯރު ނޫން އެހެން ރައީސެކެވެ. ޗޯރުގެ ޗޯރުކަން ފެނި ގިނަ ރައްޔިތުން ޗޯރު ދެކެ ފޫހިވެއްޖެއެވެ.

    12
  8. ސަރީ

    ރޭގައި ތިނަދޫގެ ޖަލްސާއިން ވަރަށް ބޮޑުއެއްޗެއް ސާފުވި. ވަރަށް ވަނދުކޮށް ޖަލްސާދިޔައީ. މަޖުބޫރުން ގެނެސްފައިތިބި މުވައްޒަފުންތައް އަތްވެސްޖަހާނުލާ. ހަގީގަތަކީ އެމްޑީޕީއަކީ ހައިވަކަރު މޮޅުއޮޑިއެއް. އެހާމެ ބޮޑު އޮޑިއެއް. ހުރިހާ އާލަތެއް އެބަހުރި. ފަޅުވެރިންވެސް މަދެއްނޫން. އެކަމަކުމިހާރު އެންގިއްޖެ އެމްޑީޕީ ހަވާލުމީ ދުއްވަން ނޭނގޭ މާލިމީއަކާ ކަން. ދާންޖެހޭ މަންޒިލު ސާފު. އެކަމަކު އެމަންޒިލަށް އޮޑި ބާރަށްދުއްވަން ކުރަންޖެހޭ ކަންތައްތަކެއް މާލިމީއަށް ނޭނގޭކަން ސާފުވޭ.

  9. Anonymous

    އިބުރާހީމް ކަލޭ ނޮހޮވޭނެ

  10. ޟެމަ

    ނިދި މަދު ކުރަންވީ ލާރިބަހަނޮތަ

  11. ތުއްދޮންބެ

    ނިދި މަދުކުރީމާ ވާގޮތް ފެނުނު އިއްޔެ ކާޑެއްދޫ ޓާމިނަލުން މަނިކުފާނު ނިކުމެގެން އައިއިރު. މަނިކުފާނު އިތުރަށް ނުނިދާ ހުރެއްޖެއްޔާ މަނިކުފާނު އަރިހުގައި ތިބޭ މީހުންގެ އަތުންފައިން ގޯސް ހެދޭ ހިސާބަށް ގޮސްދާނެހެން ހީވަނީ

  12. ހަހަ

    ނިދާފަ ތިއްބާ ގައުމު ވިއްކާލި ވަގު މިހާރު އެގޮވަނީ ނިދި މަދުކުރަން