ލ. ފޮނަދޫގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓު ލަމުންދިޔައިރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވޯޓުތައް ބާތިލް ކުރަން ކުރެހި އޮފިޝަލަށް ފިޔަވަޅު އަޅައިފިއެވެ.

އެ މައްސަލަ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސްވަނީ ނަގައިފައެވެ.

އިދިކޮޅުން ވިދާޅުވިގޮތުގައި ފޮނަދޫގައި ހުރި އެ ރަށު ތިން ނަންބަރު ވޯޓު ފޮށީގައި ވޯޓު ކަރުދާސް ދޫކުރަން އިން މީހާ ވޯޓު ކަރުދާސް ދޫކުރަމުން ކަރުދާާހުގައި ކުރަހާފައި ދޭ މައްސަލަ ފާހަގަވެގެން އެކަން އިލެކްޝަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށް އިދިކޮޅުން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް "ވަގުތު"އަށް ވިދާޅުވީ އެކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައުމާއެކު އެ ރަށަށް އިލެކްޝަންސްގެ ޓީމެއް ފޮނުވަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަބީބް ވިދާޅުވީ އެކަމުގައި ބޮޑަށް ބެލެވެނީ ޕްރިންޓިންގެ މައްސަލައެއް ކަަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ އެ ފޮށި ބަންދުކޮށް އާ ފޮއްޓަކަށް ވޯޓު ލާން ފަށައިފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

"މިހާރު ކުރީގެ ފޮށީގެ އޮފިޝަލު މަސްއޫލިއްޔަތުން ދުރުކޮށް އެހެން މަސައްކަތެއް އޭނާއަށް ވާނީ ހަވާލުކޮށްފައި. ދެން ވޯޓު ކަރުދާސް އަލުން ދޫކުރަން ފެށިއިރުވެސް ބެލިން ކަރުދާހުގައި މައްސަލައެއް އުޅޭތޯ. ނެތް އެކަމު ފާހަގަވެފައެއް.". ހަބީބް ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރުން އެހެން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުން މިއަދު ވިދާޅުވީ އިންތިހާބާ ގުޅުން ހުރި ކަންކަމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުން ކަމަށާއި އޭގެ ތެރެއިން ހަތް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މި ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެއެވެ.

ފުރަތަމަ ބުރާއި ހިލާފަށް މި ބުރު ވޯޓުލުމަށް ރީރެޖިސްޓަރ ކުރި މީހުން އިތުުރުވެ، 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވާޏުވާ ާ

    އެ ފޮއްޓަށް ކުރިން ލީ ވޯޓް ތައް ސައްހަ ވާނެބާ؟ އެހެން މީހުނަށް ނޭނގި ވެސް ކުރަހާފަ ހުރެދާނެ

    54
    1
    • ކުރިން

      އެފޮށީގެ ވޯޓު އަލުން ލީކަމަށް މިއޮތީ ލިޔެފަ. އެހާތަންށްލަފަ ހުރި މީހުންވެސް އަލުން ލާނީ އެހެންވީމް.

  2. ދެގޮލާ

    އޮފިޝަލްގެ ނަން ؟؟؟؟

  3. އެޑްވަޑް ބާމުންޑޭ

    ޕްރިންޓްގެ މައްސަލައެއްނޫން. ރީނދޫ އޮފިސަލަކީތި.

  4. ފެންވަރު

    މިކަހަލަ ވައްކަން ކޮއްގެން ނޫނީ ނުހޮވޭނެ. ވެރިކަމަށް އައީވެސް ވޯޓު ވަގަށް ނަގައިގެން.

  5. އިބޫ ޗޯރު

    މިކަހަލަ ކިތަށް ޖަރީމާ ހިންގާފަ ހުންނާނެ ؟ މީ ފަޅާއެރި އެތި އަދި.

  6. މަގޭ ހިޔާލު.

    ސުރުހީ ގަ ލިޔެފައި އޮތް ގޮތުން ރައްޔިތުން ނަށްް ހަގީގަތް އެބަ އޮޅޭ . ޕްރިންޓިން މައްސަލަ އެއްކަމަށް ހީވާކަމަށް ބުނެފައި ވާއިރު އެ އޮފިޝަލުގެ މައްސަލައެއް އަޅުގަނޑަކަށް ނުފެނޭ. # މީ މަގޭ ހިޔާލު.

  7. ޢަސްމާ

    ޢއ.ފެރިދޫގައިވެސް އެނބަ ކުރަހާ މުއިޒު އާ ދިމާލަށް ބައެއް ކަރުދާސް ހާއްސަ ތަކުގައ

  8. ކަމަނަ

    މިހާރު ކުރީގެ ފޮށީގެ އޮފިޝަލު މަސްއޫލިއްޔަތުން ދުރުކޮށް އެހެން މަސައްކަތެއް އޭނާއަށް ވާނީ ހަވާލުކޮށްފައި. ދެން ވޯޓު ކަރުދާސް އަލުން ދޫކުރަން ފެށިއިރުވެސް ބެލިން ކަރުދާހުގައި މައްސަލައެއް އުޅޭތޯ. ނެތް އެކަމު ފާހަގަވެފައެއް.". ހަބީބް ވިދާޅުވިއެވެ.މީ ގޮތް އޯކޭތަ