ވެރިކަމަށް ވަޑައިގެން ވީ އެންމެ އަވަހަކަށް ސްވިމިން ސްޓޭޑިއަމްއެއް މާލޭގައި ގާއިމްކޮށްދެއްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް އެޅުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މި ސަރުކާރުގެ ފަސް އަހަރު ނިމެން ކައިރިވެފައިވާ އިރު ވެސް އެކަން ފުރިހަމަކޮށްފައެއް ނުވެއެވެ.

ސަލްޓަން ޕާކްގައި މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއް ވާނީ އިހްލާސްތެރިކަމާއެކު ކަންތައް ކޮށްދޭ ސަރުކާރަކަށް ކަމަށެވެ.

ފެތުމަކީ ވަރަށް ގިނަ ކުދިން ޝައުގުވެރިކަން އޮންނަ ކުޅިވަރެއް ކަމަށާއި ވަރަށް ގިނަ މެޑަލްތައް ވެސް ހޯދޭނެ މިހާރަށްވުރެ ބޮޑަށް ކުރިއަރައިގެން ދާނެ ފުރުސަތު އޮތް ކުޅިވަރެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ވަގުތު ފޮޓޯ: އަހުމަދު އިޒްމީމް

ނަވަމެސް އަދިވެސް ސްވިމިން ކުދިން ބޭނުންކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބިނާ ކުރެއްވި ޓްރެކް ކަމަށާއި މި ސަރުކާރުން އަބަދުވެސް ދައްކަނީ ބޮޑު ސުވިމިން ސްޓޭޑިއަމް ހަދާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް ބިމެއް ވެސް ކަނޑައެޅި ކަމަށާއި ނަމަވެސް މަޝްރޫއު ފެށިފައިނުވާ ކަމަށް ވިދާޅުވިއެވެ.

" މި ސަރުކާރުގެ ކަންތައް އޮންނަނީ އެހެން. މިސާލަކަށް ބްރިޖްގެ މަޝްރޫއު ވެސް އެ އޮތީއެއް ނޫންތޯ. 700 މިލިއަން ޑޮލަރުގެ މަޝްރޫއެއް، މިހާރު ހަރަދުކޮށްދި 190 މިލިއަން ޑޮލަރު އެކަމު އަދި ނުފެނެ ބްރިޖެއް. ޔާމީންގެ ވެރިކަމުގައި އެޅި ބްރިޖަށް ހަރަދުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ގުޅުވަން 190 މިލިއަން ޑޮލަރު. އެވަރު ކަމެއް ކުރަން އެ ވަރު ހަރަދަކުން ނުވެސް ވާނެ އަސްލު. އެކަމު އެ އޮތީ ކޮށްފަ. އެއަށްވުރެ މާ ފަސޭހަކޮށް ޖިއޮލޮޖިކަލް ފީޗާސް ހުންނާނީ މާލެއާއި ވިލިގިއްޔާ ދޭތެރޭގައި. އެކަމު 190 ހަރަދުކޮށްފި. ފެންނާކަށް ނެތް އެކައްޗެއް ވެސް." މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން އެގޮތަށް ކަންތައް ކުރާއިރު ސްވިމިން ޕޫލެއް ނޭޅިދާނެ ކަމަށާއި ނަމަވެސް އޭނާގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ވަގުތު ފޮޓޯ: އަހުމަދު އިޒްމީމް

ފުޓްބޯޅައިގެ ފޯރި ގެނެސް މުއިއްޒު އަމާޒު ވޯލްޑް ކަޕަށް

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ގައުމަށް އެ ރީތިނަން އަލުން ގެނެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ. އަދި ފުޓްބޯޅަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވޭ ކުޅިވަރަކަށް ހައްދަވާނެ ކަމަށެވެ.

