އިދިކޮޅު ކޯލިޝަނުގެ ވެރިކަމުގެ ތެރެއަށް ޑްރަގް ގޭންގުތަކުން ފައިހިއްޕާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކަންމަތީ ޖަލްސާގައި މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާކަން ހާމަކުރެއްވި މާޒް ސަލީމް ވިދާޅުވީ ރައީސް ސޯލިހުގެ ޓީމާއެކު ފެނިގެންދިޔުމުގެ މައިގަނޑު އެއް ސަބަބަކީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވަން މަޖުބޫރުވެގެން ކަމަށެވެ.

މާޒް ވިދާޅުވީ ރާއްޖޭގައި މިހާރުއޮތް ވެރިކަން ނުރައްކަލުގެ ތެރެއަށް ހުށަހެޅެމުން އަންނާތީ އެކަމާ ދެކޮޅަށް ނުކުތީ ކަމަށެވެ. ރައްޔިތުން އެފަދަ ނުރައްކަލަކަށް ހުށަހެޅިގެންދާއިރު އެވާހަކަތައް ރައްޔިތުންނަށް އަންގައިދިނުމަކީ އޭނަގެ ވާޖިބެއް ކަމަށް މާޒް ވަނީ ވިދާޅުވެފައެވެ.

"ދެވަނަ ކަމަކީ އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމުގެ ތެރެޔަށް ޑްރަގުގެ ގޭންގުތަކެއް ހޯރައަޅަމުން އެބައާދޭ. ވެރިކަމުގެ ނިޒާމުގެ ތެރެޔަށް ޑްރަގުގެ ގޭންގުތައް އައިސް ފައި ހިއްޕާލާތީ އަޅުގަނޑުމެން މިރޭ މިތަނަށް މިއައީ." މާޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ސިޔާސީ ލީޑަރުން ދަމާކޫއްތާފައި ގެންގޮސް ޖަލަށްލައި އަނިޔާކުރިކަން މާޒް ފާހަގަކުރެއްވިއެވެ. މާޒް ވިދާޅުވީ އިދިިކޮޅު ކޯލިޝަނުގެ ވެރިކަމެއް އަތުވެއްޖެނަމަ އެ އަނިޔާވެރިކަން އަލުން އިޔާދަވެގެންދާނެ ކަމަށެވެ.

މާޒް އިތުރަށް ވިދާޅުވީ އަނިޔާވެރިކަމުގެ ސަޤާފަތެއް ރާއްޖެގައި ޤާއިމު ކުރަން ބޭނުން ނުވާ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް އަތުވެއްޖެނަމަ ހައްޔަރު ކުރާނެ މީހުންގެ ލިސްޓެއް މިހާރުވެސް ތައްޔާރުކޮށްފައި އެބައޮތް ކަމަށެވެ.

އުމަރު ނަސީރަށް ވޯޓު ދެއްވި ބޭފުޅުންގެ ވޯޓަކީވެސް ބޭނުންތެރި ވޯޓެއް ކަމަށާއި އެ ވޯޓު ގަނޑު ފޮށްޓަކަށް ލައި ތަޅުލާފައި ބާއްވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބޭފުޅުންނަށްވެސް ރަނގަޅު ގޮތާއި ނުބައި ގޮތް ދައްކައި މަގުފުރެދިގެންދިޔަ ނުދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވޯޓު ދެއްވި ބޭފުޅުން، އެ ބޭފުޅުންގެ ވޯޓު ފޮށްޓަށް ލައި ތަޅުލާފައި ބާއްވާކަށް ނުޖެހޭނެ. އެބޭފުޅުންނަށް އަޅުގަނޑުމެން މަގު އެބަދައްކަންޖެހޭ ކޮބައިތޯ ރަނގަޅު ގޮތަކީ." މާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދިވެހީންގެރާއްޖެ

    ކޮން ނިޒާމެކޭ ގޭންގެކޭ ކިޔާކަށް އަންނިގެ ވެރިކަން ވައްޓާލި އިރު އެންމެ ކުރީގަ ހުރި މީހަކީތީ ކޮންމެ އެއްޗެކޭ ކިޔަސް އިރާދަކުރެއްވީޔާ މާދަން ޗޯރޭގެ ވެރިކަން އަހަރެމެން ނިންމާނަން އިންޝާﷲ ކަނޑާއި ގައުމާއި ފަޅުތަަށްް ވިއްކާލި ޗޯރުއިބުރޭ

