މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއެއްގެ ދަށުން ހުޅުމާލެއިން ގަތް އެޕާޓްމެންޓަކީ އޭނަގެ ތަނެއް ނޫން ކަމަށާއި އެއީ އޭނަގެ އެއްބަޑު އެއްބަފާ ބޭބެ މުހައްމަދު އިނާން ހުސައިން މަނިކުގެ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ބޭންކުން ދޫކުރި ފައިނޭންސް ފެސިލިޓީއެއްގެ ތެރެއިން މި އެޕާޓްމަންޓް ނަގާފައިވަނީ ބޭންކްގައި އެތަން ރަހުނު ކުރުމަށްފަހުއެވެ. ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސްގައި ހަދާފައިވާ އެޕާޓްމަންޓަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައެވެ.

އެމްއައިބީން ނިހާނު އާއި އޭނާގެ ބޭބެއަށް ދޫކުރީ، ހަތަރު މިލިއަން ރުފިޔާގެ "ޑިިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީއެކެވެ. މި ފެސިލިޓީގައި އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓުގައި އެދުނީ ފެސިލިޓީގެ ފައިސާ އާއި މަހުންމަހަށް އަރަމުންދާ 'މަންތުލީ ރެންޓަލް' އަދި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ ނަގައިދޭށެވެ. އަދި އެ ފައިސާ އެއްފަހަރާ ނުދެއްކޭ ނަމަ، ފެސިލިޓީގެ ދަށުން ރަހުނު ކޮށްފައިވާ ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓު ވިއްކާލުމުގެ ހުއްދަ އަށެވެ.

ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ފައިސާ ދައްކާ ހަލާސް ކުރުމަށް އަންގައިފައެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފައިވެއެވެ.

މިކަމާއި ގުޅިގެން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ އެތަނަކީ އޭނަގެ އެޕާޓްމެންޓެއް ނޫން ކަމަށާއި އެމްއައިބީން ނަގާފައިވާ ފެސިލިޓީއަކީ އޭނަ ނަގާފައިވާ ފެސިލިޓީއެއް ނޫންކަމަށެވެ. އަދި އޭނަގެ އެޕާޓްމެންޓެއް ކަމަށްބުނެ މީޑިޔާގައި ފަތުރަމުންދަނީ ދޮގު މައުލޫމާތު ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ނިހާން ވިދާޅުވި ގޮތުގައި އެމްއައިބީން ފެސިލިޓީއެއް ނެގީ އޭނަގެ ބޭބެއެވެ. ނިހާންއަކީ އެ ފެސިލިޓީގެ ގެރެންޓަރު ކަމަށް ވަނީ ވިދާޅުވެފައެވެ.

"އެ އެޕާޓްމަންޓަކީ އަޅުގަނޑުގެ ބޭބެ އިނާން ހުސައިން މަނިކުގެ ތަނެއް. އެއީ އެއްބަޑު އެއްބަފާ ބޭބެ ވީމަ ބޭބެއަށް ކަމެއްކޮށްދިނުމަށްޓަކައި އަޅުގަނޑު ގެރެންޓީ ދިނީ. އެތަނުގެ ރަޖިސްޓްރީ އޮންނަނީވެސް އަދި އެތަނުގައި ދިރިއުޅެނީވެސް ބޭބެގެ އާއިލާ." ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ އެކަމުގެ ލިޔުންތައް ވެސް "ވަގުތު" އާއި ހިއްސާ ކުރައްވާފައެވެ.

ނިހާން އިތުރަށް ވިދާޅުވީ އެ ބޭންކުން ހޯދުމަށް އެދިފައިވާ ފައިސާ އެކުގައި ދައްކާ، ޚަލާސް ކޮށްފައިވާ ކަމަށް ބުނެ، އެމްއައިބީން އެ ދައުވާ އަނބުރާ ގެންދިޔުމަށް އެދިފައިވާތީ ސިވިލް ކޯޓުން މިއަހަރު ޖެނުއަރީމަހު އެމައްސަލަ އަނބުރާ ނަގާފައިވާކަމަށެވެ.

