ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި، މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދާ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދެވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެެ.

މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާމިޔާބު ކުރައްވާފައެވެ.

އެ ލިބުނު ކާމިޔާބީއަށް ފަހު މިރޭ ޕީޕީއެމް/ޕީއެންސީ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި ޑރ. ޖަމީލް ވިދާޅުވީ، އެމަނިކުފާނުގެ މައްްޗަށް ކޮށްފައިވާ ދައުވާތަކާއި، އެމަނިކުފާނުގެ އިސްތިއުނާފީ ހައްގު ހިފަހައްޓާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު ވޯޓަށް ވަޑައިގަތުމުގެ ފުރުސަތު ނައްތުވާ މިކަންކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަަމަށެވެ. އަދި އެމަނިކުފާނު މިކަންކަން ކުރެއްވީ ދެވަނަ ދައުރެއް ލިބިދާނެ ކަމަށް ބަލައިގެން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ނޫސްވެރިންނަށް މައުލުމާތު ދެއްވަނީ - ވަގުތު އިމޭޖްަސް: އަހްމަދު އިޒްމީމް

"މިއަދު ރައްޔިތުންގެ ނިންމުން ވަރަށް ސާފް، ރަައްޔިތުން މި ބުނީ ވަރަށް ސާފް ގޮތަކަށް މި ދައުވާތައްވެސް ބަލައިނުގަންނަމޭ، މި ހުކުމްތައްވެސް ބަލައި ނުގަންނަމޭ، އަދި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތައްވެސް ބަލައިނުގަންނަމޭ.".

އެހެންކަމުން އޭނާގެ މިރޭގެ ގޮވާލުމަކީ ޝަރުތެއް ނެތި 24 ގަޑިއިރު ތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިއުމަށްވެސް ގޮވާލެއްވިއެވެ.

"ރައްޔިތުން ބަސް ބުނެފި، އިތުރަކަށް އެކަމުގައި ހިފަހައްޓާނެ ތަނެއް ނެތޭ.".

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަޑުކޮށްލާށޭ

    ކުދިންނޭ މަމެން ޕިންކީން މޮޅުވީއޭ ވަތަންގެ އެންމެ ކަތުންނޭ އެެއްްވެސް ކަތަކު ބާކީ ނުކޮށް މާލެ ސަރަހައްދުން ކޮންމެ ކަތަކަށް ދޭނަމޭ 10 ހާސް އަކަފޫޓްގެ ގޯއްޗެއް އަދި ދައުލަތުގެ ބަޖެޓް އަރަނި ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ އެތަނުން ކޮންމެ ހެކްޓަރެއްގެ ބިމެއް 10 މިލިއަން ޑޮލަރުގެ ރޭޓުން މަހަކު 100 ބިން ވިއްކާ ބިމުގެ ވިޔާފާރި އަކީ ޓޫރިޒަމަށް ވުރެން ބޮޑު އާމްދަނީ އެއް ލިބޭ އެއްޗަކަށް ހަދާނަމޭ ރަންކޮޅާ މަމެން ޕިންކީން އަތުގައި ހިފާށޭ ހިފާށޭ ރަންކޮޅާ މަޑުކޮށްލާ މަމެން ވެސް ގޮވައިގެން ދާން ރަންކޮޅާ މަޑުކޮށްލާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

  2. ފާތު

    މުއިޒް އާ ޔާމީން ހިފާތަން ބަލަން ތަ ދެން މި ތިބެން ޖެހުނީ

  3. ދޮންއަމާ.

    ޗޯރު އަނިޔާވެރި ސޯލިހު! ރައީސް ޔާމީން ދޫކޮއްލާ.

  4. ހާލު

    މުއިްްޒުގެ ވައުދެއްދޯ އެއީ. އޭނާ ހުވާ ކުރންދެން މަޑުކޮއްލާ

  5. ދީދީ

    ރައީސް ޔާމީން މިނިވަންކުރޭ. މަރުހަބާ ޑރ މުއިއްޒު އާއި ސެމްބެ!

  6. Anonymous

    ރައީސް ޔާމީނަށް އަނިޔާވެރިވި މީހާގެ މައްސަލަ ވެސް ބަލަންޖެހޭނެ. ޕީޕީއެމް ޕީއެންސީ އިން މާފުކުރިޔަސް ދިވެހި ރައްޔިތުން މާފެއް ނުކުރާނެ. ޗޯރޭ ހައްޔަރުކޮށް، އިންޑިއާ ސިފައިން މިގައުމުން ބޭރުކުރަންޖެހޭނެ.

  7. ހީކުރީ

    ސޯލިހުތޯ ޔާމީނަށް ހުކުމް ކުރީ.

  8. ނަޖި

    މުއިއްޒަށް ވެރިކަން ލިބުނަސް ޔާމީނު މިނިވަންކުރެވޭ އުސޫލުގެތެރެއިންނެވެ

  9. ޑައެލޯގް

    އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ ޔާމީނަށް އެކުރާ ދައުވާތައް ސާބިތެއްނުވާނެއެވެ. އެކަމަކު އިބޫ ގަސްތުގައި ޔާމީނުގެ ޝަރީއަތް ލަސްކޮށް 3 މަރުހަލާނިމިޔަނުދީ ހިފެހެއްޓީ ޖަލުގަބެހެއްޓުމުގެ ބޭނުމުގައެވެ.

  10. ހިރުނދު

    ނުޖެެހޭ

  11. ނިންމުން

    ބަލަ މި މޮޅު ގާނޫނީ ވަކީލަށް ވީ ކޮންކަމެއް. ވެރިކަން ބަދަލުވީމަ ޖަމީލު ނެތަސް އޭނަ ގެއަށް ބަދަލުވާނެ