    41
    3
  2. Anonymous

    މާޒު ސަލީމް މާބޮޑެތި ވާހަކަ ނުދައްކާ ދިވެހިންނަކީ ގޭންގުން ކަމަށްތޯ ތިޔަ ބުނަނީ ! ގިނަ ދިވެހި ރައްޔިތުންނަކީ ރަގަޅުމީހުން އެމީހުން ވޯޓް ދީ ބޮޑުފަޅި ހާމަ ކޮށްފައިވަނީ 9/9 ގައި ނެގި ރުޔާސީ ވޯޓްގައި !

    37
    2
  3. މުއިއްޒުއާއިއެކު ކުރިއަށް

    ކޮން ގޭންގެއްތޯ؟
    1988 ގަ އިބޫގެ ބަފާބެ ގެނައި ތަމަޅަ ޓައިގަރުންގެ ގޭންގުތޯ؟
    ނުވަތަ ނަޝީދު އިސްތިއުފާ ދިނުމުން ގައުމުގަ ހުޅުޖެހި ގޭންގުތޯ؟

    މިއީ އިންޑިޔާގެ ބީޖޭޕީގެ ހައްދުފަހަނައެޅި ހިންދުވްތާ ގޭންގުން މުސްލިމުންނާއި ދެކޮޅަށް ހިންގާ ސްޓއިލްގެ ޕްރޮޕަގެންޑާ. ހުރިހާ މުސްލިމުންނަކީ ހަރުކަށި ގޭންގުތަކޭ ކިޔަނީ.
    ސިއްކިމް އަޅުވެތިކުރި ގޮތަށް މި ވަތަން އަޅުވެތިވިޔަ ނުދޭނަން އިންޝާﷲ

    38
    1
  4. ހެޔޮނުވާނެއޭ

    ފިލްމީ ތަރިންނާއި ފަންނާނުން ނަށް ޚާއްސަ ކޮށްގެން މަމެން ޕިންކީންގެ ވެރިކަމުގައި ހުޅުމާލޭގައި އެސްޓީއޯ އިން އަޅަން ފަށާފައިވާ ހޮޓާ އެއްކޮށް ނަގާ އެތަނާއި އެގޯތި ފަންނާނުންނަށް ދޭނަމޭ އަދި އެތަނަކީ ފަންނާނުންގެ ސްޓޫޑިއޫ އަކަށް ހަދާ އެއީ ރާއްޖޭގެ ހޮލީވުޑް އަށް ބަދަލުކޮށްދޭނަމޭ މިކަންކަން ކުެރެވޭނީ ހުޅުމާލެ އިންޑިއާ އަތްދަށުން މިނިވަންކޮށްގެންނޭ އެކަން މިކުރަނީ މަމެން ޕިންކީންނޭ ހުރިހާ ފަންނާނުން މިނިވަން ކަމުގެ ޖިހާދުގައި ބައިވެރިވާށޭ ހެޔޮނުވާނެއޭ

    11
  5. ވިސްނާތި

    ރައީސް އިބޫ ދައްކާ ވާހަކައަކީ އިތުބާރެއް ކުރެވޭ ވާހަކަ އެއް ނޫނޭ ފުރަތަމަ ބުރުގައި ބުނީ ގޯތިތައް ބިން ހިއްކަމުން ދެމުންދާނަމޭ އެކަމަކު އެއީ ރޯބުހުތާނު ދޮގެއް ކަން މިއެގުނީ ގިރާވަރު ފަޅު އަދިވެސް ހިއްކަން ނުފަށާތީވެ މަމެން ހުވާކޮށްފައި ބުނަމޭ ގިރާވަރު ފަޅުންވެސް އަދި އުތުރު ތިލަފުށި ފަޅުންވެސް އަދި ހުޅުމާލެ ފޭސް 3 އިން ވެސް ގޯތި ނުދެވޭނެ އަންނަ އަހަރު ނުނިމެނީސް މީޔަގީން ކަށަވަރު ކަމެކޭ ރައްޔިތުންނޭ ކޮންމެ ވެރިއަކު ހުއްޓަސް ދެންގޯތި ދޭނެއޭ

