ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދަމަހައްޓައި ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާދޭހަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ވޯޓު ދެއްވުން ކަމަށް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ފާތުމަތު އިބްރާހިމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ދިވެހިންނަށް ލިބޭ ފުރުސަތަކީ ދިވެހިންގެ މިނިވަންކަން އިއާދަކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އޭނާގެ ފިރިކަލުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ސިޔާސީ ދައުވާކޮށް ބޭއިންސާފުން ގައިދުކޮށް ހައްޔަރު ކުރުމުގެ ކުރިން ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ ރާއްޖެ މިނިވަން ކުރުމަށް ވަކާލާތު ކުރެއްވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އެމަނިކުފާނު އެ މަސައްކަތްޕުޅު ނުކުރެއްވި ނަމަ މިއަދު ވެސް ގޭގައި އާއިލާއާ އެކުގައި ހުންނެވުމުގެ ފުރުސަތު ބޮޑު." ފާތުން ވިދާޅުވިއެވެ.

އެކަމަކު، ރައީސް ޔާމީނަށް، އެމަނިކުފާނުގެ އާއިލާ އަށް ވުރެ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ދިވެހިވަންތަކަމާއި މިނިވަންކަން މި ގައުމަށް މުހިންމުވި ކަމަށް ފާތުން ވިދާޅުވިއެވެ. އަނިޔާވެރިންގެ އަނިޔާ އަންނާނެ ކަން އެނގިވަޑައިގެން އެމަނިކުފާނު ހިޔާރު ކުރެއްވީ ގައުމުގެ މިނިވަންކަމަށް ގުރުބާންވެވަޑައިގެންނެވުމަށް ކަމަށް ފާތުން ވިދާޅުވިއެވެ.

އެހެންކަމުން، ރައީސް ޔާމީންގެ އާދޭހަކީ ރާއްޖެ އަޅުވެތިކަމަށް ދިއުމުން ސަލާމަތް ކުރުމަށް އެމަނިކުފާނު އެންޑޯޒް ކުރައްވާފައިވާ މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް އެންމެހާ ލޮބުވެތި ރައްޔިތުން ވޯޓު ދެއްވުން ކަމަށް ވެސް ފާތުން ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ޤައުމީ މި މަސައްކަތުގައ،ި ބައިވެރިވެ ވަޑައިގެންނެވުމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް މިވަގުތު ކޮށްދެއްވޭނެ އެންމެ ބޮޑު މަސައްކަތްޕުޅަކީ މިފަހަރުގެ ވޯޓުގައި ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓުދެއްވުން" ފާތުން ވިދާޅުވިއެވެ.

ފާތުން ވިދާޅުވި ގޮތުގައި އޭނާއާ ދިމާވާ ކޮންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވަނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން މިއަދު އޮތީ އެހެން ބައެއްގެ އަތްދަށުގައި ކަމެވެ. މިއަދު ދިވެހި ބިމުގައި، ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުންދާ ކަމަށާއި ދިވެހީންގެ ދާހިލީ މައްސަލަތައް، ދިވެހީންގެ އަމިއްލަ ވިސްނުމުގައި ނިންމުމުގެ ބާރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވާ ކަން ފާތުން ފާހަގަ ކުރެއްވިއެވެ.

ފާތުން ވިދާޅުވީ މި އިންތިހާބުން ކާމިޔާބު ހޯދާ އެންމެން އެކުގައި އުފާފާޅުކުރާނ،ީ ރައީސް ޔާމީން މިނިވަންކުރުމަށް ފަހު އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގެންނެވުމާ އެކުގައި ކަމަށެވެ. އަދި މިއީ ގައުމަށް ނަސްރުލިބި މިނިވަންކަން ދެމެހެއްޓުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށް ފާތުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސިމާ

    ވެރިކަންލިބޭނެކަން ޔަގީންވީމާ ހަރުގައޮވެފާ ނުކުމެ އަނގަތަޅަންފެށީ.

