ކޭ ޕާކާއި، ސީލައިފް އަދި ޖާހު ގާޑަން އިން ފްލެޓް ގަންނަން ފައިސާ ދިން ފަރާތްތަކަށް މި ސަރުކާރުން ފްލެޓް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯސަން މަގުގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރެއްވި މަސައްކަތްތައް މަސައްތްތައް ދެކޮޅު ނުޖެހި ރައްޔިތުން އޭރު މަގުމަތިވެފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ ގިނަ މަޝްރޫއުތައް ރައްޔިތުނަށް ބޮޑު އުނދަގުލަކަށްވެގެން ދިޔަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސޯސަން މަގުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުން. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

 

"ސީ ލައިފްގެ މައްސަލަ، ޖާހު ގާޑަން ކިޔާ ތަނަކަށް އިމާރާތްކޮށްފައި ހަވާލު ކުރަން ބުނި ފްލެޓްތަކުގެ ވާހަކަ، ކޭ ޕާކުގެ މައްސަލަ ގާކޮއްޓާއި އަރަބިއްޔާގައި ހުރި ފްލެޓްތަކަށް ހަދާފައި ހުރި ގޮތް. މިހުރި ހުރިހާކަން މީ ރައްޔިތުންނަށް ހުރި ބޮޑު އުނދަގުލަކާ ކުރިމަތިލާންޖެހުނު ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ހުރިހާ ކަމަކަށް މި ސަރުކާރުން ހައްލު ހޯދައިދެމުން އަންނަ ކަމަށެވެ. އެގޮތުން ސީ ލައިފްގެ މައްސަލައިގައި ވެސް އެތަން ހެދުމަށްޓަކައި އެޑުވާންސްކޮށް ފައިސާ ދެއްކުމަށްފަހުގައި އެއަށް ވީ ގޮތެއް ނޭނގުނު ކަމަށާއި، އެފައިސާ ސަރުކާރުގެ މާލިއްޔަތުން ނަގައި އެޗްޑީސީއަށް ހަވާލުކޮށް ފްލެޓް ލިބޭ ފަރާތްތަކަށް އެކަންތައް ހަމަޖައްސަދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭ އާބަންކޯއިން އެތަން ނިންމައި އެތަނަށް ފްލެޓް ދޭން ލިޔުންދީފައި އޮތް ހުރިހާ ފަރާތްތަކަށް އެ ފްލެޓްތައް އަޅުގަނޑުމެން ހަވާލުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ހަމައެގޮތަށް ކޭޕާކުގެ މައްސަލައިގައިވެސް ރައްޔިތުންގެ އަތުން ގިނަ ފައިސާތަކެއް ނެގުމަށްފަހު އެފަރާތްތަކަށް ފްލެޓްނުދޭކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިސޯޓުތައް ހަދަންވެގެން ރަށްތައް ވިއްކިގޮތަށް އެތައް ރައްޔިތުން އަތުން ފްލެޓް ގަތުމަށް ފައިސާ ނަގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސޯސަން މަގުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުން. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"ކޭޕާކުން ފްލެޓް ލިބިފައިވާ ރައްޔިތުންނަށް އަޅުގަނޑުމެން އެކަންތައް ހަމަޖައްސަދީ ފްލެޓް ދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 40 އަހަރުތެރޭގައި ވެސް މާލެ ސަރަހައްދުން ގޯތި ދޫކޮށްފައިނުވެއެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް މި ސަރުކާރުން ވި ވައުދާ އެއްގޮތަށް މިހާރު ބިންކަނޑައި އިންވަކިކޮށްފައި ގޯތި ދޭން ފަށާފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު 5 ގެ ކުރިން އެ ގޯތިތަކުގެ ރަޖިސްޓްރީ ރައްޔިތުންނަށް ހަވާލުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ހަމައެއާއެކު އެގޯތިތަކުގައި އިމާރާތްކުރެވޭނެ ގޮތްވެސް މި ސަރުކާރުން ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އަޔަސް ރައްޔިތުންނަށް މި ސަރުކާރުން ދީފައިވާ ގޯތިތައް ނުނަގާނެ ކަމަށް ބުނަމުންދިޔަނަމަވެސް އެ ވާހަކަތައް ޤަބޫލުކުރަން ދަތިކަމަށެވެ.

