ބަޔަކު ބަލިވެގެން ހަދާނެ ގޮތް ނެތިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންނަށް މިރޭ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ފެންނަމުން ދަނީ ކުރާނެ އެއްވެސް ކަމެއް ނެތި މޮޔަގޮވަމުންދާ މަންޒަރު ކަމަށެވެ.

"ބަޔަކު ބަލިވެގެން ހަދާނެގޮތް ނެތިގެން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ކުރާނެ ހަމަ އެއްވެސް ކަމެއް ނެތިގެން ދެން ހެދޭ ނުހެދޭއެއް ނޭގި ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގި މޮޔަގޮވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ގޭތެރޭގައިވެސް ޒުވާބުކޮށް ދެމަފިރިން މައްސަލަޖެހި، ހެދޭ ނެހެދޭއެއް ނޭނގޭ ކަމަށާއި ޕޯޑިޔަމްތަކަށް އަރާ ތިބެ މޮޔަ ގޮވަމުންދާ ކަމަށެވެ.

އިދިކޮޅުން މިރޭ ހުޅުދޫގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް : އަހްމަދު އިޒްމީމް

މުއިއްޒަށް ތާއީދުކުރައްވާ ބޭފުޅުން ވަޒީފާއިން ވަކިކޮށް މުއިއްޒާއި ދެކޮޅަށް ރައީސް ސޯލިހުގެ ސަޕޯޓަރުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާކަން އަދުރޭ ފާހަގަކުރެއްވިއެވެ. އައްޑޫސިޓީގެ ތަރައްޤީއަށްޓަކައި މުއިއްޒު ބޭއްވި ގާބުރިއެއްވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުފެންނާނެ ކަމަށް އެމްޑީޕީން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޑރ.މުއިއްޒު ފަހަތުން ނެއްޓެން ނޭގިގެން ނޫޅުއްވާށޭ." އަދުރޭ ވިދާޅުވިއެވެ.

މިވާހަކައަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުން ބޭނުންވަނީ މުއިއްޒު ބޭއްވި ގާބުރިއެއް ނޫން ކަމަށާއި އެބޭފުޅުން ބޭނުންވަނީ އައްޑޫ ސިޓީއަށް ތަރައްޤީ ގެނައުމަށް ކަމަށެވެ. އަދި މުއިއްޒު އާއި އަޅައިގަނެގެން ނޫޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"އައްޑޫސިޓީ ރައްޔިތުން ބޭނުންވަނީ އެބޭފުޅުންނަށް އަތްލެވޭ ފެންނަ ތަރައްޤީ މިތަނަށް ގެންނަން." މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އައްޑޫ ސިޓީއަށް ތަރައްޤީ ގެނެސްދީފައިވާކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ އެތަރައްޤީގެ ފަހަތުގައި މޭސްތިރިއަކަށް ހުންނެވީ ޑރ. މުއިއްޒު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރާށޭ

    އެންމެ މުހިއްމު ކަމަކީ ގައުމުގެ މިނިވަން ކަން އެކަން ކުރަން ފުރަތަމަ ވެސް އުތުރު ތިލަފަޅާއި އައްޑޫ ގަން އިންޑިއާ އަތް ދަށުން މިނިވަންކުރަންވީ އެއީ މިއަދު ގައުމާއި ދީނަށްޓަކައި ކުރަންވީ ޖިހާދަކީ މިގައުމު ދެވަނަ ފަލަސްތީނަށް ނުވަތަ ދެވަނަ ކަޝްމީރަށް ނަހަދަނީސް އަވަހަށް މަމެން ޕިންކީންނާއި ބައިވެރިވެ މިކުރާ ގައުމީ ޖިހާދުގައި ކުދި ބޮޑު އެންމެހާ ދިވެހިން ބައިވެރިވެ ގައުމު އިންޑިއާ އަތްދަށުން މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ

    10
    3
  2. ކާޕެޓްލިފްޓް

    2018ގަ ވެރިކަމައްއައީ މީހުންގެހިތުތެރޭ ބިރުވެރިކަމާ ފިތުނައިގެވާހާކަ މުޅިގައުމުގަފެތުރުމައްފަހު މިއަދު އެކަންތައްހާމަވުމުން 2023ގަވޯޓްއިން ރައްޔިތުން އެބޮޑުފޫޅާ ފިތުނަކޯލިޝަންބޭރުއަރުވާލަނީ ކޯލިޝަންޕާޓީތަކުގެ ލީޑަރުންނައް މިލިބުނީހާހެންހާވޯޓް އޭގެޕާޓީއެއްގެދަފުތަރުގަ 20ހާހާ 30 ހާސްމެންބަރުން ލިބުނީ ސުންވޯޓް މިފަހަރު މިހުބަރު ވަދުއަޅާގުރޫޕް މަގިމަތިވާނީ ސާފްކޮއްނިމޭއިރު ގިނައީވަގުން ވެންޓިލޭޓަރްތައްކައްވާލި