ރިޔާސީ އިންތިހާބުގެ ނަތީޖައާ ގުޅިގެން އެމްޑީޕީއާ ދިމާ ނުކުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުން އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

މިހާރުގެ ނަތީޖާ ދައްކާގޮތުން ޑރ. މުއިއްޒަށް 101،773 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،487 ވޯޓެވެ.

ވޯޓުގެ ނަތީޖާ އައި ގޮތަށް ބަލާ ޑޮމޮކްރެޓްސްގެ މެންބަރުން ތިއްބަވާ ގްރޫޕަކަށް މިރޭ 8:06 ގައި ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ، "އެމްޑީޕީ މީހުންނާއި ދިމާ ނުކުރުމަށް ވަރަށް އެދެން" މިހެންނެވެ.

ނަޝީދު ފަހުން މިރޭ 8:20 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަނީ ހަމަ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ، އެއްވެސް ފަރާތަކުން އެމްޑީޕީގެ މެންބަރުންނާއިި ސަޕޯޓަރުންނަަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރަން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"ރުޅިވެރިކަން އިސް ކުރުމަކީ ބުއްދިވެރި ކަމެއް ނޫން.". ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނަބީ

    އެކަމު ދިމާވިއްޔާ އިބްރާހީމަށް ސަލާމް ނަންގަންނާނަން...އަލްހަމްދުލިﷲ

  2. ޓަބީ

    ހެހޭ މީކާކު ދަލުބޭރުންޖެހިގެން މިއުޅެނީ ؟ ކަލެއާ ކަލޭގެ އައުވާނުންނޭ ބަލިވީ. އަދިވެސް ކޮކީ ބޮޑާހާކާތި !

    1
    1
  3. އަމީން

    މޑޕ ގެ އެންމެ ޔެލޯ މީހުން މޑޕ އާ ދިމައެއް ނުކުރާނެ ދޯ

    2
    1
  4. މަސްނޫނު

    އަޅުގަނޑުމެން ޕޕމ ޕނސ ދެޕާޓީގެ އެއްވެސް ރައްޔިތަކު އމޑޕ އާދިމާކޮށް
    ލާނެތްދޭކަށް ބޭނުމެއްނޫން. ކާމިޔާބީ ދެއްވިﷲ އަށް ހަމްދުކޮށް ކާމިޔާބީގަ ހިތްތިރި
    ކުރުންއެއީއަޅުގަނޑުމެންގެ ޝުއޫރް. ޢަލްހަމްދުލިއްﷲ... ވައްސަލާއަލައިކުމް

    3
    1
  5. ަައަހުމަދު އިމްދާހު(ކައުންސިލް ނައިބް ރައީސް)

    އެމްޑީޕީ އޭ ކިޔާގެން ކަލޭ ވާހަކަ ދައްކާނި ކަމެއް ނެތް. ކަލޭގެ ސަބަބުން މި ހުރިހާ ކަމެއް މި ދިމާވީ. ކަލޭ ހީނުކުރާތި އެމްޑީޕީ އަށް ތިހެން ހަދާފަ ކަލޭ ބޭނުންވާ ގޮތަށް ބޮޑުވަޒީރު ކަމަށް އަންނަން ބަރުލަމާނީ ނިޒާމަށް އެމްޑީޕީ މެމްބަރުން ދެން ވޯޓް ދޭނެކަމަށް. ބަރުލަމާނީ ނިޒާމާ ދެކޮޅަށް މުޅި އެމްޑީޕީ ނުކުންނާނަން. މި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނާކަށް ދެން ނުކެރޭނެ.