  2. ނޮޓްއެލޯން

    ޔާމީންގެ ހައްގުގައި މުއިއްޒަށް ވޯޓު ދޭން މެޑަމް ފާތުން ވިދާޅުވާނަމަ ދަރިންނޭ ރައީސް ޔާމީންގެ އެދުމަކީ އެންމެ ކަތުން މިވަތަންގެ މިނިވަންކަން ދެކެ ލޯބިވުމަށާއި މިވަތަން ހިސޯރުކޮށްގެން ތިބި އިސްތިއުމާރީ ބާރުތަކުގެ އަތް ދަށުން މިގައުމު މިނިވަންކުރުމޭ އުތުރުތިލަފުށި މިނިވަންކުރާން މުއިއްޒު އަށް ވޯޓްދޭށޭ ރައްޔިތުންނޭ މަމެންޕިންކީން ރައްޔިތުން ދޫކޮށްނުލާނަމޭ ދުވަހަކުވެސް ހެޔޮނުވާނެއޭ ދޭށޭ މުއިއްޒުއަށް ވޯޓެއް ހެޔޮނުވާނެއޭ ދޭށޭ ހެޔޮނުވާނެއޭ ދޭށޭ ވޯޓެއް މުއިއްޒު އަށް ދީ ގައުމުގެ މިނިވަން ކަން އަލުން އަނބުރާހޯދާށޭ މަމެން ޕިންކީން ދުވަހަކު ވެސް ރައްޔިތުން ދޫކޮށްނުލާނަމޭ ދޫކޮށްނުލާނަމޭ ދޫކޮށްނުލާނަމޭ ސަމްތިންގް ވިޝްޕަރ އިން މައި އިއަރ އެން ސޭ ޔޫ އާރ ނޮޓް އެލޯން އައި އޭމް ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަވޭ ޔޫއާރ އޯލްވޭޒް އިން މައި ހާރޓް ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން

  3. ބައިވެރިވާށޭ

    ދަރިންނޭ މިގައުމު މިނިވަން ކަން މަތީ އަބަދަށް ބޭއްވުމަށް ޓަކައި އެބަޖެހޭ އުތުުރު ތިލަފުށިން އިންޑިއާ އަތް ދަށުން މިނިވަން ކުރަން މިކަން ކުރެވޭނީ މިހާރު މިރާއްޖޭގެ މިނިވަން ކަމުގެ ޖިހާދު ކުރަމުންދާ މަމެން ޕިންކީންގެ އޮޑީގެ ފަޅުވެރިއަކަށް ތިޔާއިން ކޮންމެ ކަތަކު ވެގެންނޭ ގައުމުގެ މިނިވަން ކަން ހޯދަން ވުމުން ޕާރޓީ ކުލަ ގޮސް ސަރުކާރުގެ އަޅުދާސްތު ގޮސް ގައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ ބަތަލުންނާއި ގުޅިގެން ގައުމު މިނިވަން ކުރުން އެއީ ޖިހާދެކޭ މިޖިހާދުގައި އެންމެހާ ދިވެހި ރައްޔިތުން ބައިވެރިވާށޭ އެމްޑީޕީ މެމްބަރުން ވެސް މަމެން ޕިންކީން ނާއި ގުޅިގެން ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ ގައުމު މިނިވަން ކުރާ ޖިހާދުގައި ބައިވެރިވާށޭ

  4. ބައިވެރިވާށޭ

    ހުރިހާ ފިލްމީ ތަރިންނާއި ފަންނާނުން ރައީސް އިބޫ އަށް ބޭރުފުށުން ބައިއަތު ހިފިނަމަވެސް ވަތަންގެ މިނިވަން ކަމުގެ ހައްގުގައި މަމެން ޕިންކީން މިކުރާ މިނިވަން ކަން ހޯދުމުގެ ޖިހާދުގައި ބައިވެރިވާށޭ މިނިވަން ކަން އެއީ އެންމެ މުހިއްމު ކަމަކީ ގައުމުގެ މިނިވަންކަން އަނބުރާ ހޯދުމުގެ ޖިހާދުގައި ބައިވެރިވާށޭ އެންމެ ކަތުންނޭ ބައިވެރިވާށޭ ހެޔޮނުވާނެއޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

