މާދަމާ އޮންނަ ރިޔާސީ އިންތިބާގެ ދެވަނަ ބުރުގައި އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓުލުމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްް އިލްތިމާސްކުރައްވައިފިއެވެ.

ނާޒިމް ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ މާދަމައަކީ ރައްޔިތުން ރާއްޖޭގެ މުސްތަގްބަލު ކަނޑައަޅުއްވާ ދުވަސް ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ހޮއްވަވާއިރު، އެންމެންގެ އިސްވާޖިބަކަށް ވާންވާނީ، ދިވެހި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމުގެ ވިސްނުން ކުރިއަށް ނެރެ، ރާއްޖެ ދިވެހިންގެ އަތްމަތީގައި ބޭއްވޭނޭ ވިސްނުން އިސްކުރެއްވުން ކަމަށް ވިދާޅުވިއެވެ.

މާދަމާގެ ވޯޓަށް ނިކުންނައިރު، ރާއްޖެ މިއޮތީ އަމިއްލަވަންތަކަން ނެތިގޮސް މިނިވަންކަން ގެއްލޭ ހިސާބުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. ދަރަނި ބޮޑުވެގެން ގޮސް، ދަރަނި ނުދެއްކޭ ހިސާބުގައި ކަމަށްވެސް ވިދާޅުވިއެވެ. އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލުގައި ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް އެޅިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ނުކުރެވިއްޖެނަމަ، މުސްތަގްބަލު ވިއްކާލައިގެން މެނުވީ ސަލާމަތް ނުކުރެވޭނޭ ވަރަށް ރާއްޖެ ނިކަމެތިވެފައިވާ ކަމަށެވެ.

މޮޅާއި ދެރައިގެ ތަފާތުކުރުންތައް އިންތިހާއަށްގޮސް، ގައުމުގެ މާލީ ހާލަތަށްނޭދެވޭ އަސަރުކުރަން ފަށާފައި. މާދަމާގެ ދަރިންގެމުދާ ނުއަގުގައި ވިއްކަމުންގޮސް، ރަށްތަކާއި ފަޅުތަކުގެ ސްޓޮކް ހުސްވާންފަށާފައި. ހަމަހަމަކަން ގެއްލި، އިޖްތިމާއީ އަދާލަތު ގެއްލިފައި. ގާނޫނާއި ގަވާއިދު ނުހިނގާތާނގައި، އެތައް މަސައްކަތަކުން ހުކުމްކުރެވޭ މީހުން ސިޔާސީ ބޭނުންތަކަށްޓަކައި ދޫކުރުން އާދައަކަށް ހަދާފައި. ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންގެ އިއްފަތް ފޭރިގަތުން ފަދަ މުޑުދާރު އަމަލުތަކަކީ މައްސަލައަކަށްނުވެ، މުޖްރިމުންނަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އިންސާފު ލިބޭނޭ ގޮތެއް މިއަދު ނެތިފައިވާ ކަމަށާއި، ގާނޫނުއަސާސީގެ ބާރުކަނޑުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، މާދަމާގެ ވޯޓަށް ހުރިހާ ބޭފުޅުން ނިކުމެވަޑައިގެން، ގައުމު އިސްކުރެއްވުމަށް ނާޒިމް އިލްތިމާސްކުރެއްވިއެވެ. އަދު އަމިއްލަ ޒާތީ މައްސަލައެއް އޮތްނަމަވެސް ގައުމުގެ ހައްގު އިސްކުރައްވައި ޑރ. މުއިއްޒަށް ވޯޓުދެއްވުމަށް އެދިލެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އއއ

    މިގައުމުގެ އޮޑިމަރާމާތު ކުރަން ކުރުމައްޓަކާ އެހެލަންޖެހިފަ މިވަނީ...... މިއަރާދިޔަ ހިއްކުމުގެ ގާބިލުކަމެއް ބާވެފަތިބި ޕަމްޕުތަކާ ބާލިދީއާ ދިޔަހިއްކާ ފައިތަކުގަނެތް !!!! މާނައަކީ ހައްގުނޫން ފައިސާ މުސާރައިގެ ނަމުގަ ތިގެންދާ ފައިސާއާ ރައްތަކާ ފަޅުތައް ވިއްކުމުގަ ތިކުރާ ވައްކަން ނުހުއްޓުވި މިގައުމު ފެންމަތީގަ ނޯންނާނޭ. މިތާގަ މިގައުމައް އުފަންވެ ޖީސީ ނިއްމާފަ ނުކުންނަ ކުއްޖާއައް އެއްވެސް ފުރުސަތެއްނެތޭ !!!!!!! މިގައުމުމިވަނީ އޭސިޔާގެ ބަނޑައްޖެހިފަ ތިބި ބަޔަކާ ކޮންކުރީޓާ ދޭއްޗައް ދޫކޮއްލެވިފަ .

