މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްޑޫ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާފައިވާ ކަން "ވަގުތަށް" ލިބިފައިވާ އެންމެ ފަހުގެ ނަތީޖާތަކުން ދައްކައިފިއެވެ.

މުއިއްޒު މެޖޯރިޓީ ހޯއްދެވި ސިޓީތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީންނެވެ.

ވަކިވަކި ސިޓީތަކަށް ބަލާ އިރު، ދެވަނަ ބުރުގައި މުއިއްޒު ވަނީ މާލެ ސިޓީން މިހާތަނަށް އައިއިރު 20،245 ވޯޓު ހޯއްދަވައިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވިފައި ވަނީ 17،143 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 3،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް ހުރި ކަމަށް ދައްކައެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ 17،189 ވޯޓު ހޯއްދަވައިފައެވެ. އެ ބުރުގައި ރައީސް ސޯލިހަށް ހޯއްދެވިފައި ވަނީ 13،626 ވޯޓެވެ. މި ބުރުގައި ރައީސް ސޯލިހަށް މާލެ އިން ވޯޓު ދިން މީހުންގެ އަދަދު ގިނަވިޔަސް، މުއިއްޒަށް ވުރެ ކުރި ހޯއްދެވޭ ގޮތެއް ނުވިއެވެ.

ކުޅުދުއްފުށި ސިޓީން މުއިއްޒަށް މިހާތަނަށް އައިއިރު، 2،177 ވޯޓު ލިބިވަޑައިގެންފައިވާ އިރު، އޭނާއާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 1،883 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 234 ވޯޓުގެ ފަރަގެއް ފެންނަން އެބައޮތެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ 2،009 ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ހޯއްދެވުނީ 1،265 ވޯޓެވެ. މި ނަތީޖާ އިން ދެއްކި ގޮތުގައި ކުޅުދުއްފުށި ސިޓީން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ލިބުނު ވޯޓުގެ އަދަދު މާ ބޮޑަށް ވެސް ގިނައެވެ. އެކަމަކު، ރައީސް ސޯލިހަށް މި ސިޓީން ކުރި ނުހޯއްދެވުނު ނަމަވެސް މުއިއްޒާ، އެމަނިކުފާނާ ދެމެދުގައި އޮތް ފަރަގު ވަރަށް ބޮޑު ތަން ކުޑަ ކުރެވުނެވެ.

ފުވައްމުލައް ސިޓީ އަށް ބަލާ އިރު، ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދަވާފައި ވަނީ ވެސް މުއިއްޒެވެ. މުއިއްޒަށް 3،982 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 3،094 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 888 ވޯޓުގެ ތަފާތެއް ފެނެއެވެ.

ފުރަތަމަ ބުރުގައި ވެސް މި ސިޓީން ކުރި ހޯއްދެވީ މުއިއްޒެވެ. އެ ބުރުގައި އޭނާ އަށް 3،049 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 2،524 ވޯޓެވެ. ދެވަނަ ބުރުގައި ފެނުނީ ފުވައްމުލަކުން މުއިއްޒު މާ ބޮޑު ތަފާތެއް ހޯއްދެވި ތަނެވެ. މިދިޔަ ބުރުގައި ދެ ބޭފުޅުންގެ ދެމެދުގައި 500 އެއްހާ ވޯޓުގެ ތަފާތެއް އުޅުނު ނަމަވެސް މިފަހަރުގެ ނަތީޖާ އަށް ފަހު، ދެ ބޭފުޅުންގެ ފަރަގު ވީ އިތުރަށް ބޮޑެވެ.

ތިނަދޫ ސިޓީ އަށް ބަލާއިރު ދެވަނަ ބުރުގައި މުއިއްޒު ވަނީ 1،326 ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ހޯއްދެވިފައި ވަނީ 1،225 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 101 ވޯޓުގެ ތަފާތެއް ފެނެއެވެ. ފުރަތަމަ ބުރުގައި މުއިއްޒަށް މި ސިޓީން ލިބިވަޑައިގަތީ 1،229 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 890 ވޯޓެވެ. މި ބުރުގައި ރައީސް ސޯލިހަށް ތިނަދޫން ވޯޓު ދިން މީހުންގެ އަދަދު ގިނަވިޔަސް، މި ސިޓީން ވެސް މުއިއްޒަށް ވުރެ ކުރި ހޯއްދެވޭ ގޮތެއް ނުވިއެވެ.

ރައީސް ސޯލިހް ދެވަނަ ބުރުގައި މެޖޯރިޓީ ހޯއްދެވުނު ހަމައެކަނި ސިޓީއަކީ ފުރަތަމަ ބުރުގައި ވެސް މެޖޯރިޓީ ހޯއްދެވި އައްޑޫއެވެ. ދެވަނަ ބުރުގައި އައްޑޫން އެމަނިކުފާނަށް 9،819 ވޯޓު ލިބިވަޑައިގެންނެވި އިރު، މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 8،107 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 1،712 ވޯޓުގެ ތަފާތެއް ފެނެއެވެ.

ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް މި ސިޓީން ލިބިވަޑައިގެންފައި ވަނީ 7،059 ވޯޓެވެ. މުއިއްޒަށް ލިބިވަޑައިގެންނެވީ 6،111 ވޯޓެވެ. ކޮންމެ ބޭފުޅަކު ވެސް ދެވަނަ ބުރުގައި ވަނީ 2،000 އަށް ވުރެ ގިނަ ވޯޓު އިތުރަށް ހޯއްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައުޓް

    އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް އަލިޕީ އައުޓް

  2. ޚިޔާލު

    އައްޑޫއަކީ އަބަދުވެސް މިރާއްޖެ ފަސާދައަށް ޖާގަދޭ ބަޔަކު އުޅޭ ތަނެއް. ގައުމު އަބަދުވެސް ވެއްޓޭ އަނދަވަޅުތަކުގެ ޒިންމާ މިވެރިން ނަގަންޖެހޭ.

    6
    1
  3. ޑައެލޯގް

    އައްޑީމީހުން ގޮތދޫނުކުރަނީއެވެ. އިންޑީޔާ ސިފައިން އައްޑޫގައި ތިބޭ މީހުންގެ ގަޔަށް އެރީމަ ހޭއަރާނެއެވެ.

  4. Anonymous

    މުއިއްޒު ހުވާކުރުމަށްފަހު 5 އަހަރުގެ 2 ދައުރު ލިބޭގޮތް ހަދަން ފެނޭ...ތާއީދު އެބައޮތެއްނު..އެހެންވީމަ ޤާނޫނު އިސްލާހުކޮށްލާ އެގޮތަށް

    2
    1
  5. އައްޑޫ

    މި ޤައުމުގަ ތިބި އެންމެ ނުވިސްނޭ ކޮހުން އައްޑޫގަ

    5
    1
  6. ލޮލް

    ަަައައްޑޫ 🔛🔝

  7. ރިވެތި

    ފައިސާގެ ނުފޫޒުން ވޯޓްގިނަކުރި ނަމަވެސް މެޖޯރެޓިވެސް ނުލިބުނު މެޖޯރިތީ ނުނެގުނު ތަންތަން ބަހައްޓަފަ ފުލްމެޖާރިޓީ ލިބުނުތަންތަން އިސްކުރުމަކީ ލިބުނު މެޖޯރިޓީ ހިފެހެއްޓުމައްކުރެވޭނެ އެންމެ ބޯޑު އެއްމަސައްކަތް