އެ ފެސިލިޓީގެ ދަށުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ނިހާންއާއި އިނާން ދެއްކުމުން، އެމްއައިބީން ވަނީ މައްސަލަ އަނބުރާ ގެންދަން ކޯޓުގައި އެދިފައެވެ. ވުމާއެކު އެ މައްސަލަ ބާތިލު ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ ޖެނުއަރީމަހު 24 ވަނަ ދުވަހު ސިވިލްކޯޓުން އަނބުރާ ނަގާފައިވާ މައްސަލައެއްގައި އަނެއްކާވެސް އަޑުއެހުމެއް ބާއްވާ ޣައިރު ހާޒިރުގައި ހުކުމްކުރި މައްސަލަ ނިހާން ވަނީ ކުށްވެރިކޮށްފައެވެ. އަދި އޭނައަށް އެއަޑުއެހުމުގެ ޗިޓްވެސް ނުލިބޭ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ދައުލަތުގެ އެއްތަނަކުންކުރާކަމެއް އަނެއްތަނަކަށް އެނގޭކަމަށްނުވޭ!

    އެކަމަކު ރައީސަށް ޖެހޭ ހުރިހާ މުއައްސަސާތަކާ ބެހޭގޮތުން ސުވާލުކުރުމުން ފުރިހަމަ ޖަވާބު ނޫނީ ވާނުވާ އެނގެން. މިއީ އަރަތެއްނު.

    17
    1
  2. Anonymous

    ސިވިލް ކޯޓަކީ ކަމާ ނުބެހޭ މީހުންނަށް މައްސަލަތަކުގެ ޗިޓް ފޮނުވާ ކޯޓެކެވެ. އަދި މީހުން ނޫޅޭ އެޑްރެސްތަކަށް ވެސް އެމީހުންގެ ޗިޓް ފޮނުވައެވެ. ސިވިލް ކޯޓު ވަނީ ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހިފައެވެ.

    17
    1
  3. ބުރޯ

    މަށަކީ މަށެއް ނޫން. މަށަކީ ދޮންކޭލެއް.

    17
    3
  4. Anonymous

    ކަލޭމެން ލޯނާ ނުލާ ތިޔަތަންތަން ގަނެވޭނެ.

    17
    1
  5. ކޯދޮވުނީމަ ދިމާވާ ކަންކަން

    ތިއީ ރޮޒޭނާގެ މޫނަށް ކޯދޮވުނީމަ ކުރިމަތިވާ ކަންކަމެވެ. މިބުނީ ރޮޒޭނާ އަކީ މާ މާތް މީހެކޭ އެއް ނޫނެވެ. އެކަމަކު އިންސާނެކެވެ. އަންހެނެކެވެ. މީހެއްގެ ދަރިއެކެވެ. އަތްބެކެވެ. މައެކެވެ.

    9
    5
  6. ލަކީ

    ހެހެ ބެންކުންވެސް ދޮގު ހަދާކަމަށް ނިހާނު ތިވިދާޅުވަނީ ހެހެ ތިބޭފުޅުންނަކަށް ދެނެއް ފިއްލަވާއިގެން ނުތިބެވޭނެ އެދުވަސް ތަޢް އެދިޔައީ ނުދައްކާ އޮތް އެއްޗެއް ވިއްޔާ ދައްކަން ޖެހޭނެ

  7. އަލީ

    މަށަކީ މަށެއްނޫން

  8. ގުއިރަވާ

    ނިހާނު ގެ ކެރިއަރުގެ ހައިލައިޓަކީ ރޮޒޭނާ މޫނަށް ބުރުވާލި ފެން ފޮދު

  9. މަލާ

    ދެން މީ ކިހިނެއްވާކަމެއް.ހެޔޮނުވާނެ ސޯލިހުއަށް ތާއިދުކޮށް އެމްޑީޕީއަށް ސޮއިކޮށްލަބަލަ.އެއިރުން ތިމައްސަލަ ނިންމާލެވިދާނެ.ޚުދު ނިހާނަށްވެސް އިނގޭނެ މި ރާއްޖޭގެ ކޯޓް ތަކަކީ އެއްވެސް އިންސާފެއް ލިބޭ ތަނެއް ނޫންކަން.ވެރިކަމުގެ ހުންނަ މީހާގެ ބަރު ދަށުގަ އޮންނަތަނެއްކަން.

  10. އަހްމަދު

    ކަތިވަޅި ގެއްލި މަރިޔަމބުވެސް ގެއްލުނީދޯ!! މިހާރު ހިތަށް އަރާނެ ޕީޕީއެމް ދުކޮށް ނުދެވުނުނަމަޔޭ!!!

  11. ނަނަނަ

    ހެހެހެ.. މަށަކީ މަށެއް ނޫނޯ.. ގަބޫލު ކޮށްފިން..