ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އަޑުގަދަކުރާއިން ގޮވި މީހެއްގެ ވާހަކަތައް ބަދަލުވެފައިވާތީ އެކަމާ ހައިރާންވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އޭނާގެ ރަނިންމޭޓަކަށް ކަނޑައެޅުއްވި އަހުމަދު ސަލީމް (މާޒް ސަލީމް) އަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާކަން ހާމަކުރެއްވި މާޒް ސަލީމް ވިދާޅުވީ ރައީސް ސޯލިހުގެ ޓީމާއެކު ފެނިގެންދިޔުމުގެ މައިގަނޑު އެއް ސަބަބަކީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވަން މަޖުބޫރުވެގެން ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓުން މެދުގައި ކުރިޔަށް ދާ ސަންގު ބަހުސްގައި އުމަރު ނަސީރު ވާހަކަ ދައްކަވަނީ-ވަގުތު އިމޭޖްސް:ނަހްޒާން އަހްމަދު

މާޒް ވިދާޅުވީ ރާއްޖޭގައި މިހާރުއޮތް ވެރިކަން ނުރައްކަލުގެ ތެރެއަށް ހުށަހެޅެމުން އަންނާތީ އެކަމާ ދެކޮޅަށް ނުކުތީ ކަމަށެވެ. ރައްޔިތުން އެފަދަ ނުރައްކަލަކަށް ހުށަހެޅިގެންދާއިރު އެވާހަކަތައް ރައްޔިތުންނަށް އަންގައިދިނުމަކީ އޭނަގެ ވާޖިބެއް ކަމަށް މާޒް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އުމަރު އާންމުކުރެއްވި ވީޑިއޯ ކޮޅެއްގައި ވިދާޅުވީ މާޒް ސަލީމް އެމްޑީޕީގެ ޕޯޑިއަމްއިން ފެނިގެންދިޔަ ދިއުމަކީ އޭނާއަށް ވަރަށް ހައިރާން ކަމެއް ލިބުނު ކަމެއް ކަމަށެވެ. ހައިރާންކަން ލިބުނީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ދޭހަވާ ގޮތަށް ސަލީމް ވާހަކަދެއްކުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ސަލީމަކީ އަޅުގަނޑާއެކު މަގުމަތީގައި ޕިކަޕްތަކަށް އަރައިގެން އަޑުގަދަކުރާއިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވަމުން ދިޔަ މީހެއް. މިއަދު އެހެން ޕޯޑިއަމްއަކަށް އަރައި އެހެން ގޮތަކަށް ވާހަކަދެއްކީމަ މުޅިން ހައިރާންވެއްޖެ." އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެއީ އެންމެން ދަންނަކަމެއް ކަމަށާއި އެއީ ހަގީގަތެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެމީހުން ރާއްޖެއިން ބާލަން ޖެހޭނެ ކަމަށާއި ރާއްޖެއިން ސިފައިން ބޭލުމުގެ މަސައްކަތަކީ އޭނާ ފެށި މަސައްކަތެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އިދިކޮޅު ވެރިކަމުގެ ނިޒާމުގެ ތެރެއަށް ގޭންގްތައް ފައި ހިއްޕާލާނެ - މާޒް ސަލީމް

"އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި ދެމިހުންނާނަން. ތިބޭފުޅުން ވެސް އެ މަސައްކަތުގައި ދެމި ތިއްބަވާތި. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް. އެ ނުރައްކަލުން ދިވެހި ރާއްޖެ ސަލާމަތްކުރަން ޖެހޭ. އެ މަސައްކަތުގައި ތިބޭފުޅުން ތިއްބަވާތި. އެ މަސައްކަތުގައި އަޅުގަނޑާއެކު ބައިވެރިވެލައްވަވާތި." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާއާއެކު މަސައްކަތްކުރި މީހަކު ކޮޅު ބަދަލުކޮށްގެން އެހެން ފަރާތަކަށްދާ ދިއުން އެއީ އޭނާ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އެ މީހަކު އަމިއްލައަށް ޒިންމާވާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ގައުމީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އަޒުމަކަށް ގުޑުމެއް ނާރާނެ ކަމަށާއި ރާއްޖޭއިން އިންޑިއާ ސިފައިން ބާލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޔާޔާ

