ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމަލުއްދީން ސްކޫލްގައި ހުރި ޅ. ހިންނަވަރު ދާއިރާގެ މީހުންނަށް ހާއްސަ ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށް ފަހު، ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އެންމެ ބޮޑަށް ބުރަވާނީ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުން. --- ވަގުތު އިމޭޖަސް: އަހުމަދު އިޒްމީމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވަން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި އެކަން ބަދަލުވާ ތަން ފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ލަފާ ކުރައްވާ ގޮތުގައި މިފަހަރު 86 އިންސައްތަ މީހުން ވޯޓު ލާން ނުކުންނާނެއެވެ. އެ އަދަދަށް މީހުން ނުކުމެއްޖެ ނަމަ އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 88 އިންސައްތަ މީހުން ވޯޓު ލާން ނުކުމެއްޖެ ނަމަ، މާ ބޮޑު ނަތީޖާއަކުން މޮޅުވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ކުރީ ފަހަރު ވެސް އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓުލާ މީހުންގެ އަދަދު ދަށަށް ދިއުން. އެކަމަކު އިރާދަކުރެއްވިއްޔާ މިފަހަރު އެ ބަދަލުވަމުން ދާ ތަން ފެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުން. --- ވަގުތު އިމޭޖަސް: އަހުމަދު އިޒްމީމް

އެގޮތުން އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ ގައުމު ދޫކުރައްވއި ވަޑައިގެންފާނެތޯ ނޫސްވެރިއަކު މިއަދު ސުވާލު ކުރެއްވިއެވެ. އެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ރައީސް ޔަގީންކަން ދެއްވީ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ވާނެ ކަމެވެ.

ނަމަވެސް އިންތިހާބުން ދެވަނަ ބުރުގައި ކުރި ހޯއްދަވާނީ ކިހާ އަދަދަކުން ކަމެއް ރައީސް ސޯލިހު ވިދާޅެއް ނުވިއެވެ.

އެކަމަކު އެއް ބަޔަކު ޕީޕީއެމްއާ އަދި އަނެއް ބަޔަކު އެމްޑީޕީއާ ގުޅެމުންދާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުުރުން ކުރި ހޯއްދެވީ މުއިއްޒުއެވެ. އެއީ 46 އިންސައްތަ ވޯޓާއެކުއެވެ. ދެވަނަ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަގީގަތް

    ދެން ހުވާކުރަން ވީނު ވޯޓް ލާނެކަނެއް ނެތް

  2. ތަރުޖަމާ

    ބަލަނ ތިބޭތި! معز އާއި އޮފީސް حوال ކުރައްވާނީ ناءب رءيس!

  3. އަޙުމަދު

    ވޯޓަށް ބަލާއިރު %50 ސައްތަ އަދި އެއްވޯޓު ހަމަކުރަން ފުރަތަމަ ބުރުން ލިބުނު ވޯޓުގެ އިތުރަށް ގާތް ގަޑަކަށް 38500 ވޯޓު ހޯދަން ރައީސް އަށް ޖެހޭ، ސުވާލަކީ އިތުރަށް އެ ޢަދަދަށް ވޯޓު ލބޭނެހޭ، ނޫނީ ބާތިލް ވޯޓު އިތުރު ވާނީހޭ ނޫނީ ވޯޓު ގެ ޓާންއައުޓު ދަށްވާނީހޭ؟ ދިވެހިންގެ ނިންމުން ބަލަމާ ހިގާ!

  4. ނާޒުކީ

    ކުރީގެ ރައީސް ދައްކާވާހަކަ މިހާރު އެހާ މުހިއްމެއްނުވާނެ!

    44
    2
  5. ރެކިފުތާ

    އެއީ ތެދެއް މުއިއްޒު އަށް ކާމިޔާބުވާތަން.

  6. ޢޭނަ

    ﷲ ގެ އިރާދަފުޅުން މިފަހަރު މުޢީޒު

  7. Anonymous

    ވަރަށް ވާދަވެރި އިންތިޚާބެކެވެ. ނަތީޖާ އެނގޭނީ ވޯޓު ގުނައި ނިމުނީމައެވެ. ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ކާމިޔާބީގެ ފުރުޞަތު އެބައޮތެވެ. ހޮޅުއަށިތަކުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ގިނަ ބަޔަކު ތާއީދުކުރަނީ ޑރ. މުޢިއްޒަށެވެ.

