މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހިނގަމުންދާ މާރާމާއީ ހަމަނުޖެހުންތަކުގައި ޕީޕީއެމް/ޕީއެންސީން ބައިވެރިނުވާ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު ،މުއިއްޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ގްރޫޕަކުން މަޖިލީސް ދެ މެންބަރަކަށް ހަމަލާދިން ކަަމަށް ބުނާ މައްސަލައެއް ފެންމަތިވިއިރު، ޖިިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ތޮލާލް މިއަދު ކުރި އެކްސްއެއްގައި ވިދާޅުވީ މިއަދު މާލެ އާއި އެހެނިހެން ބައެއް ރަށްރަށުގަ ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި މާރާމާރީތަކުގައި ޕިޕީއެމް ޕީއެންސީ މެންބަރުންނާއި ސަޕޯޓަރުންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެއީ ދޮގެއް ކަމަށް ވިދާޅުވިއެވެ.

ހަަމަ އެހެންމެ އެފަދަ އެއްވެސް ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރި ނުވާކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

"މީގެ އިތުރުން އެފަދަ އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރިނުވުމަށް ތަކުރާރުކޮށް މިއަންނަނީ ނަސޭހަތްތެރިވަމުން" ތޮލާލް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އައްޑޫ އަށް ނިސްބަތްވާ އެމްޑީޕީ މެންބަރުން ކަމަށްވާ މުހައްމަދު ނިހާދާއި އިބްރާހިމް ޝަރީފަށް ގްރޫޕަކުން ވަނީ ހަމަލާދީފައެވެ.

މަވޯޓާއަށް ހަމަލާ ދީފައި ވަނީ މަންހަޓަން ބިޒްނަސް ސްކޫލްގައި ހުއްޓާއެވެ.

އެ ހަމަލާއާ ގުޅިގެން މަވޯޓާ ވިދާޅުވީ ރާއްޖޭގައި ފުލުހުންނާއި ކޯޓުތަކަށް ވާ ކަމެއް މިހާރު ނެތް ކަމަށެވެ.

"ގޭންގް ސްޓާރުންނަށް މި އޮތީ. މިއަދު އެ މީހުން ގަބޫލު ކުރަނީ ގޭންގް ސްޓާރުންގެ ވެރިކަން މި ރާއްޖެއަށް އަންނާނެ ކަމަށް، ގޭންގް ސްޓާރުންނަށް ފްރީ ހޭންޑެއް ލިބޭތީ. އެ މީހުން ޑަން ލާފައި ވިއްލާލީ"، މަވޯޓާ ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައި

    އަބަދުވެސް ހަމަ ނުޖެހުމާއި ހުޅުޖެހުމާއި ކަންކަންކުރަނީ އެމްޑީޕީއިން ބަލިވެދާނެކަން އެނގޭތީ ކުރިޔާލާ ހަމަނުޖެހުން ހިންގަންފަށަން ރެޑީވަނީތި