    14
  6. ހަގީގަތް

    މަސްއޮޑި ގޭންގު ގެން ގުޅެނީ އިބޫ. ރައްޔިތުންނައް އިނގޭ ތިއުޅެނީ މިހާރު ކިހިނެއް ވެގެންކަން ކުރިން ދެއްކި ހުރިހާ އެއްޗެއް ކެންސަލް

    19
  7. ޢެޑްމުންޑޯ

    އެކަކު އައިސް ކިޔާނެ އަނިޔާއޭ ، އަނެއްމީހާ އައިސް ކިޔާނެ ގޭންގްތަކޭ ، ދައްކާނެ ވާހަކަ އެއް ނޭގިގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެޔޭދޯ

    21
  8. އިންތި

    މީދެން ކާކު ރަނިންމޭޓަކަށް ވެގެން އުމަރު ހަތިމް ޙިފައިގެން ޕޯޑިއަމަށް އެރީމަ ބަޔަކު ގިޔާމަތްވެދާނެތީ ބިރުން 6000 ގަނޑުވޯޓްދިނުމުން މިކަލޭގެ ހީކުރީ މީނަދެންމީ މާގުބޫލް މީހެއްކަމަށް . ކަލޭދާންޖެހޭނީ މަހަށް ޢިންޝާﷲ މިފަހަރު މުއިޒް އަހަރުމެން ހޮވާނީ .

    19
    1
  9. ޝާވިން

    އުމަރު ދެއްކި ވާހަކަ އަކާ ދިމަލެއް ނުވޭ. ޢެމަނިކުފާނުގެ ރަނިންމޭޓް އައިސް މި ދައްކަނީ ކޮންވާހަކަ އެއް. ޢަދި އެއީ އެމްޑީޕީ އާއި އެއްފަޅި އަކަށް އަރާފަ. މާޒް ސަލީމް އެވެ. ކޮންމެ ގައުމެއްގައިވެސް އެކި ކަހަލަ މީހުން އުޅޭނެ. މިސާލަކަށް އިންޑިއާގައި އެކި ދީންތަކު މީހުން ގޮވައިގެން އުޅެން އެނގޭ ވެރިއަކު ވެރިކަމަށް އަންނަން ޖެހޭނީ. ޜާއްޖޭގައި އަލްހަމްދުލިﷲ އެކި ދީނެއްނެތް. ޢެކަމަކު އެކި ފިކުރާ ގޭންގާ މަސްތުވާ ތަކެތަކެތީގެ މީހުންނާ ދީނާ ހިލާފު ހިޔާލުގެ މީހުން އުޅޭ. ޢެ އެއްމެން ގޮވައިގެން އެމީހުންނަށް މަގުދައްކައިދީގެން އުޅޭނެ ވެރިއަކު ގައުމަށް ހޮވަން ޖެހޭނީ. ޢެއީ ނެތް ބަޔަކަށް ހެދޭކަށް ނެތް ކިތަންމެ ބަޔަކު ރުޅިއަޔަސް ޕީޕީއެމްގެ ސަރުކާރެއްގެ އެމީހުނަށް ހެޔޮމަގު ދައްކައިދީ ރަނގަޅު ސިޔާސަތުތަކެއް ގާއިމް ކުރައްވާނެކަމާ މެދު ޝައްކެތް ނެތް. ޢެކަމަކު އެއީ އެއްދުވަހުން 2 ދުވަހުން ވާނެ ކަމެއްނޫން. ޢެކަން އެނގޭނެ އުމަރުގެ ޓީމަށްވެސް. މާޒް ސަލީމް ވިއްކި ސިޔާސަތު ތިޔަހާ އަގު ހެޔޮކޮށް ބާޒާރުގައި ވިއްކާލީމާ ހިތާމަ ކުރަން.

    13
    1
  10. އަހަންމަދު

    މި މާޒް ސަލީމޭ ކިޔާ މީހާވެސް މީ ހާދަ ފެންވަރެއްނެތް މީކޭ!
    މީނައަކަށް ނޭގެއޭ ފައިހިތްޕުމަކީ ކޮބައިކަމެއް. މިހާރު ތިހުރީ ފައިހިތްޕިފަ. ދެން ދުއްވާލާ!