    7
    9
  5. ސައްތާރު

    ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ކަންތަށްގަނޑުގައި ރައީސްޔާމީނަށްވެސް ކަންކަންކުރެވިފައިވަނީ އެންމެ ރަނގަޅަކަށްނޫންކަމަށްދެކެން. ހަމައެއާއި އެކުވެސް އަޅުގަނޑު ގަބޫލުކުރަނީ ރައީސް ޔާމީނަކީ މިފަހުގައި މިރާއްޖެދުއް އެންމެ ގާބިލް ރައީސްކަމަށް، ވަރަށް ވިޝަނަރީ ބޭފުޅެއް، ވަރަށް ގައުމީ ވަތަނީ ބޭފުޅެއް، އެއްވެސް ކަމެއްގައި އެހެންބައެއްގެ އުނގަށްވެއްޓިގަނެގެން އެމީހުންގެ އަޅުންނަށް ވާންބޭނުންވާ ބޭފުޅެއްނޫން. ކިތަންމެ ބޮޑު ހަރަދެއްކުރާން ޖެހުނަސް ކަންކަން ޕްލޭންކޮށް ނަތީޖާނެރެން ޓައިމްލައިނަށް އެކަންކަން ނިންމަން އަމާޒުހިފާ އަދު ލީޑަރެއް.
    ދެން މިސަރުކާރުއައިސްގެން އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނުގެ ހިފާހައްޔަރުކޮށް ޝަރީއަތް ހިންގާއިރު އެޝަރީއަތުގައިވެސް ހުރި ގިނަކަންކަމަކީ ދުސްތޫރީ ގޮތުން ބަލާއިރު ދެކޮޅުނުޖެހޭކަންކަން ކަމަށް ފާހަނގަކުރެވޭ. ރައީސް ޔާމީނަކަށް ވިޔަކަސް ކުށެއްކޮށްފިއްޔާމު އެކުށަކަށް އަދަބު ލިބެންވީ އެހެންނަމަވެސް އެއީ އަދުލާއި އިންސާފުވެރި ޝަރީއަތަކުން. މައްސަލައަކީ ރައީސްޔާމީން ޖަލުގައި ހުރެފައި، ޒިޔަތު އާއި އަދީބު ގޭގައި ހުރެފައި، ދެން މިކަމުގައި ބައިވެރިކަން ސާބިތުވެފައި ތިބިމީހުން ރާއްޖޭން ބޭރުގައި އުޅެން ދޫކޮށްލެވިފައި ތިބެފައި، މިފައިސާލިބުނު އެހެންމީހުން ގާސިމުގެ ނިވަލުގައި، އިބޫގެ ނިވަލުގައި އުފާވެރި އަމާންރާއްޖޭގައި ހަމަޖެހިލައިގެން އުޅެން ދޫކުރެވިފައިތިބޭތިބުން. ހަމަ އެއާއި އެކު މިބުނާ އެމްއެމްޕީއާރުސީގެ ފައިސާ ސީދާ ރައީސް ސޯލިހަށާއި އެމަނިކުފާނުގެ ވަޒީރުންނަށް ލިބުނުކަށް ފާޅުގައި ބުނާމީހުންވެސް އެެތިބައުޅެނީ. މިއިން އެއްވެސް ކަމެއް ނުފެނި ހަމައެކަނި ރައީސް ޔާމީނު ޖަލުގައި ބަހައްޓައިގެން ވަގެކޭ އަނިޔާވެރިއެކީ ކިޔުމަކީ އިންސާފެއްތޯ ސުވާލުކުރެވޭ.
    ދެން އޮތީ އެއްބަޔަކު ބުނަނީ ރައީސް ޔާމީނަކީ އަނިޔާވެރިއެކޭ، އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލަށްލެވުނު ސިޔާސީ އެންމެންނަކީވެސް އެމީހުންނަށް ހެދުނު ޅައެއްޗެއްގެ ސަބަބުން ކުށުގެ ޖަލަށް ދާންޖެހުނުބައެއް.
    ވަގަކަސް އަނިޔާވެރިޔަކަސް ރައީސް ޔާމީނަކީ ރައީސް މައުމޫނުގެ ފަހުން މިރާއްޖެދުއް ގައުމީ ވަތަނީ ހަރުދަނާ ގޮތެއްގައި ހުންނަވާ ވަރަށް ވިޝަނަރީ ލީޑަރެއްކަމީ ހަގީގަތެއް.

