އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގިނަ އަދަދެއްގެ ފިލްމީތަރިންތަކެއް ރައީސް، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ހުންނަ ސޯލްޓް އޮފީސްގެ އިމާރާތުގައި ރައީސް ސޯލިހް ވަނީ ފިލްމީ ދާއިރާގެ ފަންނާނުންނާއި، މިއުޒީޝަނުންނާއި އާޓިސްޓުންނާއި ފޮޓޯގްރާފަރުންގެ ތެރެއިން ގިނަ ބަޔަކާ ބައްދަލު ކުރައްވައިފައެވެ.

ރައީސަށް ތާއީދު ކުރި މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަަމް އައްޒަ، ޝީލާ ނަޖީބު، ރަވީ ފާރޫގް، ފާތިމަތު ފަރީލާ (ފަރީ)، ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި އަންހެނުން މަރިޔަމް އަޝްފާ ފަދަ ފަންނާނުން ހިމެނެއެވެ.

އެންމެ ގިނަ ވޯޓާ އެކު، ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.