    މިފެންވަރުގެ މީހުންނަށް މަރުހަބާކިޔާނީވެސް ހަމަ އެހާ ދަށު
    ރަޖައިގެ މީހުން.

    މިމީސްމީހުންނާ މަގާމުތައް ހަވާލުކުރުމަކީ މޮޔައެއްގެ އަތަށް
    ކަޑިއެއް ދިނުންކަހަލަ ކަމެއް.

    މިކަހަލަ ދެއުޅިއެއްނުވާ މީހަކަށް މީހެއްގެ އަމިއްލަ ގޭތެރޭގެ
    ޥަޒީފާއެއްދީ ބޮޑުމުސާރައެއް ދިނުމަކީ އެހެންމީހުނާބެހޭ ކަމަކަށް
    ނުވިއަސް، ދައުލަތުގެ ވަޒީފާއެއް އެފަދަމީހަކަށް ދިނުމަކީ
    އޭގެ ގެއްލުން މުޅި ގައުމަށް ކުރާނެކަމެއް. އެޔަކީ ރައްޔިތުންނަށް
    އިޚުލާސްތެރި ވެރިއަކު ކުރާނެ ކަމެއްނޫން!

    ވެރިންގެ އަރިހު ތިބޭ އެންމެންވެސް ވެރިން މިކަހަލަ ކަންކަން
    ކުރިޔަނުދީ ހުއްޓުވަންޖެހެ. އެއީ ދީނީ އަދި ގައުމީ ވާޖިބެއް.

    11
    2
    • ާދަލޭކަދައިތަ

      ގޭންގު ބޮޑުލީޑަރު މާޒުސަލީމު.
      ޫު

  11. Anonymous

    ޢުމަރު ނަޞީރު މިކަހަލަ ގަޅި ކަމެއް ކޮށްފާނެކަމަށް ހީވެސް ނުކުރަން. ޢުމަރަށް ދެން ވޯޓްލުން ނިމުނީ. ޤައުމަށް ހެވެން ނޭދެވުނު. ޢުމަރާއި މިސާލަކަށް ނާޒިމް ބަލާ އެއީ ޤައުމަށް ހެޔޮއެދުމަކީ. މިއަދު މިޤައުމު އޮތް ޙާލަތުން ސަލާމަތް ކުރަން މުޢިއްޒަށް ވޯޓް ދިނުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް.
    ޢުމަރަށް ކުރި އިޙްތިރާމް އަނބުރާ ގެންގޮސްފިން. ޢުމުރަށް ސަލާމް . އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތްފުޅުން ބޮޑު ތަފާތަކުން މާދަމާގެ ވޯޓް މުޢިއްޒު ކާމިޔާބު ކުރައްވާނެ. އުމަރުގެ އެހީ ބޭނުމެއްނޫން. އަހަރެމެންގެ އެހީތެރިޔަކީ ހުރިހާ ކަމެއްގައިވެސް ﷲސުބްޙާނަހޫ ވަތަޢާލާ. އެއީ ވަކީލު ކުރެވޭ އެންމެ ހެޔޮފަރާތް. ޙަސްބުނަﷲ ވަނިޢްމަލް ވަކީލް

    6
    1
  12. ވެކާ

    ކިހާވަރެއް ލިބުނު

  13. އަލީ ލަޠީފް

    ޢަހަންނަށް ކަމުދާ އެކަކުވެސް ނެތީމަ އަހަރެން މިބުރުގަވެސް ވޯޓު އަޅާކަށް ނުދާނަން.
    ޤަބޫލުކުރިޔަސް ނުކުރިޔަސް، ޑުރަގު ގޭންގުތަކުގެ ބާރާއި ނުފީޒު ގަދަވެ، ސަރުކާރުގެ ޕްރޮޖެކްޓުތައްވެސް ބައެއް ޑުރަގު ގޭންގުތަކަށް ދިނުމަށް ވަނީ އާނބަސް ބުނެ ބައިއަތު ހިފާފަ.

    3
    1
  14. ދޮންބެ

    އިބޫ ވިސްނާތި ތީރެޭވުމަކުންފަޅިބަދަލުކުރިމީހެއް ތީނަ ތީނަގެފާހަގަވެސްއިބީއަކަށްނުދޭނެ