    އުމަރުކަހަލަ ނުގުޑާ އަޒުމުގެ ވެރިން މުއިއްޒުގެ ސަރުކާރަށް ބޭނުންވަނީ. ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ގުޅުން ކިހިނެއްވާނެތޯ؟

    58
    6
    • ހިމް

      މުއިއްޒު ކަހަލަ ކޮރަޕްޓު މީހަކާ ނުގުޅި އުމަރު އަމިއްލައަށް ރައްޔިތުންގެ މަސްލަހަތުގައި އަޑުއުފުލުން ބުއްދިވެރީ.

      10
      24
      • ބިޑިކާ

        މާޒު ގޭންގުލީޑަރެއް ފައިސާދޭފަރާތަކަށް ދާނެ އެހުރީ އެފަރާތުގަ ގޭންގު ލީޑަރަށް ލިބޭނެ އެންމެގިނަ ފައިސާ މިފަހަރު ޗޯރުބޭ މާޒަށް އަރުވާނެ.

  2. ހަސަންކުރުސި

    ދެންފަހަރަކުން އެކަމޭގެ ބާކީކުރަންވާނެ. އޭރުންއަހަރެން އުމަރަށް ވޯޓުދޭނަން.

    37
    2
  3. ހާމިދު

    އަދިވެސ އުމަރުު ކެމްޕޭނ ގުރޫޕ ގަާ ހެޔ އެއްޗެއް ލިޔ އިރަށ ބޭރ ކޮއްލާާ

    6
    2
  4. ޏަމް

    މާޒުސަލީމަކީ ރަތްލާޖެހި ގޭންގުސުޓާރެއް ފައިސާހޯދުމަށް ޗޯރާއިގުޅުނީ މީނަވަނީ އަލަމްގިރި ކުޅިކުޅުނު މީހުންނަށް ފައިސާދީފަ އެކަންކުރިއަރުވަން މިއަދު މިފެނުނީ އެމަންޒަރު.

  5. ޝުކުރިޔާ

    ނުސީދާކޮއްނަމަވެސް ޑރ މުޢިއްޒައް ތާއީދުކުރެއްވީތީ ޢުމަރައް ޝުކުރު ދަންނަވަން ތިޔައީ ވަތަންދެކެ ލޯބިވާ ވަތަނީ ބޭފުޅުން

  6. ަޛަގު

    ޢަހަރެން މީސަލީމުގެ އާއިލީ މީހެއް. ސަލީމު ގުޅާފައި ބުނީ ތިމަނަނައަށް 3 މިލިއަން ރުފިޔާ އިބޫ ދޭން ބުނެފިއޭ. އިބޫއަށް ތާއީދުކޮށް ޕޯދިއަމްގައި އެކަން ހާމަކޮށްދޭށޭ.