"ކިހިނެއްތޯ އެކަން ގަބޫލުކުރާނީ. ޝާހިދު ވިދާޅުވިހެން ގުޅީފަޅުން ކުރީ ސަރުކާރުން ފްލެޓްތަކަށް ފައިސާ ދައްކާ ނިންމާފައި ވަނިކޮށް އެތަނަށް ފުލުހުން އަރުވާފަ މީހުން ބޭރުކޮށްލީ." ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ގުޅީފަޅުން ފްލެޓް ގަތްމީހުން ފްލެޓަށް ފައިސާ ދައްކާ ނިމިފައި ހުއްޓާ އެތަނުން އެމީހުން ބޭރުކޮށްފައިވާއިރު އެފަރާތްތަކަށް އެ ފައިސާ އަނބުރާދީފައި ނުވާ ކަމަށާއި އެފަރާތްތައް ވަންނާނެ ތަނެއްވެސް އޭރު ދައްކާފައިނުވާކަން ރައީސް ފާހަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

ސޯސަން މަގުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ނުކުރެވުނީ ވަރަށް ގިނަ ކަންތައްތައް ދޫކޮށްލެވުމުން ކަމަށެވެ. އެހެންކަމުން ދެވަނަ ބުރަށް ތައްޔާރީތައް ވަމުން އަންނައިރު އެކަންތައްތައް ރަނގަޅަށް ބަލައި އެކަންތައްތައް މިހާރު ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ހެދުނު މިސްޓޭކްތަކުން ފިލާވަޅެއް ލިބިގަނެ ހެނދުނު ހެނދުނާ ނުކުމެ ވޯޓުފޮށިތައް ވޯޓުއަޅައި ފުރާލަން ރައީސް ވަނީ އެދިވަޑައިގެންފައެވެ. އޭރުން ބޭނުންވާ ނަތީޖާ ހާސިލްވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޝާހިދު

    ޓޫ ލޭޓް ޑިސައިޑެޑް

  2. އަލި

    ކީއްވެ 5 އަހަރުގަ ނުވީ ދެން ވެސް ނުވާނެ ހޯހޯ ކަމެއް ހޯހޯ ކަމެއް
    ރައްޔިތުންނޭ އިތުބާރު ނުކުރޭ ސޭ ނޯ ޓު އިބޫ

  3. ޟމމ

    ކަލޭ ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުން ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވެއްޖެއޭ ކިޔާ ފިތުނަ އުފައްދަނީ ރައްޔިތުން އޮޅުވާލަން ކަމަށްވިޔަސް ނޮއޮޅޮވޭނެ، ތިޔަބުނާ ފްލެޓްތަކުގެ މައްސަލައަކީ ކޮންޓެކްޓަރުންގެ ޒިންމާ ނޫންތޯ؟؟ ކުރީސަރުކާރުގައި ކިރިޔާ ބިންގާއެޅުނުތަނާ ސަރުކާރު ބަދަލުވެ މިސަރުކާރު އައިސްފި ވީމާ ތިޔަމައްސަލައަކީ ސަރުކާރެއްގެ ބޮލުގައި އެޅެންޖެހޭ ޒިންމާއެއްނަމަ އެޅެންޖެހނީ މިސަރުކާރު ބޮލުގައެވެ. ކުރީސަރުކާރާއި ބެހޭކަމެއްނޫނެވެ، ތިފޮލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ދޭނަމޭ ރައީސު ތިވިދާލުވަނީ ރައީސުގެ އަމިއްލަޖީބުންތޯ؟؟ދައުލަތުގެ ބެތިލްމާލުންނަމަ ވަކި ރައްޔިތުންނަކަށް ތިޔަގޮތަށް ނުދެވޭނެ!! ވޯޓުގެ ދަހިވެތިކަމުގައި ނިކަމެތި ރައްޔިތުންންގެ ލޭ ފެލާލަނީ،

