ފަލަސްތީނާ އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކާއި ގުޅިގެން ފަލަސްތީނުގައި އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެހީތެރިކަން ހޯދަން ދިވެހިން ހުޅުވާލި ފަންޑަށް އެއްދުވަސްތެރޭ އެއް މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން (އައިއޭސީ) އިން ބުނީ، ހަނގުރާމައިގައި ގެއްލުން ލިބިފައިވަ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހާލަތު ގާތުން ބަލައި މިވަގުތަށް އެންމެ ބޭނުންވާނެ ޒަރޫރީ ކަންތައްތައް ދެނެގަތުމަށް ހިތްވަރާއި އެކު އެވޮލެންޓިއަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުންދާ ސަރަހައްދުތަކުގައި ވޮލެންޓިއަރުންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އައިއޭސީން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސްއިންވަނީ ވައި، ކަނޑު އަދި އެއްގަމު މަގުން އިސްރާއީލަށް ހަމަލާ ދޭން ފަށާފައެވެ. އެ ހަމަލާތައް ވެގެންދިޔައީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން އެ މީހުން ކުރިމަތިލީ އެންމެ ނުރައްކާތެރި ހަމަލާތަކަށެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 400 އާއި ގާތްކުރާ ވަރަށް މީހުން ޝަހީދުވެ، 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް އެ ފަންޑަށް އެއްމިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް އޭއައިސީން ބުނެއެވެ.

އެހީ ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކްއެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތީ މާގިނަ ފައިސާއެއް ނުން.

    1
    1