"މިހާރު ވާގޮތަކީ ކޮންމެވެސް ވަރަކަށް ކުރިއަރައި ތައްޓެއް ލިބުނީމަ އަނެއްކާ ވެސް އަޑިއަށް. ދެން އަނެއްކާވެސް މައްޗަށް އަރާފައި ތައްޓެއް ލިބުނީމަ އަޑިއަށް. މިއެއް ނޫން އެކަން ވާންޖެހޭގެ ގޮތަކީ." މުއިއްޒު ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ވަގުތު ފޮޓޯ: އަހުމަދު އިޒްމީމް

ފުޓްބޯޅައަށް ބައިވަރު އެކަޑަމީތަކެއް ހެދޭ ކަމަށާއި އެތަނަށް ދޭންޖެހޭ ސަޕޯޓްދީ ކުދިންގެ ޓެލެންޓް އިތުރަށް ވަރުގަދަކޮށް ކުރިއަށް ދެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގައި ވަރުގަދަ ޓީމްތަކެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އޭގެ ސަބަބުން ކުރީގައި ލިބުނު ރީތި ނަން ލިބި، ރަނގަޅު ފްލޭނެއް ހަދައިގެން ވޯލްޑް ކަޕާއި ހަމައަށް ދެވޭނެ ގޮތަކަށް ކަންތައްތައް ރާވާ އެކަން ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜޯނުއެދުރު

    ޥެރިކަމަށް އަންނަ އެންމެން ތަރަށްގީ ކުރަނީ ކުޑަ މާލެ، ވޯޓުވހޯދަން ދުވަނީ ރާއްޖެތެރެ އަށް، މުޅި ގައުމުގެ އާބާދީ މާލެ އަރާ، ތޮތްޖެހި ހީވަނީ އިންޑިޔާ ލަންކާ ހިސާބުގެ ދަތުރު ކުރާ ބަހެއްހެން ،، އެހާ މުޑުދާރު މާލެ، ، މާލެގަ އިންސާނުން އުޅެންޖެހެނީ ތޮތްޖެހިގެން،، މީގެ ސަބަބުން އިންސާނުން ނަށް ބަލިޖެހި ދިރިއުޅުން ވަނީ މޫސީބާތަކަށް ވެފަ، ކަމެއް ކުރަންނާ ޖެހެނީ ތޮތްޖެހުން ކުޑަކުރަން، މިކަންކުރަން ޖެހެނީ އެހެން އަތޮޅު ތަށް ވެސް މާލެ ގެ ލެވެލް އަށް ތަރަށްގީ ކުރަން،،، ރާއްޖެތެރޭ މީހުން ނަކީ ވޯޓުދޭން ތިބި ބައެއް ނޫން އެމީހުން ނަށްވެސް ހަށްގުތަކެއްވޭ، އެމީހުންގެ ވޯޓު ދެނީ ބަދަލަކަށް ، އެކަމުން 5އަހަރުން މީހާބަދަލުވިޔަސް ކޮންސުޓިއުޝަން ބަދަލެއް ނުވޭ!!! ޜައިޔިތުންގެ ނިންމުން ގުޑުލަކު ބުރޯ

  2. ޒުވާނުން

    ދެން މަނިކުފާނު ވައުދުވި މިއުޒިކާ ލަވަ ތަރައްގީ ކޮއް ޒުވާނުން މިއުޒިކަށް އަހުލުވެރި ކުރުމަށް ހަދާދެއްވާނެ ކަމަށް ވައުދުވި ސެންޓަރު ވެރިކަމުގެ ކިހާހިސާބަކު އަޅާދެއްވާނަންތޯ މިއަދު ޒުވާނުން މިތިބީ މާޔޫސްވެފަ.

    3
    1
  3. އަހަންމަދު

    މާލޭގެ ހުޅަނގު ފަރާތު މީހުން މޫދު އެރެން ހެދީ ގުއި ފެންގަނޑެއް. އެތަން ވެސް މުއިއްޒު ވެފަ އޮތީ. ދެކުނު ފަރާތުން ކަނޑާލި ނެރުމައްޗަށް ބަންޑުން ޖަހާލާ ގެއްލުން ލިބުނު އުޅަނދު ތަކާއި މުދަލާއި މީހުން އަދި އެހަނދާން ނުނެތޭ. އެކަން ވެސް އޮތީ މުއިއްޒު ވެފަ.

    3
    3
  4. Anonymous

    ވީ އެންމެ އަވަހަކަށް ރައީސް ޔާމީން މިނިވަން ކުރަންށޭވީ. މުއިއްޒަށް ވޯޓް ދިނީ އެހެންވެޔޭ

  5. ސަރީ

    ވޯލްޑްކަޕަށް ދާ ޓީމުގަ މަގޭ ނަންޖަހާލައްޗެ.