  4. ޯޮޮޮކކކކކ

    ތިފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ދޭނަމޭ ރައީސު ތިވިދާލުވަނީ ރައީސުގެ އަމިއްލަޖީބުންތޯ؟؟ދައުލަތުގެ ބެއިތިލްމާލުންނަމަ ވަކި ރައްޔިތުންނަކަށް ތިޔަގޮތަށް ނުދެވޭނެ!! ޢެމައްސަލަ ޒިންމާވާ ބައެއްގެކަމެއް އެ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްދިނުމަކީ، ވޯޓުގެ ދަހިވެތިކަމުގައި ނިކަމެތި ރައްޔިތުންންގެ ލޭ ފެލާލަމުންދާއިރު ކޮބައިތަ އެންޓިކޮރަޕްޝަން ކޮމިޝަން؟؟ނިކަމެތި ރައްޔިތުން ބަނޑުހައިހޫނުގައި ކަރަންޓް ފެންބިލު ނުދެއްކިފައިވާއިރު ރައްޔިތުންގެ ޓެކްސްފައިސާއިން ރައީސުމީހާގެ އަޢުވާނުންނަށް ބަދަލުގެ ނަމުގައި ބިލިއަނުން ބިލިއަނުން ދެނީ އަދި އެ އައުވާނުން ދައުލަތަށް ދައްކަންޖެހޭ ބިލިއަން ބިލިއަން ޖުރިމައިނާ މައާފު ކުރަމުންދަނީ، މިހުރިހާ ކޮރަޕްޝަން ޖަރީމާތައް ގައުމުގެ ރައީސު ހިންގަމުންދާއިރު އެންޓިކޮރަޕްޝަން ކޮމިޝަން ނިދާފަތޯ އޮންނަންޖެހެނީ؟؟ތި ޚާއިނު އިބޫއަށް ރައްޔިތުން ވޯޓުނުދޭނެ.

  5. ޖުން

    ބަޔަކު ނޫޅޭ ކަލެޔަށް އިތުރު ދައުރެއް ދޭކަށް.

  6. ޙިންނަބެ

    ނުފޯއްދޭ ރުކެއްގެ އެތެއް ހޯދަން އުޅުމެކޭ ތިޔާ މީހާ ދީފާހުރި ގޯތިތައް ހޯދުމެކޭ އެއްފަދަ ކަންޑުންނާއި ފަޅުން

  7. ކަމަނަ

    ޖަލައްވެއްދީމަތޯ އަނިޔާވެރިޔަކަށް ރ ޔާމީންވީ ބަލަ 7000 އެތައް އާއިލާއަކަށް ރ އިބްރާހީމް ދިން އަނިޔާ ހަދާން ނެތުނީތަ އަދި ނުވިތާކަށް މަސްވެރިންނަށް ތިތަދޭ އަނިތާ ނިކަން ދެކިބަލަ އަދި ޖަލުތޭރިތަކުގައި ތިބި ވަގުން ދޫކުރުމުން ނިކަނެތިންގެ ތަކެތި ވަގައްގެންދިޔުން އަނިޔާއަޖަށް ނުފުދޭތަ

  8. ޙާމަ

    މިހާރު ދެން ތިކަންތައް ކޮއްދޭން މާލަސްވެއްޖެ ނުންތޯ..5 އަހަރު ނިމިގެން ދިޔައިރުވެސް ތިކަންތަކައް ހައްލެއް ނުގެނެސް ދެވުނު...ރައްޔިތުންގެ ހުރި މައްސަލަތަކައް އަޅާލާނެ ވަގުތެއް މަނިކުފާނުގެ ސަރުކާރަކައް ނުދެވުނު ... ދެން އިތުރު 5 އަހަރު ދެވޭކައްނެތް..

  9. ހަސަން ކުރުސީ

    ހޮޅިވާހަކަނުދައްކާ. މިހާދުވަސްވީއިރު ކަލޭމެނަށް ތިކަންކަންނުފެނި އިންތިހާބަށް ދެދުވަހަށްވީމަތިފެނުނީ އަމިއްލަބޭނުމަކު.

  10. Anonymous

    ސޯލިހަކައް މަގޭ ވޯޓެއް ނުދޭނަން.

