ގދ. ތިނަދޫން ފެނުނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރާ ތަން ކަމަށާއި މިއީ ތަފާތު ދައްކާނެ ސިޓީއެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސް ތިނަދު އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ވަރަށް ގިނަ ބަޔަކު ސަފު ހަދާފައިވެއެވެ. ރައީސް ވިދާޅުވި ގޮތުގައި ބަނދަރު ސަރަހައްދުން ފެށިގެން އެމްޑީޕީ ހަރުގެ ފަހަނައަޅައި ދިޔަ އިރު ވެސް ސަލާމްކޮށް ނިމިފައެއް ނުވެއެވެ.

ރައީސް މިރޭ ތިނަދޫގައި. އެމަނިކުފާނަށް މަރުހަބާ ދަންނަވަން ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ނުކުތް. --- ފޮޓޯ: އެމްޑީޕީ

އެމަނިކުފާނަށް މަރުހަބާ ދަންނަވަން ތިނަދޫން ނުކުތް މީހުންނަށެވެ. ތިނަދޫން ރައީސަށް މަރުހަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ހިމެނެއެވެ.

ތިނަދޫ އެމްޑީޕީ ޖަގަހަ ކައިރީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވި ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ތިނަދު އަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ދުވަސްކޮޅެއް ކުރިން ސިޓީ އަށް ވަޑައިގެންނެވުމުން ވަރަށް ބޮޑު މަންޒަރެއް ފެނިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދުވަހު ވެސް ވަރަށް ގިނަ ބަޔަކު ނުކުމެ ފޯރި އާއި ޖޯޝްގައި ހަރަކާތްތަކެއް ހިންގި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޖަލްސާގައި ތިނަދޫގެ މެމްބަރުން. --- ފޮޓޯ: އެމްޑީޕީ

"މިއަދު އަނެއްކާ އަޅުގަނޑު މިއައީ އިންތިހާބުގެ ދެވަނަ ބުރުގެ އެންމެ ފަހު ދެ ދުވަހަށް ވެފައި އޮއްވާ. ވަރަށް ކުޑަކުޑަ ނޯޓީސްއެއްގެ ތެރެއިން ތިޔަބޭފުޅުންނަށް މި ރަށަށް އަންނަ ވާހަކަ އިޝާރާތް ކުރުމަށް ފަހު އަޅުގަނޑަށް މިއަދު ފެނުނު މަންޒަރު ވަރަށް ތަފާތު. އަޅުގަނޑަށް ފެނުނީ މި އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުމަށް ތިޔަބޭފުޅުން ޖޯޝާއި ފޯރިއާ އެކުގައި ނުކުމެ ވަޑައިގެން ތިބި ތަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ތިނަދޫގައި ވާހަކަދައްކަވަނީ - ފޮޓޯ: ކެމްޕެއިން ޓީމް

"ވަރަށް ތަފާތު މަންޒަރެއް. އަޅުގަނޑަށް އެކަން ފައިބައިގެން އައިސް ސަލާމް ކުރަމުން އައިސް ހަރުގެ ފަހަނައަޅައި އެތައް އަޅާ ދިޔަ އިރު ވެސް އެ އިހްސާސް ވިސްނުމުގައި ސަލާމް ކުރަމުން ދިޔައީ، އަޅުގަނޑަށް ޔަގީން ތިނަދޫ އޮތީ އަޅުގަނޑުމެންނާ އެކީގައި،"

އެމްޑީޕީގެ ޖަލްސާގައި ތިނަދޫގެ މެމްބަރުން. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި ތިނަދޫ ތަފާތުވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެއް ކަމަކަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމެވުމަކީ ވަރަށް ބޮޑު ހިތްވަރަކާއި ޔަގީންކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަބުޅޯއާ އެކީގައި ޖޭޕީގެ ވަރަށް ގިނަ މެމްބަރުންތަކެއް އެމްޑީޕީގެ ކެމްޕެއިނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ތިނަދޫގެ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމަނިކުފާނަށް ތާއީދު ކުރެއްވުމެވެ. ސިޔާސީ ކުޑަ ހިޔާލު ތަފާތުވުމެއްގައި ދުރުގައި ތިބި ނަމަވެސް މިއަދު ޑިމޮކްރެޓްސްގެ މެމްބަރުން ނުކުތީ އަތުވެދާނެ ބިރުވެރިކަމުން ރާއްޖެ ސަލާމަތް ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން ތިއިން ބޮޑު ތަފާތެއް ތިނަދޫ ސިޓީން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަން

