އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އއ. ރަސްދޫގެ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުރިހާ މެންބަރުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރަން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށްފައެވެ. އެ ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު، އެ ބުރުގައި އެ ޕާޓީއަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެެވެ.

އެ ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަަކަށް ތާއިދު ކުރަން ނިންމާފައި ނުވި ނަމަވެސް، އެ ޕާޓީއަށް ނިސްބަތްވާ އެކި ރަށްރަށުގެ މެންބަރުން ދަނީ ޑރ. މުއިއްޒަށް ތާއިދު ކުރައްވަމުންނެވެ.

މިގޮތުން ރަސްދޫގެ ޑިމޮކްރެޓްސް ޓީމުން، ޑރ. މުއިއްޒަށް ތާއިދު ކުރަން ނިންމިއިރު، މި ޓީމުން މިއަދު ހަވީރު ވަނީ އެރަށުގައި "ބަދަލަކަށް" ނަމުގައި ހާއްސަ ސައިކަލު ބުރެއްވެސް ބާއްވާފައެވެ. އެ ޓީމުން ތިބީ "ބަދަލަކަށް" މިހެން ލިޔެފައިވާ ޓީޝާޓްތަކެއް ލައިގެންނެވެ.

ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ވަފާތެރި ގިނަ ރައްޔިތުންގެ މަޖިލީސް މެންބަރުންތަކެއްގެ ބައިވެރިވުމާއެކު އުފައްދާފައިވާ ޕާޓީއެކެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑރ. މުއިއްޒުގެ އިތުރުން ދެން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. hithaavey

    އަފިރިން ގަދަކޮށް ތިބިނަމަ މަފިރިން މިތިބީ ތަފިރިންނާއި އިންނަން ތައްޔާރޭ ތަފިރިން މަފިރިންނާއި އިނދެގެން ހިނގާބަލަ އައްޑޫ ގަމާ މިނިވަންކުރަމާ އިންޑިއާ ސިފައިންގެ އަތްދަށުން ތަފިރިންނާއި މަފިރިން އިންނަން މިތިބީ ތައްޔާރަށޭ މަފިރިންގެ ހިތް މިއޮތީ އަން ތަފިރިން މަފިރިންގެ ހިތް ގެންދޭ ގެންދޭ ގެންގޮސް ތަފިރިން އައްޑޫ ގަމާ މިނިވަން ކޮށް މަފިރިންނާއި އިނދެގެން ތެލުލި ބަނބުކޭލަޢި ކަޅުސައި ބޯން ހިނގާށޭ ތަފިރިންދެކެ މަފިރިން ހިތާވެއޭ ހިތާވެއޭ

  2. ހަތު ނަމްބަރު

    ސާބަހޭ

  3. އައްނި

    މީޒުވާނުންގެ ފަހަރު މަރުހަބާ ޑިމޮކްރޭޓްސް އެޕާޓީގެ ހުށަހެޅުމަކީ ފަށައިފާވަ ަންނީގެ އިންސާފު އަވަސްކުރުން ހަމައެކަނި ވީމާ އަންނިއައްތާއީދުކުރައްވާ ހުރިހާބޭފުޅުން އަލުން 4ނމްބަރައް ވޯޓްއެޅުމައް ޑިމޮކްރޭޓުން ގޮވާލައްވައިފި މިފަހަރު މުއީޒުނޫންގޮތެއްނެތް