  6. ސަރަފަކައްދަ

    ކޮބާހޭ ރޮޒޭނާމެން. ކޮބާހޭ މަވޯޓާ މެން. އަދިވެސް ރަޢީސް ނަޝީދުގެ ތާޢީދާއި އެކު ފިޔަވައި މޑޕ އަކަށް ވެރިކަމަކަށް ނާދެވޭނެ. ރާއްޖޭގަ އޮތީ 2 ފިކުރު. ޔާމީނާއި ، އަންނި. ދެން ތިބޭ ބާރަށް އަތް ޖަހަން. ހުންނާނީ ރާކަނި މަސް ކެވިފާ މިފަހަރު. ދެން ފަހަރަކުން މަޖުލިސް އަށް ވެސް ނުހޮވޭނެ ތި މީހުނެއް.

    3
    1
  7. Anonymous

    ލާދީނީމީހާ އެހެން މީހުންނާ ދިމާއަށް ފާޅުގައި ހޮޅިއަށް ގޮވައި ދިމާކުރިޔަސް އޯކޭތަ؟ ލާދީނީމީހުންގެ ވިސްނުން ހުންނަނީ ސީދާ އިބިލީހުގެ ބައްޓަމަށް ދޯ.

  8. އަހަންމަދު

    އެމްޑީޕީއާ މިހާރު ދިމާނުކޮށް ފަރުޖެއްސޭކަށް ނެތް! ހުރިހާ ނުބަޔަކީ
    ކަލޭ! ކެނެރީގޭ ނަޝީދު! އިބުރާހިމުގެ ބޮލުގަ ޒިނޭގެ ތުހުމަތު އެޅުވީ
    ޙަމަ ކަލޭ! ދަނޑިމޮކްރެޓްސް ހަދައިގެން އެމްޑީޕީގެ ގާބިލު މެންބަރުންތަކެއް ކަލޭ ދަމައިގެންފި! އާންމު މެންބަރުން ދެކޭގޮތުން
    އެއްގޮތެއްގަވިއްޔާ ކަލެއަކީ ކަޑައެޅިގެން ދޮގުހަދާމީހެއް! ޢަނެއްގޮތެއްގަވިއްޔާ އިބުރާހީމަކީ ޒިނޭކޮށްގެން އެކަމުގެ އުގޫބާތް ލިބިނުގަނެ ހުރި މީހެއް! ކުރުކޮށްމިބުނީ! މިހިރަކަހަލަ ކަންތަކާހުރެ
    އާންމުމެންބަރުންގެ ކުރިމަތީ ކަލޭމެންގެ އަގެއްނެތް! އިބުރާހީމުގެ ބޮލުގަ ކަލޭ އެފަދަ ބޮޑު އިލްޒާމެއް އެޅުވީމަވެސް ކަލެޔަކާދޭތެރޭ ފިޔަވަޅެއް އަޅާކަށް އިބުރާހިމަކަށް ނުކެރުނު.

    1
    1
  9. Absi

    dhimaa ves kuraanan kobaa gaumun keyhaa dhivehinge faisaa

  10. ފިރޯށި

    މިއީ ނަޝީދާއި ހެދި އެމްޑީޕީއަށް ލިބުނު ގެއްލުމެއް. ދުވަހަކުވެސް ހަނދާން ނުނެތޭނެ

  11. މިނިވަން

    ކަލޭ ދެން އުޅޭ އެމޑީޕީ ރޫޅާލެވޭތޯ. ތީގައުމަށް ހުރި ބޮޑު މުސީބާތެއް، ،،ދެންމައިތިރިވެގެން ހުރޭ،