  7. ސީޓްބެލްޓް

    ރައީސް އިބޫ ވެސް އަދި ފޮރިނޭ ޝާހިދު ވެސް ހީކޮށްގެން ނުވާނެ އިންޑިއާ ސިފަައިން މިގައުމުގައި ބައިތިއްބައިގެން މަކަރާއި ހީލަތުން މަމެންނަށް އޮޅުވާލެވޭނެ ކަމަށް އެކަން ޖެހޭނީ ހަނދާން ނައްތާލަން އަދި މިއަންނަނީ ނޫންތޭ އިބޫގެ ވެރިކަން ވެއްޓި މުއިއްޒު މުއިއްޒު ވެސް ޖެހޭނެއޭ ހުވާ ކުރާތާ 24 ގަޑިއިރު ތެރޭ އިންޑިއާ ސިފަިއން މިގައުމުން ބާލާނެ ތާވަލް އިއުލާން ކޮށް އެއާއި އެއްގޮތަށް އެކަން ކުރަން ނުކުރާނަމަ ރައީސް އޮފީސް ވަށާލާނަމޭ މަމެން ޕިންކީން ހީނުކުރާތި ދޫދޭނެ ކަމަށް މަމެން މީ މާޒް ސަލީމް މެން ފަދަ ކަނޑުކޮސް އާލާތުން ނޫން ކަން ދައްކާނަމޭ މިފަަހަރު އެކަން ދަންނާތި މުއިއްޒު ވެސް އެކަން ދަންނާތި އިންޑިއާ ސިފައިން ޖެހޭނީ ބާލަން މަމެން ނުދޭނަމޭ ގިނަ ދުވަސް ތަކެއް މުއިއްޒު އަށް ވެސް މިކަން ދަންމާލަން ނުދޭނަމޭ ރައީސް ޔާމީން ގެއަށް ބަދަލުވާ ތަނުން 24 ގަޑިއިރުގެ މަސައްކަތަކަށް އޮންނާނީ އިންޑިއާ ސިފައިން މިގައުމުން ބާލާ އަދި އިންޑިއާގެ އެފްކޮންސް އަތުން އިންޑަސްޓްރިއަލް ވިލެޖް މިނިވަން ކުރުމޭ އަލްޓިމޭޓް ލައިން ދަމާނަމޭ މަމެން މަމެން މިއަންނަނީ މިއަންނަނީ މިއަންނަނީ މިއަންނަނީއޭ ރައީސް އިބޫ ޓައިޓެން ޔުއަރ ސީޓް ބެލްޓް ޕްލީޒް ވީ ގޮނާ ޓޭކް އޮފް ސީޓް ބެލްޓް އޮން ޕްލީޒް...

  8. ބިޑިކާ

    މާޒު ގޭންގުލީޑަރެއް ފައިސާދޭފަރާތަކަށް ދާނެ އެހުރީ އެފަރާތުގަ ގޭންގު ލީޑަރަށް ލިބޭނެ އެންމެގިނަ ފައިސާ މިފަހަރު ޗޯރުބޭ މާޒަށް އަރުވާނެ.

  9. ހޯސްފޯސް

    ޒިންމާވުން ޒިންމާނުވުމެއް ނޫނޭ މައްސަލައަކީ... ސިޔާސީ ހަރުދަނާމީހެއް ނޫންކަން އެނގުނީމަ މައްސަލައަކީ. އެންމެ ގާތުގައި ބެހެއްޓުނު މީހާގެވެސް ފެންވަރު ދެނެގަތުމުގެ ކުޅަދާނަކަމާއި، އެންމެކައިރީގައި ހުރިމީހާވެސް އެންމެ މަހެއް ވަންދެންވެސް ގެންގުޅެން ނޭނގޭކަން މިކަމުން އެނގުނީ. ސިޔާސީ މާލިމީކަމުގައި ވަރަށް ނިކަމެތި.

  10. ޓތތ

    އިންޑިއާ ސިފައިން ނެތްކަން ޔަގީންވީމަ ދޯ!!

  11. އެޑިޓް

    އުމަރަށް ވޯޓް ނުދީފަ ( މިތެޅޭ ގުރޫޕް ތަކަށް ވޯޓް ދިނުމުގެ ނަތީޖާ ފެންނާނެ ވަރަށް ކައިރި މުސތަޤުބަލެއްގަ ) މުޅި ޤައުމު ރޯނެ ފަހުން .. ހަނދާން ކުރާތި .. އަހުރެމް މިބަސް އިއްވި ކަން ދަންނާތި !

  12. ޔަހްޔާ

    އުމަރު ބޭނުން ވީމަ ވެރިކަމަށްވެސް އާދެވޭނަމަ އޭނާ ހުންނާނީ ވެރިކަމުގަ... އެހެންވީމަ އިންޑިޔާ ސިފައިން .. ޗައިނާ ސިފައިން ބާލާނަން މިގޮތަށް ގަދަ ބަސް ބުނީމާ އެއީ ވަރަށް ތާކުން ތާކު ނުޖެހޭ ވަާހަކަ އަކަށް މިވަނީ ...

    އުމަރުބޭނުންވެގެނެއް... ޔާމީނު ބޭނުން ވެގެނެއް.. ނޫނީ އަދުރޭ ބޭނުންވެގެން އިންޑިޔާ ސިފައިންނެއް ނުބޭލޭނެ.