ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އަސްލެއްނެތް ދޮގުތައްކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އިދިކޮޅުފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީން މިރޭ ބުނެފިއެވެ.

އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ކޯލިޝަނުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހުގެ ވޯޓަށް ކުޑަތަންވެފައި ވަނިކޮށް، އަސްލެތް ނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވާ ކަމީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިގެން އެންޓި ކެމްޕޭންކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވެއެވެ. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށްނަގަން މަސައްކަތްކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ބަޔާނުގައިވެއެވެ.

"ރާވައިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތް މައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެއެވެ. އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސް ކުރަމެވެ." އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައިވެއެވެ.

އެންމެ ގިނަ ވޯޓާ އެކު، ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ިުއއ

    މި ތިބީ މުއިއްޒުއާއި އެކު ގަދަކޮށް

  2. ނޭވާ

    އަސްލު ރޯމާދުވާލު ދޮގުވހަފަމުން ދިޔައީ އިބޫ ސޯލިހު

  3. ބައިވެރިވާށޭ

    އުތުރު ތިލަފަޅު އިންޑިއާ އަތް ދަށުން މިނިވަން ކުރާށޭ އެނޫން ނަމަ އެތަނުގައި އިންޑިއާ އިން ބަހައްޓާފައިވާ ނިއުކްލިއަރ ވޯރހެޑް ތައް މާލެ އާއި ދިމާލަށް އަމާޒު ކޮށްފައި ހުރި ކަމަށް މާލެ ތެރޭގައި އެވަރަށް ވާހަކަ ނުދެކެވޭނެއޭ ހަގީގަތެއް ނެތް ނަމަ އުތުރު ތިލަފަޅު އިންޑިއާ އަތުން މިނިވަން ކުރުމަށް މަމެން ޕިންކީން އަތުގައި ހިފާށޭ އެމްޑީޕީ ދޫކޮށްލާށޭ ގައުމު މިނިވަން ކުރަން އެޖިހާދު ކުރާ ޕީޕީއެމް އާއި ކުދި ބޮޑު އެންމެހާ ރައްޔިތުން ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

  4. މާރުކާ

    ފިރު އައުނުވެސް ގަރަގު ވާން ފެށީމަ އުޅުނުހެން މިކަލޭގެ މިތެޅެނީ ކޮންމެ ގޮތަކުންވެސް ވެސް ވެރިކަން ހޯދަން މިތެޅެނީ ﷲ އިރާދަ ކުރެއްވުއްޔާ ﷲ ގެ ހެޔޮރަހުމަތުން ބަލިކުރައްވާނެ ސޯލިހަކީ ތައުލީމީގޮތުން ދީނީގޮތުންވެސް އިސްލާމީ ގައުމެއްގެ ވެރިކަމށް ކުފޫ ހަމަ ނުވާ މީހެއް

  5. ހަގީގަތް

    އަޅުގަނޑު މެންގެ ވަލީއުލްއަމުރު އަކީ ރޯމާދުވާލު ވަރަށް ފަރިތަކޮއް ދޮގު ހަދަން ދަންނަ ވެރިއެއް އެބޭ ފުޅާ ކޮންޓްރޯލް ކުރާ މުއައްސަސާތަކާ މީހުން ވެސް ދޮގުހަދާނެ

  6. ހީނުވޭދޯ

    ނޮވެމްބަރުގައި ގޯތި ތައް ހަވާލު ކުރާނަމަ ދެން ކޮންމެހެން ދެވަނަ ދައުރެއް ރައީސް އިބޫ އަށް ދޭން ނުޖެހޭނެއޭ ދެން އަންނަ ސަރުކާރަކުން ވެސް އެކަން ކުރާނެއޭ ބިމެއް އޮވެއްޖެނަމަ ލޯން ދޭނެއޭ ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް ޚާއްސަ ކޮށް މާލެ ސަރަހައްދުން އެކަމަކު ބުއްދީގެ ހަމަތަކުން ގަބޫލު ނުކުރެވެއޭ އުތުރު ތިލަފުށީގައި މާސިންގާ މިލިޓަރީ ބޭސް އެއް އިންޑިއާ އިން ބަރުހަތިޔާރާއި އެކު ހަދާފައި އޮތްވާ އެތަނުން ގޯތި ދޫކުރާނެ ހެން އެއްގޮތަކަށް ވެސް ހީނުވެއޭދޯ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ ހީނުވެއޭ

  7. ޚަމަނަ

    ތިޔަ ހުރިހާ ކަމަކީވެސް އެމްޑީޕީގެ އަސްލިއްޔަތާ ގުޅިފައިވާ ކަނތައްކަން ތިޔަ ޕާޓީގެ މީހުނާށް އެންމެބޮޑާށް އެގޭނީވެސް. ޜާއްޖޭގައި އަލިފާން ބޯޅަ އުކުމާ ސިފައިންގެ މައި މަރުކަޒަށް ހަމަލާ ދޭން އުޅުމާ މުޅިރާއްޖޭގަ ހުޅުޖެހީވެސް ހަމަ ތިމާމެން .
    ޢެހެން މޯހުންގެ ބޮލުގަ ބަދުނާމު އަޅުވަން އުޅުނަސް ދިވެހި ރައްޔީތުންނަށް ހުރިހާ ކަމެއްވެސް އެނގޭނެ