  2. ބައިވެރިވާށޭ

    ރައީސް ގެ ކެމްޕެއިން ނިންމާ ހިނގާލުމަށް ވުރެން މުހިއްމޭ މިރާއްޖޭގެ މިނިވަން ކަން އަލުން އަނބުރާ ހޯދުން ރާއްޖެ މިއޮތީ އެމެރިކާގެ ޕްރޮކްސީ އެއްގެ ރޯލް ކުޅޭ އިންޑިއާ ގެ އިސްތިއުމާރު ދަށަށް ރީއްޗަށް އެމްޑީޕީގެ ދެވެރިކަމުގައި ގެންގޮސް ރާއްޖޭގެ މިނިވަން ކަން ގެއްލުވާލާފައޭ މިމިނިވަން ކަން އަލުން އަނބުރާ ދިވެހިންނަށް ހޯދާ ދިނުމުގެ މަތިވެެރި ޖިހާދު މިކުރަނީ އެއީ މަމެން ޕިންކީންނޭ ކެންޑިޑޭޓް ނަމްބަރު 4 މިޖިހާދުގައި ކުދިބޮޑު އެންމެހާ ރައްޔިތުން މިއަދު މިޖިހާދުގައި ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

    6
    1
  3. ބައިވެރިވާށޭ

    މުއިއްޒު ޒިންދާބާދު އުތުރުތިލަފުށި އިންޑިއާ އަތުން މިނިވަންކުރޭ މިކަން ކުރަނީ އެއީ ޕީޕީއެމް ގެ ކެންޑިޑޭޓް މުއިއްޒު އޭ ރާއްޖޭގެ މިނިވަން ކަން އަލުން އަނބުރާ ހޯދާ ދޭ ޖިހާދު ކުރަނީ އެއީ މަމެން ޕިންކީންނޭ ދަރިންނޭ ގައުމު ތަރައްގީ ކުރެވޭނީ ގައުމުގެ މިނިވަން ކަން އޮވެގެންނޭ މިނިވަން ކަން ނެތް ނަމަ ފަލަސްތީނަށްވީގޮތޭ ވާނީ މިކަން ދަނެގެން މަމެން ޕިންކީން މިކުރާ ގައުމީ ޖިހާދުގައި ކުދި ބޮޑު އެންމެހާ ދިވެހި ރައްޔިތުން ބައިވެރިވާށޭ ހެޔޮނުވާނެއޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ ބައިވެރިވާށޭ

    7
    1
  4. ނޫނޭ ނުލަފާ

    މީ ނާޒިމްމެންގެ ރަނގަޅު ތަންކޮޅަކީ. ބައިއަތު ހިފައިފިއްޔާ ތިބެންވާނީ މިހެން ގަދަކޮށް. އެމްޑީއޭ ހަދާހެން ބައިއަތު ހިފައިފީމޭ ބުންޏަކަސް ނުފުދޭނެ. ޑރ. މުއިއްޒުއަށް ބައިއަތު ހިފައިގެންނޯ އެމީހުން ތިބީ. އެކަމަކު އެއިން މީހަކު މުއިއްޒުގެ ކެމްޕޭނުގައި ފެންނަނީކީ ނޫން. އެކަމަކު ޗޯރޭގެ ކެޕްމޭންގައި އެބަފެނޭ. މީ ކިހިނެތްވާ ކަމެއްބާ؟؟؟؟

    9
    2
  5. ސަފަރު ކައްދަގެ ތިއްތިބެ

    ސިޔާސީ ގޮތުން އުރައްޕެއްނެތް ކަން ރައްޔިތުން ސާބިތުކޮށް ދިނީމަ، ކޮން އަނގައެއް ތި...ވަނީ؟ ކަލޯ ބުނާކަންނުޖެހޭ މުއިއްޒުއަށް ވޯޓްދޭކަން. މުއިއްޒުއަށް މަމެން ވޯޓްދޭނީކީ ކަލޭބުނެގެންނޫން..ސާފުވެއްޖެ؟

    2
    4
  6. ގައްދާރުންނޭ

    ފޮރިންގް މިނިސްޓަރު ޝާހިދު ދައްކާ ވާހަކަ މިއުޑު ދަށުގައި ތިބޭ ބަޔަކު އަޑުއަހަން ހެޔޮނުވާނެއޭ އޭނާ އޭ ޖީއެމްއާރު އަތުން 100 މިލިއަން ޑޮލަރުގެ ކަޓެއް ނެގީ އޭނާ ޑީއާރުޕީ ގައި ހުރިއިރު އިންޑިއާ ހެލި ކޮޕްޓަރު ގަނޑު އަދި ޑޯނިއަރ ގަނޑު ހިފައިގެން އިންޑިއާ ސިފައިން ޖެހޭނީ ފައިބާން މިގައުމުން އަދި މަމެން ޕިންކީން ވެރިކަމަށް އައިސް އުތުރު ތިލަފުށި އެއްކޮށް މީހުން ދިރިއުޅޭ ރަށަކަށް ބަދަލު ކޮށް ހަދާ އެތަނުން ވެސް އިންޑިއާ ސިފައިން ނާއި ބަރުހަތިޔާރު ނަގާ ކަނޑަށް އަޅާލާނަމޭ މަމެން މާލޭ މީހުންނޭ މިފަހަރު އުތުރު ތިލަފުއްޓަށް އަރާނީ ތަމެން ތިބޭތި ވަގު ފޮރިނޭ އިންޑިއާ އަތުން ކަޓް ކާލައިގެން ތަމެން ވެސް ގަޅާލާނީ ޖަލަށޭ އެވަރަށް ތަމެން ތިޔާ ވަނީ ގައުމަށް ގައްދާރުވެފައޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ ގައްދާރުންނޭ