    ތިނަދޫ މީހުން އަދި .ނޭގޭނެ
    ވޯޓު އަޅާ ދުވަހު ރޯން ތައްޔާރުތަ؟
    ތިޔައީ އަމިއްލަ އިންޖީނުގެ ރޯކޮށްލި މީހުން ތިބި ރަށޭ

  2. ބުއްޅަ ހުއްތު

    ހިޔާލީ ދުނިޔެއެއްގަ ތި އުޅުއްވަނީ. ހަމަ ބޮޑުތަނުން ބަލިވާތަން ފެންނާނީ. ޢިރާދަކުރައްވައިގެން

    12
  3. ޢޮނަހިރި

    ތިހިންބުނި މަގޭނެގިސެލްފީއިންވެސް ކާމިޔާބުކުރާނެކަމަށް ކަލޯ ފިރުއައުނުބުނާގޮތަށް ކަލޭވެސް ތިޔަބުނަނީ ތަފާތެއްނެތް ދެންހިތްވަރު އެރުވާނުލާ 5 އަހަރު ޖަލަށްވަޑައިގަންނަވާ.

  4. ބަލާތި

    އެމްޑީއޭ އެމްޑީޕީ އާއި ވަކި ވުމުން އެމްޑީޕީ އަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ސީދަލަށް 10 ހާސް ވޯޓް މަދުވާނެއޭ ދެން އިތުރަށް އެ 10 ހާސް ވޯޓް އަނބުރާ އެމްޑީޕީ އަށް ނުލިބޭނެއޭ ސަަބަބަކީ އެމްޑީއޭ އަކީ ޕީޕީއެމް ފިކުރުގެ މީހުންނޭ ދެން އެމެންގެ ވޯޓް ކަނޑާލުމުން ތިޔާ ގޮތަށް ދަ ޑިމޮކްރެޓްސް އިން ގުޅޭ މަދުބައެއްގެ ސަބަބުން ވޯޓް އިތުރު ނުވާނެ އިބޫ އަށް ދެވަނަ ބުރުގައި ލިބޭނީ %25 ކަން ޔަގީން ކަށަވަރޭ އިބޫ ހަތިޔާރު ބަހައްޓާ މުއިއްޒު އަށް އިބޫ ތާއީދުކުރާށޭ

  5. މަވޯޓާ

    މިހާރު ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ސޯލިހުވެސް ޑރ މުއިއްޒު އަށް ތާއީދު ކުރުން.ސޯލިހު ކަލޭ ތި ވާދަކުރައްވަނީ ކިޔަވައިގެންހުރި ތައުލީމީ ބޭފުޅަކާ.ތަޖުރިބާ ހުރި ދޫހެލޭ ކަންކަންކުރާނެގޮތް އެނގިހުރި ދީންވެރި ބޭފުޅަކާ.ލަނދެއް ހަޔާތެއްހުރި މީހެއްނަމަވެސް ކުޑަކޮށްވެސް ބަލާލާނެ.ޕޯޑިޔަމަށް އަރާ ވާހަކަ ތިދައްކަނީ މީހަކު އެއްޗެއް ލިޔެދިނީމަ އެއެއްޗެއް.އެވެސް ބަލަިގެން ރަނގަޅަށް ކިޔަން އިނގެނީއަކީވެސް ނުން.އެންމެ ފުރަތަމަ ރާއްޖޭގަ މީހުން އުޅޭ ރަށްތަކުގެ އަދަދުވެސް ނޭނގެ.މިވަރުގެ މީހަކު ލައިގެން ކިހިނެއް މިކަން ކުރާނީ.ބޯވަވެސް ނުނެގޭނެ.ކައިރީގަ އުޅުނު މީހުން ގައުމު ދަވާލިއިރު ރޭކާވެސް ނުލާ..ތިނަދޫ މީހުންނަކީ ކޮންބަޔެއްކަން ރާއްޖޭގެ ރައްޔިތުންނަށް އިނގޭ.އަނގަޔަށް ލައްވާ ކާންދީ ތުންދޮވެ ފެންދީ ބުރަކަށީގަ ފިރުމާފަވެސް އެނބުރިލާތަނުން ވަޅިޖަހާނެ .އެވަރު ބަޔެއް.ދެން ކަލޭ ތިކުރާ ހުސްވައުދެއް އެމީހުން ބަލާނެތަ.އެބައިނގޭ ވެރިކަން މިނިމެނީކަން.