  6. ޗޭންޖް

    އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ އެންމެހާ ދިވެހިން އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތޭ މަމެން ޕިންކީން ވެރިކަމަށް އަތުވެއްޖެނަމަ މަމެން އެމްޕީއެލް އަށް ދިމާވެފައިވާ ހުރިހާ މައްސަލަ ތަކުގެ ހައްލު ގެންނާނަމޭ މަމެންނަކީ މީ ކަންކަން ވޯލްޑް ކްލާސްގައި ކުރުމުގެ ސާފު ރިކޯރޑް އޮތް ބަޔެކޭ މަމެން މީ ރީތި ސިކުނޑީގެ އަހުލުންނޭ ދުނިޔޭގެ ކަންކޮޅުގައި ހިނގާ ހުރިހާ ކަންކަމަކީ މަމެން ހިތުދަސް ފަރިތަ ކަންކަމޭ ފިއުޗަރ އިޒް ބްރައިޓް އިން ދި އެއަރ އިޓްސް އަ ވިންޑް އޮފް ޗޭންޖް...

  7. އައިތިންކް

    އަނިޔާވެރިކަން އެއީ މަމެން ދަންނަ ކަމެއް ނޫނޭ މަމެން ޕިންކީންގެ ޓައިމް ޓޭބަލް ގައި އޮންނާނީ ގައުމު މިނިވަން ކޮށް ދެން އޭގެ ފަހުގައި ގައުމު އާރާސްތް ކުރުމޭ މުޅި މާލެ އަތޮޅު އެއްކޮށް ބްރިޖް ތަކުން ގުޅުވާލާ ބްލެޓް ޓްރެއިން މާލެ ސަރަހައްދަށް ތައާރަފް ކޮށް ހަދާ މާލޭން ފުރައިގެން ކާށިދޫ އަށް ބްރިޖްގެ ބްލެޓް ޓްރެއިން އިން މިިލި ސިކުންތަކުން ދިއުމޭ އޯއް ޔޭއް ދިސް ކުޑް ބީ އިޓް އައި ތިންކް އައި އޭމް އިން ލަވް ވިދް ޕިންކީ ޕްލޭން އިޓްސް ލަވް ދިސް ޓައިމް އޯއް ޔޭއް...

  8. ކަދުރުދައިތަ

    ޕިންކުސްތާންގެ ކަދުރު ރާނީގެ ރުއިމެއް އޮތީ ކޮންއިރަކުންތަ

  9. ނަރުގިސް

    ކަނދުރު ބަހަން ތައްޔާރު

  10. ނޫނޭ ނުލަފާ

    އެމްޑީޕީގެ މި ލާއިންސާނީ ގައުމު ބޮޑު އަނދަވަޅަކަށް ވައްޓާލި އަނިޔާވެރި މި ސަރުކާރު ވެއްޓެން އިންޝާﷲ ދެން މާގިނަ އިރެއް ނެތެވެ. މި ސަރުކާރު ވެއްޓެން އަސްލު ދިމާވި އެންމެބޮޑު މައްސަލައަކީ ރައީސް ޔާމީން ނުހައްގުން ޖަލަށްލައިގެން ވެރިކަމުގެ 5 އަހަރު ގެންގުޅުމެވެ. ބަލިހާލަތު ހުރިގޮތުން އެމަނިކުފާނު އެންމެ ފަހަރަކުވެސް ގެއަށް ބަދަލުކޮށްދީފައެއް ނުވެއެވެ. ހަސަދައިގެ އަލިފާނުގައި ޖެހި އިންސާނަކަށް މިހާބޮޑު ދެރައެއް ދެވިގެން ނުވާނެއެވެ. ވެއްޓެމުން މިދާ ސަރުކާރުގެ ހުރިހާ ބޮޑުންގެ ކަރުބުޑުގައި މިހާރު މި ހިތި ރަހަ މިވަނީ ލާންފަށާފައެވެ. އެކަން އެމީހުންނަށްވެސް އެނގޭނެއެވެ. އެކަމަކު މިހާރު މާބޮޑަށްވެސް ވަގުތު ފާއިތުވެއްޖެއެވެ. މީގެ އެހެން މިސާލެކެވެ. އިންޑިއާއަށް އަޅުވެތިވެގެން ކުޑަ ފައިސާކޮޅަކަށް ގައުމުގެ މިނިވަންކަން ގެއްލުވާލައިފިއެވެ. ރާއްޖޭގެ ކަނޑުން ބައެއް ރޯމާ ދުވާލު ވިއްކާލައިފިއެވެ. ދީނީ މިނިވަންކަމަށް މަގު ކޮށައިދީފިއެވެ. މުޅި ގައުމުގެ އިގްތިސާދު ފުނޑި ރައްޔިތުން ބިކަވެ ދަރަނި ދަންތުރައެއްގައި ރައްޔިތުން ޖައްސައިފިއެވެ. ގައުމުގެ ތައްރައްގީއަށް ކުރެވުނު ކަމެއް ނެތެވެ. ރަށެއްގެ ބަނދަރެއް މަރާމާތު ކުރުމާއި ފެން އިސްކުރެއް ދޫކޮށްލުމަކީ މިއީ ތަރައްޤީއެއް ނޫނެވެ. 5 އަހަރު ރައްޔިތުންގެ ލާރިން އަޗާތެޅީއެވެ. މީގެ ބަދަލު ރައްޔިތުން 30 ވަނަ ދުވަހު ދައްކާނެއެވެ.