  11. ނޮނޮނޮ

    ރައީސް އިބޫ ދައްކާ ވާހަކަ އެއީ ކަނޑުގައި އަޅާލާ ރޮނގުދޯ އިބޫ ބުނި ބްރިޖް ނިމޭނެއޭ މިއަހަރު ނުނިމުނުތާ ޖެހުނު ތަނބެއް ވެސް ނެތް ހަމަ އެގޮތޭވާނީ ތިޔާ ގޯތި ތަކަށް ވެސް ގޯތި ތައް ވެސް ދޭން ގިރާވަރު ފަޅު ނުވެސް ހިއްކޭނެ ނޮވެމްބަރުގައި ގޯތި ދެވޭނީ މިހާރު ހިއްކަން ފަށައިގެންދޯ އަދި އެއް ނުފަށާ ދެން ހިއްކަން 3 އަހަރު ތޮށިލާން 2 އަހަރު އިބޫގެ ސަރުކާރުން ނަގާނެއޭ ހެޔޮނުވާނެ މިސަރުކާރުން ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ ހެޔޮނުވާނެ ހެޔޮނުވާނެ ދަރިންނޭ

  12. Anonymous

    2018 ގައި ހުޅުމާލެއިން ގޯތި ދޫކުރެވުނީސް ޔާމީނަށްވެސް ބިން އޮތީ ހަމަ މިހާރުވެސް އޮތްގޮތަށް އެމްޑީޕީގެ މި ފަސް އަހަރުގައި ހުޅުމާލެޔަށް ވަކި ރަގަޅު ބަދަލެއް ނާދޭ، އިބޫ ސޯލިހް ވޯޓް ހޯދަން ހުޅުމާލެއިން ދައުލަތުގެ ކުންފުނީގައި ހުރި ބިންތަކެއް ކަރުދާހުން ބަންޑާރަ ކޮށްފަ ބަންޑާރަ ގޯތިޔޭ ކިޔާފަ ދޫކުރުމަކީ ތިމާގެ ބޭވަފާތެރިކަމާއި އަމާނާތް ތެރި ނޫންކަން ދައްކާދޭ ކަމެއް ! ހުޅުމާލެޔަކީ ވަކި ޕުލޭނެ އޮވެގެން ތަރައްޤީ ކުރާ ތަނެއް ސިޔާސީ މީހުން މޮޑޭ ފުއްގަޑަކަށް އެތަން ހެދީ އަންނީގެ ދުވަސްވަރުން ފެށިގެން !

  13. ކުކުޅޭ

    ހަމަޖެއްސިޔަސް ވޯޓެއް ޗޯރަކަށް ނުދޭނަން ހަމަޖައްސައިދޭތީ ފަށްފަށުން ޝުކުރުކުރަން ބޭކާރުކަމެއް ވަގުތުޖެހުނީ..........ދެންދޭ5އަހަރަށް ޖަލަށް.

  14. ނައިމް

    އެއްވެސް އިތުބާރެއް ނުކުރަށް ސޯލިހްއަށް ވިނަރެސް ފުލެޓްތަކުގެ ކުލިވެސް ބުނި މަސް ނިމުމުގެ ކުރިން އަތްފޯރާ ފަށައް ގެނެސްދޭނަމޭ މަސް ނިމުނީ.

  15. 5 އަހަރު

    އަދިވެސއ ޔާމީނު ވެރިކަން ކަލޯ އައއ 5 އަހަރު ދިނީމަ މުޅި ގައުމު ތިޔަ ވިއކާލީ

  16. ހެޔޮނުވާނެއޭ

    ފިލްމީ ތަރިންނާއި ފަންނާނުން ނަށް ޚާއްސަ ކޮށްގެން މަމެން ޕިންކީންގެ ވެރިކަމުގައި ހުޅުމާލޭގައި އެސްޓީއޯ އިން އަޅަން ފަށާފައިވާ ހޮޓާ އެއްކޮށް ނަގާ އެތަނާއި އެގޯތި ފަންނާނުންނަށް ދޭނަމޭ އަދި އެތަނަކީ ފަންނާނުންގެ ސްޓޫޑިއޫ އަކަށް ހަދާ އެއީ ރާއްޖޭގެ ހޮލީވުޑް އަށް ބަދަލުކޮށްދޭނަމޭ މިކަންކަން ކުެރެވޭނީ ހުޅުމާލެ އިންޑިއާ އަތްދަށުން މިނިވަންކޮށްގެންނޭ އެކަން މިކުރަނީ މަމެން ޕިންކީންނޭ ހުރިހާ ފަންނާނުން މިނިވަން ކަމުގެ ޖިހާދުގައި ބައިވެރިވާށޭ ހެޔޮނުވާނެއޭ