ގާނޫނީގޮތުން އެއްވެސް ހުރަހެއް ނެތް ނަމަ ބޭނުންފުޅުވަނީ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި، ނޮވެމްބަރު 11 އަކީ ރާއްޖޭގެ ތާރީހުގައި ވެރިކަންތަައް ބަދަލުވަމުން އައި ދުވަސް ކަމަށެވެ. އެގޮތަށް އެކަން ކުރުމަށް މަަސައްކަތް ކުރާނެ ވާހަކަ މީގެ ކުރިން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން، ގާނޫނީ ގޮތުން އެއަށް ހުރަހެއް ނެތްކަމަށް ވަންޏާ ނޮވެމްވަރު 11ގައި އެ ބަދަލު ވެގެން ދާނެ، ގާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން، އެހެން ނޫނިއްޔާ ދައުރު ހަމަކޮށް ނޮވެމްބަރު 17ގައި ބަދަލުވެގެން ދާނެ".

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާ ގައިމް ކުރެވިގެން ދިޔައީ 1968 ވަނަ އަހަރުގެ ނޮވެމްބަރު 11ގައެވެ. އޭގެ ފަހުން ޒަމާނުއްސުރެ ރިޔާސީ ދައުރު ބަދަލުވާ ދުވަހަކީ ނޮވެމްބަރު 11 ގައެވެ.

ނަމަވެސް 2013 ވަނަ އަހަރުގެ ފަހުން އެކަން ބަދަލު ވެގެން ދިޔައެވެ. އެގޮތުން އެ އަހަރު ސުޕްރީމް ކޯޓުން އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރެއްވުމާއި ގުޅިގެން ނޮވެމްބަރު 16ގައި އަލުން އިންތިހާބު ބޭއްވިއެވެ. އަދި އެއިރު ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރެއްވީ 2013 ވަނަ އަހަރު ނޮވެމްބަރު 17ގައެވެ. ޖެހިގެން އައި ރިޔާސީ ދައުރު ބަދަލުވި ދުވަހަކީވެސް ނޮވެމްބަރު 17ގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލާއި ގުޅޭގޮތުން ވިދާޅުވީ، މިވަގުތު އެމަނިކުފާނު ކުރަމުންގެންދާ މަސައްކަތަކީ އެމްޑީޕީއަކީ ވަރުގަދަ އޮޕިޒިޝަންއަކަށް ކުރަން ޖެހޭ މަސައްކަތެއް ކުރުން ކަަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ޑިމޮކްރެސީ، ހަރުދަނާކޮށް ފައްކާ ކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަނެއް އޮންނަން އެބަ ޖެހޭ، ސަރުކާރު ޖަވާބުދާރީ ކުރެވޭ ވަރުގެ ޕާޓީއެއް އެބަ އޮންނަން ޖެހޭ. އެމްޑީޕީއަކީ އެކަން ކުރެވޭނެ ޕާޓީއެއް ކަމަށް އަޅުގަނޑު ދެކެނީ.".

އަދި އެމަނިކުފާނު ވަނީ ވެރިކަމުގައި އެމަނިކުފާނު ހޭދަ ކުރި ފަސް އަހަރަކީ އާ ތަޖުރިބާތަކެއް ލިބިގެން ދިޔަ ފަސް އަހަރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ 25 އަހަރުގެ ސިޔާސީ ތަޖުރިބާ އާއި އެކީގައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ކޮންމެ ދުވަހަކީ އާ ތަޖުރިބާތަކެއް އެމަނިކުފާނަށް ހާސިލް ކުރުއްވުމަށް ލިބިގެން ދިޔަ ފަސް އަހަރު ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަންކީ

    ގާނޫނީ ގޮތުން ކޮން ހުރަހެއްބާ އޮތީ އަދިވެސް ބަލަނީ ވެރިކަމުގަ ބަގުޑި ބެއްދޭތޯ އުތާ މިތަނުން ފެއްސެން އުޅޭދެން

    33
    22
    • Anonymous

      ތިހެން ބުނާއިރު ވެރިކަމުގަ ބަގުޑި ބެއްދައިގެން އޮތީ ޔާމީނު ނޫންތޯ! އޭނަ ކީއްތަވާނީ ނޮވެމްބަރު އެގާރައިގައި ތިކަންކުރަން. އެވެސް އަދި އެއްބުރުންވިއްޔާ އިންތިޚާބު އިބޫ ކާމިޔާބުކުރީވެސް.

      ޤައުމިއްޔަތާ އޭއްޗަކާ މީއްޗަކާ ކިޔާނަގާނެ. އަމަލުން އޮޅުވާލުން. މިފަހަރު އަދިނޭނގޭ ވާނެގޮތެއްވެސް. އެކްސްޕީރިއަންސް ހުންނާނެތާ.... ކަންކުރެވިފަހުރިގޮތުގެ ލޫޕްހޯލްތައް އެނގޭނެވިއްޔާ

      19
      34
    • ސޯލްޓް

      އެއްޗެއް ބުނަން އުޅުނީ. އެކަމަކު ނަމަށް ބަލާލެވުނީމާ މި ހުއްޓާލީ..