    2
    1
  12. ސުނާރިއޯ

    އެމް ޑީޕީ އާއި ދިމާނުކުރުން އެދެން ބުނާއިރު ކަލޭގެ ހަޔާ ކޮބާއިތަ؟ އެނަންކީމާ ލަގޮޑިން ވިންދުޖަހާތަ ތިޔަފެނުނީ ވޯޓުން ވައްކަން ކުރީމާ ވީގޮތް މިފަހަރު ވައްކަން ނުކުރެވުނީ ރައްޔިތުން ހޭލާތިބީމަ ޔާމީން ވެރިކަމުގައި ވޯޓުން އީސީޝަރީފް ވައްކަން ކޮށްގެން ކާމިޔާބުވީމާ ކަލޭމެން އެހިދުން އެހިދަށް މާލެ ކުޑަކުރަން ތެޅިބޭލި ނޫން ތަށް މިހާ ޤާބިލް ރަގަޅުވެރިޔެއް ރައީސް ޔާމީނަކީ ހަމަ ހަޖަމްކޮށްގެން ހުރިޔޭ އެވަރުން ނުވެގެން ޖަލަށް ލާފައި އެހުރި ރައީސް ޔާމީން ޖަލަށް ލުމުގެ ސަބަބުން ގާސިމާއި ނާޒިމާއި މައުމޫނު އަދި އެމް ޑީޕީ އާއި އެހެން މީހުން ނަށް ވެސް ނާކާމިޔާބާއި ކުރިވާން ޖެހުނީ އެއްޗެއް ވިސްނިއްޖެތަށް މަރުމޯލް އެތިވަރުމެންނޭ .

  13. Anonymous

    ސާބަހޭ ނަޝީ. ތިޔައީ ކަށިގަނޑު ރޫޅާލަށް އެއްވަނަ.
    މަރްޙަބާ މަނިކުފާނުގެ މަސައްކަތައްވެސް

  14. ޙައްޖަ

    ޢަނެއްކާ ފިތުނަ އުފައްދަން މަސައްކަތް ފެށީތޯ

  15. ޝްރޭ

    އެމް.ޑީ.ޕީ ގެ ނާކާމިޔާބީގެ ހުރިހާ ޒިންމާ އެއް ނަގަންޖެހޭނީ މީނަ

  16. މަކިޓާ

    ޕީޕީއެމްމީހުން ނޫޅޭނެ މޮޅުވިޔަސް ދިމާކޮށް ކަންކަން ކުރާކަށް އެމް ޑީ ޕީ މީހުން އުޅޭގޮއްއެއީ މޮޅުވިޔަސް އުޅޭނީ ފުރައްސާރަކުރުމާ ދިމާކުރުމުގަ

    2
    1
  17. ވަނޭ

    މީނަ ޖަލައްލާންވީ

    2
    1
  18. choaru

    Koyya beykaaru anga nuthalhaa geyga ovebala

  19. އަހުމަދު

    އިބޫ އެއީ ހަމައެކަނި ފުރަތަމަ ބުރުން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރި ރައީސް... ރިޔާސީ އިންތިހާބެއްގަ ރައީސަކަށް ހުންނަ ބޭފުޅާ ބަލި ވުމަކީ އަލަށްވީ ކަމެއްވެސް ނޫން.. އެހެންނޫނަސް އަންނި ނޫނީ އަންނިއާ ބައިއަތު ހިފައިގެން ވެރިކަން ކުރާ މީހިކަށްވުރެ އިދިކޮޅު މީހަކު ރައީސްކަން ކުރުން ވެސް މާ ރަނގަޅު . އަސްލު ލާދީނީ އެންމެން ވަނީ މޑޕ ދޫކޮށް ގޮސްފަ. ނިޒާމު ބަދަލު ކުރުމުގެ ވޯޓު ގަ ސައިޒުވާނެ. ވެދުން ސަލާން.

    1
    1
  20. ޢަލީ

    އަސްލު "އެންޑީޕީ"!

  21. ައަބްދޫ

    އެމްޑީޕީ އާ ދިމަާ ކުރަން ބޭނުމެއްނުވޭ . ދިމާކުރަންޖެހެނީ ވަގު ނަސީދު އާއި. އެއީ ގައުމަށް ޖެހިފަ އޮތް ބަ؛ާލާއްއް

  22. ައަބްދޫ

    އެމްޑީޕީ އާ ދިމަާ ކުރަން ބޭނުމެއްނުވޭ . ދިމާކުރަންޖެހެނީ ވަގު ނަސީދު މިގައުމު ދޫކޮށް ރައްކާވޭ. ތިޔައީ ގައުމަށް ޖެހިފަ އޮތް ބަ؛ާލާއްއް