  11. ހީނުވޭދޯ

    ނޮވެމްބަރުގައި ގޯތި ތައް ހަވާލު ކުރާނަމަ ދެން ކޮންމެހެން ދެވަނަ ދައުރެއް ރައީސް އިބޫ އަށް ދޭން ނުޖެހޭނެއޭ ދެން އަންނަ ސަރުކާރަކުން ވެސް އެކަން ކުރާނެއޭ ބިމެއް އޮވެއްޖެނަމަ ލޯން ދޭނެއޭ ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް ޚާއްސަ ކޮށް މާލެ ސަރަހައްދުން އެކަމަކު ބުއްދީގެ ހަމަތަކުން ގަބޫލު ނުކުރެވެއޭ އުތުރު ތިލަފުށީގައި މާސިންގާ މިލިޓަރީ ބޭސް އެއް އިންޑިއާ އިން ބަރުހަތިޔާރާއި އެކު ހަދާފައި އޮތްވާ އެތަނުން ގޯތި ދޫކުރާނެ ހެން އެއްގޮތަކަށް ވެސް ހީނުވެއޭދޯ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ

  12. ސަރަގު

    ކަނޑައެޅިގެން ދޮގެއް. މުއިއްޒަކީ ރ.ޔާމީންގެ އެންޑޯޒްމަންޓެއްނޫން

  13. ކޮއްޔާ

    ފުރަތަމަ ބުރަަށްވުރެ ބޮޑަަށް ނަތީޖާ ރަނގަޅުކޮށް / ގިނަ ދިވެހީންގެ ތާއީދާއި އެކު ﷲ ގެ ރަހްމަތުން މި އިންތިޙާބް ޑރމުއީޒު ކާމިޔާބު ކުރާނެ //
    ދިވެހީންގެ ރައީސް އަކީ ދެން ޑރމުއީޒު // ރައީސް ޔާމީން އަށް ދިވެޙީންގެ ބޮޑު އުފަލުގައި ބައިވެރިވެވޭނެ //
    އިންޝާ ﷲ ،،،،،،،،،،،،

  14. އއއއ

    ދިވެހިރާއްޖެއަކީ މިހާރު ދިވެހި އާއްމު ބޮޑެތިވާ ދިވެހި ދަރިންނައް އެއްވެސް ފުރުސަތެއްނެތް މުއްސަދިންނާ ސިޔާސީ މީހުންގެ ނޯކަރުން ކަމުގަވާ ބޭރު މީހުންނައް އޮތް ސަރަހައްދެއް. !!!!! މިވަގުތުންފެށިގެން މި އަލައް ނުކުންނަ ދިވެހިމީހާއަށް މިތާގަ ފުރުސަތު ހުޅުވުމައްޓަކާ ސިމެންތީގެ ބްލޮކްތައް ހެދުން ހުއްޓަންޖެހިއްޖެ. މިދިވެހިންގެ އޮޑި އޯވަހޯލް ކޮއް މަރާމާތުކުރުމައްޓަކާ ދަތުރު ހުއްޓާފަ އެހެލަން ޖެހިއްޖެ !!!!! އެހެން ނޫނިއްޔާ މިއޮޑި ފަޅައް އަޑިއައްދާނީ !!! މިފައްތިޔާގަ ދިވެހިންގެ އޮޑީގެ ބަދަލުގަ އޮންނާނީ އެހެން ނަމެއްކިޔާ އެހެން ބައެއްގެ އޮޑިއެއް.!!