    • Anonymous

      މަންކީ ބުނެބަލަ ރައީސް ޔާމިނު ނޮވެންބަރު 17 ވަންދެން ވެރިކަމުގައި ހުންނެވިއިރު ވެރިކަމުގައި ބަގުޑި ބެއްދުމަށް ނުވާއިރު ރައީސް އިބްރާހީމް ނޮވެންބަރު 17 ވަންދެން ވެރިކަމުގައި ހުންނެވީމަ ވެރިކަމުގައި ބަގުޑި ބެއްދުމަށްވާ ސަބަބު.

      9
      5
      • މާހިރާ

        ޔާމީނު ހުންނެވީ، ވޯޓުގެ މައްސަލަ ކޯޓުން ނިމެންދެން...

        7
        3
  2. ބާގާބަން

    އިބޫ ވަރު ގެ ވެރިޔަކު މި ގައުމު އަދި ނުދެކޭ

    30
    61
  3. ޖުން

    ރަނގަޅު ގޮތަކީވެސް އެއީ..ޖުމްހޫރީ ދުވަހަކީ ނޮވެމްބަރ 11.

    65
    1
  4. ޑައެލޯގް

    2018 ގައި އިބޫ އެއްބުރުންނެއްނޫން ކާމިޔާބުކުރީކީ، އެފަހަރު އިންތިހާބުގައި ބައިވެރިވީ 2 މީހުންކަމުގައިވާތީވެ ގިނަބުރަށްދާންނުޖެހުނީއެވެ. އެއްބުރު ކިޔަނީ 2 މީހުނަށްވުރެ ގިނައިން ކުރިމަތިލީމަ %50 އަށް ވުރެ މަތިން ލިބޭމީހާއަށެވެ. އެކަމެއް އަދިއަކު ޑިމޮކްރަސީ އައިފަހުންނެއް ނުވެއެވެ. އިބޫއަށް ތާއިދުކުރާމީހުންނަށް އެއްބުރު ވާގޮތްވެސް ނޭގެއެވެ. އެހާގަމާރެވެ.

    40
    7
  5. ނައަމް

    ޢިބޫ އަކީ ރަނގަޅު މީހަކަށްވެދާނެ އީގާތެރި މީހަކަށްވެދާނެ އެއންވިޔަސް ތިޔަ އެމަ. ޑީ. ޕީގެ ގިނަ ބައިގަނޑަކީ ހަޜުކަށި އަނިޔާވެރި އަމިއްލަ އެދުން ބޮޑުބައެއްވީމަ އޭގެ ހުތުރުނަން ބައެއްބޭފުޅުން އިބްރާހީމް މުހައްމަދު ސާލިހަށް ރައްދުކުރަނީ. ފޮރިން މިނިސްޓަރ ސްރީ ލަންކާ އެންބަސީ ފުރެންދެން އެއޮތީ ޑިޕްލޮ މެޓުންގެ މަގާމަށް މީހުންގަނޑު އަޅާލާފަ. ޥަކި އަދަދެއް ލިމިޓެއްނެތް. ދެރަކަމެއް ސަރުކާރުގެ ފައިސާ ބޭނިންކޮތަކަށް ވޭސްޓްކުރަނީ ފެންވަރެއް ބަލަނީކީ ނޫން . ޥޯޓްލަބް ހަފްތާއަކަށް ވެފައޮއްވަވެސް އެ ހަމަޖައްސާލި މަޤާްމް. ގިނައީ ބޯމީހުން. ޢިސްލާމްދީންނޫން ގޮތެއްބޭނުނވާމީހުން. ޢެހެންވެ ކަމަކުނުދެ. ޢެގޮތައް ކޮންމެދާއިރާއަކަށްބެލިޔަސް ކަންހިނގާފަ އޮންނާނީ އެކަހަލަ ގޮތަކަށް އެއީ ކަޑަކަމެއް ގޯހެއް.

    22
    2
    • ދޮންހިޔަލަ

      އަބޫވަރުގެވެރިޔެއް ނެއް ހަޖަ ކޮއްލާ.

      1
      2
  6. Anonymous

    ނޮވެމްބަރ ކޮންމެ ދުވަހެއްގާ ހުވާކުރިޔަސް އެއީ މިހާރުގެ ރައީސް // ދިވެހީންގެ ރައީސް //

    17
    1
  7. މުންނާ

    ޗޯރަށް ވެރިކަން ލިބުނީ އީސީ ޝަރީފު ވޯޓު އަންދާލައިގެން ދެންކޮން ބަހަނާއެއް ތިޔަދަށްކަނީ އަހަރުމެން ކަލޭ ފޭލިކޮށްލީ ރ ޔާމީންއަށް އަނިޔާދޭތީ.

    8
    1
  8. އަޙްމަދު ނީޒް

    އަސްލު ހަމަ ހަޖަމް ނުކުރެވެނީ އޭ އަހަރެން ބުނާނީ...އިބްރާޙީމް މުޙައްމަދު ޞާލިޙް ވަރުގެ ވެރި އެއް ހަމަ ހިލާ ދެނެއް މިރާއްޖެ އަކުންނެއް ނުލިބޭނޭ އަދި ހޯދަންވެސް ނޫޅޭށޭ.....އަސްލު ކިތަންމެ ނުރުހޭ މީހަކުވެސް އަސްލު އިބްރާޙީމް މުޙައްމަދު ޞާލިޙް ދެކެ ވަރަށް ލޯބިވޭ .....

    2
    8