  8. ޢަލިފް

    ހަނދާން ނައްޓާލާ

  9. ހެޔޮނުވާނެއޭ

    ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން އެބައޮތޭ ރައީސް އިބޫ އެބުނަނީ އެއީ ޔަގީނޭ ވޯޓް ގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދަނީއޭ އޭނާ ވަނީ ދައުލަތުގެ ޚަޒާނާއިން 200 މިލިއަން ރުފިޔާ ނަގާ އެމްޑީޕީ އެކްޓިވިސްޓުންނަށް ހަވާލު ކޮށްފައި ވޯޓް ގަންނަން މިވަރުގެ ބޮޑެތި ވަގުންނަށް ހެޔޮނުވާނެއޭ ގައުމުގެ ވެރިކަން ދޭން ހެޔޮނުވާނެއޭ ދަރިންނޭ ގައުމުގެ މިނިވަންކަން ވިއްކާލާ އިންޑިއާ ބޭންކް އިން ލޯން ނަގައިގެން އެފައިސާއޭ ބަހަނީ ރައީސް އިބޫ ހެޔޮނުވާނެއޭ ހޮވަން ރާއްޖޭގެ ވެރިކަމަށް އެއީ ގައްދާރެކޭ ރައީސް އިބޫ އެއީ ބަތާހަރާމީ ހަރާމްކޯރެކޭ އޭނާ ހޮވަން ހެޔޮނުވާނެއޭ ރާއްޖޭގެ ވެރިކަމަށް އޭނާ އަށް އެކަކު ވެސް ވޯޓް ނުދޭތި ދީފިނަމަ ރާއްޖެއަށް ވާނީ ފަލަސްތީނަށް ވީގޮތޭ އޭނާ ވަނީ އިންޑިއާ އަށް ރާއްޖޭގެ މިނިވަންކަން ވިއްކާލާފައޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓްނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ ހެޔޮނުވާނެއޭ އޭނާ އަށް ވޯޓް ނުލާތި ދަރިންނޭ

  10. ޟމ

    މިރޭ 22:00 ހާއިރު ތިބޭފުޅާ އޮންނަވާނީ ކީރިތި ކުރައްވަން
    ދެން ވަރަށް ސަލާމް މި ބާބު މާޒީއަށް ގޮސް ނިމިއްޖެ

    3
    1
  11. ދާއޫދް އިބްރާހިމް

    އަނދިރި ނޫން ކޮންމެ މީހަކަށް ވެސް ފެންނާނެ

  12. ނަނަނަ

    މިގޭ މީހުން ކިޔަނީ އިބޫ ފެނުނީމަ ހޮޑޯ ލަވަނީ..

  13. ބަދަލުކުރާށޭ

    އުތުރު ތިލަފުއްޓަށް މިއަދު ބަރު ހަތިޔާރާއި އެކު ރޭގައި އިންޑިއާ އިން 5 ހާސް ސިފައިންގެ ބޮޑު ސިފައިންގެ ފަވްޖެއް އައިސް އެތަނުގައި މާލެ އަށް އަމާޒު ކޮށް ބޮޑު ބަޑި ބަހައްޓާ ރައީސް އިބޫ ނުހޮވުނަސް އޭނާ ވެރިކަމުގައި ވޯޓްގެ ނަތީޖާ އޮޅުވާލައިގެން މަކަރާއި ހީލަތުން އޭނާ ވެރިކަމުގައި ބަަހައްޓާ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ އިންޑިއާގެ 3 މިލިއަން މީހުންނަކީ އެއީ ދިވެހިރައްޔިތުން ކަމަށްހަދާ އެމެންނަށް ދެން ވޯޓް ލެވޭނެ ގޮތް ހަދާ އަލުން އަންނަ އަހަރު ވެރިކަމުގައި ހުރެގެން ވޯޓްލާ ގޮތަށް އޭނާ ވަނީ އިންޑިއާ އާއި އެކު އެއްބަސްވެ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާފައޭ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ހެޔޮނުވާނެއޭ މާލެ ސަރަހައްދުގައި ބަހައްޓަން އިންޑިއާގެ އެމްބަސީ މާފުއްޓަށް ބަދަލު ކުރަންވީއޭ އެއްގޮތަކަށް ވެސް އިންޑިއާ އެމްބަސީ މާލެ ސަރަހައްދުގައި ބެހެއްޓުން އެއީ މާލެ އަށް ވަރަށް ނުރައްކާތެރި ކަމެކޭ މާލެ އަށް ހުރި ބޮޑު ނުރައްކަލެކޭ އިންޑިއާ އެމްބަސީ އަކީ އެއީ ބޮޑު ނުރައްކަލެކޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ އިންޑިއާ އެމްބަސީ މާލެ ސަރަހައްދުން މާފުއްޓަށް ބަދަލު ކުރާށޭ

  14. ކުރުކޮށް

    މަޝްރޫއުތަެް ނިމޭތީ ނުފެނޭ ޖަވާބަކީ އެއީ

  15. ޒެހު

    އެހެންތަ ކުރިންވެސް ފެނިފަ އޮތި ދިމާ އިދިކޮޅަށް އިރާދަ ކުރެއްވިއްޔާ
    މިއިންތިހާބު މަނިކުފާނަށް ކާމިޔާބެއްނުވާނެ

  16. ވިސްނާލުމަށް އެދެމޭ

    ފައިސާ ބަހާތަން އަހަރެމެންނަ ފެންނަމުންދަނީ....ރިޝްވަތުބަހާ އެންޓިކެމްޕޭނު ކޮށް ޑޯޓުޑޯޖައްސާ ހަދާތަންފެންނަނީ.....މޑޕ ވެރިކަމެއްގަތިބެ ބޭއްވޭ ރިޔާސީއިންތިޙާބަކީ މީ ފުރަމަ ފަހަރަށް މިފުރުސަތު ލިބުނީމަ މިފެނުނީ ރިޝްވަތާ އެންޓިކެމްޕޭނާ ގާނޫނާޙިލާފު އެތައްކަމެ މޑޕ ކުރަމުންދާކަން..މިއީ ޑިމޮކުރަސީގަ އޮންނަގޮތްކަމަށް ވަންޏާ މިކަހަލަ ޑޮމޮކްރަސީއެއް ބޭނުމެނޫން..