ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު މި ސަރުކާރުން ކަންތައް ކުރީ ގޯސްކޮށް ކަމަށް އަދިވެސް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ސަރުކާރު ފެށުނީއްސުރެ ރައީސް ޔާާމީންއާ މެދު ކަންތައްތައް ކުރަމުން ގެންދިޔައީ ވަރަށް އިހާަނެތިކޮށް ކަމަށާއި އެގޮތުން ޑިއު ޕްރޮސެސްއެއް ނެތް ގޮތަށް ބަންދު ކުރުމާާއި ދައުވާ ކުރުމާއި އަދި ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާާރުންނަށް ޕްރޮމޯޝަން ދިނުމާއި އެފަދަ އެތައް ކަންތައްތަކެއް ހިނގާފައިވާ ކަމަށް ނޫސްވެރިއަކު ކުރި ސުވާލެއްގައި ބުންޏެވެ.

އެހެންވެ އެއީ ހެއްދެވުނު ގޯހެއް ކަމަށް ރައީސް މިހާރު ދެކެވަޑައިގަންނަވާާތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ ރައީސް ޔާމީނާއި ދެކޮޅަށް ޖުޑިޝަރީގެ ނިޒާމުގެ ތެރެއިން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އެގޮތުން ޖުޑިޝަރީ ތެރެއިން ހުށަހެޅިގެން ދިޔަ މައްސަލައެއްގައި ކަން ކުރަންވީ ގޮތަށް އެކަންކަން ނިމިގެން ގޮސްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމަ އެހެންމެ އަދިވެސް ކުރިއަށް ދާނީ އެގޮތުގެ މަތިން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

"ޖުޑިޝަރީގެ ތެރެއަށް، ޝަރުއީ ކޯޓުތަކުގެ ތެރެއަށް މިއޮތް ދޮޅު މަސް ދުވަހުގެ ތެރެއަށް ވެސް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވާނަން. އަތެއް ނުބާނާނަން. އެއޯ މިނިވަންކަމާ އެކީގައި ކުރިއަށް ދިއުމަށް ދޭން ޖެހޭ ފުރިހަމަ ޖާގަ ކުރިއަށް މިއޮތް ތަނުގައިވެސް އަޅުގަނޑުމެން ދޭނަން.". ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވ. އާރަށުގެ މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމައިފައެވެ.

ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ބަލިވެވަޑައިގަތުމާއެކު ރައީސް ޔާމީން މިހާރު ވަނީ ގެއަށް ބަދަލު ކުރައްވައިފައެވެ.

އާރަށުގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށްދާ އިރު ރ. އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ ކުރާ ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަބްދޫ

    ޔާމީނާ މެދު އަމަލު ކުރީ ގޯސްކޮށް ކަމަށް އަޅުގަނޑުވެސް ގަބޫލު ނުކުރަން .ނުކުރާކަންކަމުގެ މައްސަލައެއްނޫން ކޯޓަށް ހުށަހެޅުނީކީ ހަގީގަތް ގަބޫލުކުރަންވާނެ އެކަމަކު ގާނޫނީ އިޖްރާތު ފުރިހަމަ ނުކޮށް ސަރީއަތް ހިންގާ ދަށުކޯޓުން ގޯސް ހުކުމެއް ކޮށް މަތީކޯޓުންއެހުކުމް ބާތިލް ކުރަންޖެހުން އެއީ ގޯސްކޮށް ކުރެވިފަ ކަންކަން ހުރިކަމުގެ ހެކި.

    30
    16
    • ޢަބޫ ސަހުލު

      ތިބޭފުޅާ ތީ އެކޯޓުތަކުގަތިބި ފަނޑިޔާރުންނަށްވިރެ މަތީބޭފުޅަކަށްވީމަ ދެއްތޯ ތިގޮތަށް ތިޔަވިދާޅުވީ.

      7
      5
      • ގޮދާބޯ

        އަމިއްލައައް އެއްބަސް ވެފާއޮތީ ތިމަންނަ ގެއައް ވަތްފައިސާ ސައްކެއްވެސް ނެތޭ ހަލާލުފައިސާއެއް ނޫނޭ

        1
        5
  2. މޮހަދާ

    ތައްޔާރުވޭ! ޖަލަށް ވަންނަން

    28
    21
  3. ޑރ.ސުހާ

    ޑރ.މުއިއްޒު ކަންތައް ކުރައްވާ ގޮތް ބަލަން ވަރަށް ބޭނުން.

    35
    • ކޮސްފަހަރި

      ޖަލަށް ދާވަރުގެ ކަންކަން ހުރިކަމަށް ފެނޭ. އެހެންކަމުން އިބޫ ޖަލަށް ލާންޖެހޭ . ގައުމުގެ ޚިދުމަތްތެރިން ރައީސް އޮފީސް އިން ޖުޑިޝަރީއާ ދޭތެރޭ އަޅާފަ އިންނަ ޓެލެފޯން ލައިން މެދުވެރިކޮށް ހުކުމް ލިޔެ ފޮނުވާ ފޮނުވުން މި ގައުމުގަ ހުއްޓަންޖެހޭކަން އިބޫ ސޯލިހަށް އެގޭނީ އޭރުން.