  8. އއ

    ބިރުވެރިކަން ދައްކައިގެންނޭ؟ ބަލަ އިންޑިޔާ ސިފައިން( ބަންޑެލި ބަންޑެއްޔަށް) ގެނެސް މުޅި ދިވެހިރާއްޖޭގައި ބައިތިއްބައިގެން، ނުވިތާކަށް ވަޒީފާގެ ބިރުވެރިކަމާއި ވޯޓްގެ ދެވަނަބުރަށް ތިޔަ ހުޅުވާލާ ޕްރޮމޯޝަންތަކުން ލިބޭ( ގޯތި، ފްލެޓް ފަދަ ) ތަކެތިން މަޙްރޫމް ވެދާނެ ކަމުގެ ބިރުދައްކަމުން ދިވެހިސަރުކާރު މިހާރު މިހިންގަނީ ޕީ.ޕީ.އެމް/ ޕީ.އެން.ސީ ކޯލިޝަނުންބާ؟ ބުރާންތިވިޔަސް ތިޔައީ ދެން ބޮޑުވަރު.

  9. ވާގޮނުސްކޮ

    ދިވެހިންގެ ހިތްތަކުގަ ނަފުރަތާ ރުޅިވެރިކަން އުފައްދާ ދެކޮޅުވެރިކަން އުފެއްދީ އަދި
    އުފައްދާނީ ކޮން ބައެއްތޯއާއި މެދު އުފައްދަންމިއަދަކު އިތުރުދުވާލެއްނެތް.
    2012 މިރާއްޖޭގަ ހިންގާފަވާ ދިވެހިންގެ ސަގާފަތާ ބީރައްޓެހި ތަންތާހުޅުޖަހާ ގައުމުސަލާމަތީބާރުތަކާ ކުރިމަތިލާ ހަމަލާ ދީ މިކަންކަން ކުރީ ކޮންބަޔަކުއިސްވެ އޮވެކަން މިރާއްޖޭއެންމެހާ ރައްޔިތުންނައް އޮޅުމެއްނެތި އެނގޭ. 2018ގަ އިންތިހާބުން ބަލިވީ މިއަދުގެ އިދިކޮޅުން އެވަރުގެ ދަށުދަރަޖައަކަށް ވެއްޓިގަންތަނެއް
    މިރާއްޖޭގެ ރައްޔިތުން ނުދެކޭނެ. ދުލާގަލަން އޮތިއްޔާ ކޮންމެފަދަ ހުތުރުއިލްޒާމެއްވެސް އެޅުވުމަކީ މިއަދަކު އެހާއުނދަގޫކަމެއްނޫން.

  10. Anonymous

    ސޯލިހުމެން ބިރުވެރިކަން ނުދައްކާތާ އެހެންވީމަ ތިޔަ ނުފުޒު ފޯރުވަނީ.

  11. ކޮއްކޮ

    ެެެއެހެން މީހުން ދޮގު ފަތުރަނީޔޭ ބުނާއިރު، ތިމާމެންނަށްވުރެ ބޮޑެތި ދޮގުވެރިންތަކެއް ދުނިޔޭގައި ވެސް އުޅޭނެކަމެއް ނޭނގޭ. މި ގައުމުގައި ހުރި ސިޔާސީ އެންމެބޮޑު ދޮގުވެރިޔާ ކަމަށްވާ އިމްރާނޭ ކިޔާ ކަލޭގެ ހުރީވެސް ތިޔަ ބައިގަނޑުގެ ތެރޭގައި. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މީހުންވެސް ތިބީ ތިޔަ ބައިގަނޑުގެ ތެރޭގައި. މިހާރުވެސް ތިޔަކުރާ ކަމަކީ ތިމާމެންގެ މައިބަފާ މުދާހެން، ރައްޔިތުންގެ ފައިސާއާއި މުދާ ބަހަމުން ތިޔަ ގެންދަނީ. އިންތިޚާބަކަށް ކުރިމަތިލައިގެން ތިބެ، ތިމާމެންނަށް ތާއީދު ހޯދުމަށް ތިޔަ ގޮތަށް ކުރާ ކަންތައްތައް ވާނީ ރިޝްވަތަށްކަން އެނގޭބާ؟

  12. 2023 ޔާން

    ތިއުޅެނީ އަނެއްކާވެސް ވޯޓު އޮޅުވާލެވޭތޯ...އެކަމަކު ނުވާނެ މިފަހަރަކު..ސޮރީ ސްލޯބެ ގަނޑާ

  13. ސަތޭ

    އަމިއްލައަށް ކުރަން ރާވާފައި އޮތް ކަމެއްގެ ވާހަކަކަންނޭނގޭގެ ތި ބުނަނީ، ތީ ތި ރީނދޫބައިގަނޑުގެ ސިފަ. ބަލިގަބޫލުކޮށް ބަޔާނެއް ނެރުން މުހިންމު. ޢޭރުން ރައްޔަތުން މާ އުފާވެރިވާނެ. ކުޑަކުޑަ މިނިވަން މި ގައުމަށް ބޮޑު އިންޑިޔާގެ އަޅުވެތިކަމުގެ ހިޔަނި އަރުވައިގެން ނޫންގޮތަކަށް ރައީސްކަންވެސް ނުވި ވިއްޔާ.