މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަތެއް ނުވާނެ ކަަމަށް "ވަގުތު"ން މާލޭގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއިން ދައްކައިފިއެވެ.

"ވަގުތު"އިން މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު އެއް ގަޑިއިރާއި 45 މިނެޓަށެވެ. މިގޮތުން މި ސާވެ މާލެ ހުޅުމާލޭގެ އިތުރުން ވިލިނގިލީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސާވޭގައި ޖުމްލަ 532 މީހަކު ބައިވެރިވިއިރުު، މީގެ ތެރޭގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ހިމެނޭ 307 މީހަކު ބައިވެރިވިއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ 225 މީހަކު ވަނީ ބައިވެރިވެފައެވެ.

އޭގެ ތެރެއިން 370 މީހުން ނުވަތަ %69.5 މީހުން ބުނަނީ ޑރ. މުއިއްޒަށް ވޯޓު ދޭނެ ކަަމަށެވެ. ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 152 ނުވަތަ %28.6 މީހުންނެވެ. ވޯޓު ނުލާނެ ކަމަށް ބުނެފައި ވަނީ 10 މީހުން ނުވަތަ %1.9 އިންސައްތަ މީހުންނެވެ.

"ވަގުތު" އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިންމުމަށް ފަހު މި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓް ބޮޑު ތަފާތަކުން ޑރ. މުއިއްޒު ކާމިޔާބު ކުރާނެ ކަަމަށް ދައްކާފައި ވެއެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަނަށް ބަދަލުތައް އައުމުގެ ކުރިންނެވެ.

"ވަގުތު" އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓްތަކުން ދެއްކި ނަތީޖާ އާއި އެއްގޮތައް އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ވަނީ ނިކުމެފައެވެ. އަދި ފުރަތަމަ ބުރުގެ ވޯޓް ލުން އޮތް ދުވަހު ކުރިއަށް ގެންދިޔަ އެގްޒިޓް ޕޯލްގައި އެއްވަނަ އާއި ދެވަނަ އަށް ދިޔަ ދެކެންޑިޑޭޓުންނަށް ރަސްމީ އިންތިހާބުގައި ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ވަގުތު އިން 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވާ ބޮޑެތި ހުރިހާ އިންތިހާބުތަކެއްގައި އަންނަނީ ހިޔާލު ހޯދުމުގެ ވޯޓްތައް ނަގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިނީޑްއިޓް

    ރާއްޖެ އަށް ހަމަޖެހުން ގެނެސް ދެވެން އޮތީ އެމްއެމްޕީއާރުސީގެ ކަޅުދަބަސް ގެންދިޔަ މީހުން ނާއި މެދު ޝރީއަތް ކޮށްގެންނޭ މަމެން އެދެނީ މިގައުމުގެ މިނިވަން ކަން އަލިވުމުން ކަޅު ދަބަހޭ މެންނާއި މެދު ޝަރީއަތް ކޮށް އެމްއެެމްޕީއާރުސީގެ ފައިސާ ގަނޑުން ފައިސާ ނަގައިގެން ބިން މިލްކް ކުރެވޭ ގާނޫނަށް ވޯޓް ދިން އިބޫ ކިޔާ މީހަކަށް ވެސް ޝަރުއީ ކޯޓުން އެ ކަޅު ދަބަހޭގެ ޝަރީއަތް ކުރިމަތިވާނެ ކަމަށޭ އައި ނީޑް ޖަސްޓިސް އައި އާސްކް ޔޫ އައި އާސްކް ޔޫ އައި ނީޑް ޖަސްޓިސް އައި ނީޑް އިޓް...

    29
    4
  2. އިންނާނަމޭ

    ރޯން ޖެހޭ ކުދިން ތައް 4 ކޮޅަށް އާދޭ އެއިރުން ހުރިހާ ކަމެއް ބަރާބަރުވާނެއޭ އެމެން ތަމެން ވަރިކޮށްފިނަމަ އަޅާނުލާށޭ މަމެން ތަމެންނަށް ގޯތިދީ އަދި ތަމެން ބަލާ ތަމެންނާއި އިންނަން ޖެހިއްޖެނަމަ އިންނަން ވެސް އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ އިންނާނަމޭ

    15
    2
  3. ކޮއްޔާ

    އިބޫއަށް އަތުނުވާތާ މުޅިރާއްޖެއިން ޑރމުއީޒުގެ ތަފާތު ބޮޑުތަނުން ފެންނާނެ // އިންޝާﷲ ،،،،،

  4. އއއއ

    މިގައުމުގެ ވިހާބޮޑުވާ ދިވެހިދަރިއަށް ވަޒީފާގެ ފުރުސަތު ނެތި އޭސިޔާގެ ކާންނުލިބިފަތިބި މީހުންނައް ވަޒީފާގެ ފުރުސަތު ؟؟؟؟؟؟؟ސިޔާސީމީހުން އޭސިޔާގެ މުއްސަދިންނައްވާގޮތައް ބައްޓަންވެފަ އާއްމުރައްޔިތުން އޭސިޔާގެ ފަގީރުންނައް ވުމައް ދުކޮއްލާފަ އޮތުން ނިމުމަމަކައް ގެންނަންޖެހޭ.!!!!! މިދެޕާޓީގަވެސް މިތިބީ ގައުމައް ޢައްދާރު ޙިޔާނާތްތެރިން.