      26
      11
    • Anonymous
    • ބަކުރު

      ބަލާގެން ހުރޭ

  4. މޫސަ

    އިޖުރާތްތައް ފުރިހަމަ ނުވުމަކީ މައްސަލައެއް. ދައުލަދުގެ ޚަޒާނާ އަމިއްލަ ތިޖޫރީއަށް ބަންޑުން ޖަހާލުމަކީ މައްސަލައެއްނޫން. ޔާމީނިގެ އަމިއްލަ އެކައުންޓަށް މިލިޔަނުން ދައުލަތުގެ ފައިސާ ވަންނަން ޖެހޭ ސަބަބެއް ތިޔައިން އެއްވެސް މީހަކު ބުނެ ދީބަލަ.

    14
    11
  5. ޑައެލޯގް

    ޖުޑީސަރީއަށް އަތްނުބާނާތީތަ ޔާމީނު އިސްތިއުނާފު ކުރުމުން އެކަން ލަސްކޮށް ހައިކޯޓުގެ ފަޑިޔާރުން ކުއްލިއަކަށް ޗުއްޓީއަށްދިޔައީ، ޔާމީނާ ދެކޮޅު ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތުނެގީ، އެސްއޯއެފް ކުންފުންޏާއި އަދީބާއި ޒިޔަތަށް ޑީލްހެދީ، މީގެ އިތުރުން ފަލާހުގެ ދަރިފުޅު ޑްރަގް ހައްޔަރުން ދޫކޮށްލީވެސް ޖުޑިސަރީއަށް އަތްނުބާނާތީހެއްޔެވެ.

    27
    2
  6. ގޮދާބޯ

    ރ.ޔާމިންއައް ހުކުންކުރީ ރ.ސޯލިހްތޯ އެހެންވީރު ޔާމިން ވެރިކަމުގައި ޖަލައްލި ހުރިހާ މީހުންގެ މައްޗައް ދައުވާ ނުރެވެން ޖެހޭނެ ޔާމިންގެ މައްޗައް

    1
    5
  7. އަހުމަދު

    ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު ޔާމީނު އަހަރެމެން ވޯޓު ދިނީކީ ޔާމީނަށް ޓަކައެއް ނޫން އަދި ޔާމީނު މިނިވަން ކުރާކަށްވެސް ނޫން އެހެން ނޫނަސް ޖަލު ހުކުމެއް ކޮށްފައިވާ މީހަކު ޖަލުގައި އޮތުމަކީ މައްސަލައެއް ވެސް ނޫން.

    5
    9
    • Anonymous

      ކަލޭ ޔާމީނަށް ވޯޓް ނުދިނަސް މަދިނީ ޔާމީނަށް. ރާއްޖޭގެ ގިނަ މީހުންވެސް ދިނީ ޔާމީނަށް ދިން ވޯޓް. އޮޅިގެން ނޫޅެއްޗޭ.

      6
      3
      • އުތުރު

        ލޮލް. އެކަމަކު ޔާމީނުގެ ނަމެއްނެތް ތި ދިނީ ބާތިލު ވޯޓެއް ނޫނީ 2018ގެ ބަލި ހަނދާނެއް ތިވަނީ

    • ދޮނާ

      އަހަރުމެން ވޯޓް ދިނީ ޔާމީން މިނިގަން ކުރަން ،

  8. އެދުރުބެ

    އެމީހަކު ސަޕޯޓުކުރާ ޕާޓީއެއްގެ ވެރިޔަކުވެސް ގޯސްކަމެއް ކޮށްފިއްޔާ އެކަން ގޯސްކުރެވޭވަރު މީހުން ސިޔާސީކަންކަމުގަ އުޅެންވާނީ މިނޫންގޮތަކަށް ދުވަހަކުވެސް އަހަރެމެންގެ ހާލަތު ރަނގަޅެއްނުވާނެ

    5
    0
  9. ރައްޔިތުން

    ޔާމީނާ ޖައްސާލައިގެން އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ޖަލުގަ ބާއްވަން ރާވާ އެކަން ހިންގުވީ ހަމަ ޗޯރޭގެ ނުފޫޒުން. ކަން ހިންގީ ޖުޑީޝަރީ ތެރޭންކަން އެއޮތީ ފެންނަން.

    ޗޯރޭ ގައުމުވިއްކާ ހެދުމުގެ އަދި ގައްދާރުވުމާ ކޮރަޕްޝަން ހައްދު ފަހަނައަޅާ ދިއުމުގެ ކޭސްތައް ހިނގާތަން ފެންނަން ބޭނުން.

    ހުރިހާ މުޒާހިރާތަކުން އަނިޔާކޮށް ހައްޔަރުކުރި މީހުންގެ ހައްގުތައް ކޮބާ؟ އެކި ރަށްރަށް އަރާ އަނިޔާކުރި އެންމެން ކޮބާ؟

  10. ސިރާޖު

    އަމިއްލަ މިލްކިއްޔާތުގައި ލޯލާރިއެއްވެސްނެތި ވެރިކަމެއްކުޅަ ޢަތަބަތު ފަދައިން ، ސިނކުޑީގައި ތެތްކަމެއްނެތް ، އަތުގައި ތަޢުލީމުގެ ކަންފުޅެއްވެސްނެތް އިބްރާހީމް ދިވެހިރާއްޖޭގައި ވެރިކަން ކޮށްފިއެވެ.

    • ނހލ

      ކިޔަވައިގެން އައިސް މާލޭގެ ދުވާރު މަތީގަ ހޮޅި އެޅިޔަކަސް ކަމަކުނުދޭ. ސެޓްފިކެޓް ވިއްކާ މީހުންވެސް އުޅޭ ބޭރު ގައުމު ތަކުގަ.