ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު ސިނާން އަލީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ސިނާންގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީޕީއެމުންނެވެ.

ޕީޕީއެމްގެ ޓިކެޓުގައި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިގެން އެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. ސިނާންއަކީ ޕީޕީއެމުން ވަކިވެވަޑައިގަތުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނައުމަށް ސިނާން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ސިނާން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އެކަމަކު އެ އިންތިހާބުގައި ސިނާން ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އޭގެ ފަހުން އޭނާ ވަނީ އެމްއެންޕީގައި މަސައްކަތް ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަރަށް ވެސް އުފާވެރި ޚަބަރެއް

    އިޚްލާޞްތެރި ވަފާތެރިން ދެނެގަނެވޭނީ އެންމެ ބޭނުން ޖެހޭ ވަގުތުގަ އެވެ.

    1
    2
  2. އިބޫ ޖަހުލު

    ކޮންމެވެސް ކެޓެއް ދިނީ. މިހާރު އިބޫގެ ކަމަކީ އެއީ. ބައިތުލްމާލު ހުސްކޮށް މުއިއްޒުއަށް ރައްޔިތުންނަށް ހިދުމަތް ނުކުރެވޭގޮތް ހެދުން. އިބޫ ހަމަ ލާންވީ ކުޑަގޮޅިއަށް

  3. ނޫރު

    މިކަލޭގެ މިއަދު ހަމައެކނި އެމްޑީޕީއެއް ނޫން، ކުރިންވެސް އެމްޑީޕީ މީހެއް ނަމަވެސް ހިތުން މަޝްހޫރުވާންވެގެން ނޫސްތަކުގެ ހެޑިންއަށް އަރާލީ އުތެ###

    3
    1
  4. ދޮން

    ބޭކާރު މީހެއް ތިޔައީ

    2
    1
  5. ސޯޅިއާ

    މައްޗަންގޯޅި ދެކުނުދާއިރާ އައް ކުރިމަތިލާން ނުވިސްނާތި ސިނާން މިހާރުދެން ތިހިރީ ސިޔާސީ ކެރިއަރ ނިމިފަ ތިކަހަލަ ހަރާމްކޯރު މީހުންނައް ވާނީތިހެން އެންމެ ރަނގަޅު ގޮތަކީ ނޫސްހިންގަން ހުރުން

    1
    1
  6. ޕީޓުރަލް

    މިއީ ބޮޑު ފެއިލިޔާއެއް ބޮޑުތަނުން ބަލިވާނެ އިންޝާ ﷲ

    2
    1