ހަނގުރާމައަށް ފަހު ޣައްޒާގައި ވެރިކަން ކުރަން ޖެހޭނީ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ކަމަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ބުނެފިއެވެ

ޔަހޫދީ ދައުލަތުގެ އިދިކޮޅު ސިޔާސީ ލީޑަރު ޔައިރް ލަޕިޑް ބުނެފައިވަނީ ހަނގުރާމަ އަށް ފަހު ޣައްޒާއަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ފަލަސްތީނު އޮތޯރިޓީގެ ކޮންޓްރޯލުގެ ދަށަށް ދިއުން ކަމަށެވެ.

”އަހަރެން ގަބޫލުކުރާ ގޮތުގައި އާޚިރުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ ފަލަސްތީނު އޮތޯރިޓީ އެނބުރި ޣައްޒާއަށް ދިއުން” ޔަހޫދީ ދައުލަތުގެ މީޑިއާތަކާއި ވާހަކަ ދައްކަމުން ލަޕިޑް ބުނެފައި ވެއެވެ.

”މިއީ ކުރިންވެސް ކަންތައްތައް އޮތް ގޮތް. ފަލަސްތީނު އޮތޯރިޓީގައި ޣައްޒާގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 20،000 މީހުން އަދިވެސް އެބަތިބި، އަދި ޣައްޒާގައި ހުރި ހިދުމަތް ދޭ އެތައް ތަނަކާއި، މަދަނީ ޖަމިއްޔާތައް ހިންގަނީ އެމީހުން.” އޭނާ ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން އޭނާ ވަނީ ޣައްޒާގެ ވެރިކަމަށް އަންނަން ބައިނަލް އަގުވާމީ މުޖުތަމައުން ޕީއޭ އަށް އެހީތެރިވާން ޖެހޭނެ ކަމަށް ބުނެފައެވެ.

1993 ވަނަ އަހަރު، ފަލަސްތީނު ލިބަރޭޝަން އޮގަނައިޒޭޝަން އާއި އިސްރާއީލާއި ދެމެދު ވެވުނު އޮސްލޯ އެއްބަސްވުންތަކުގެ ދަށުން ފަލަސްތީނު އޮތޯރިޓީ އުފެދިގެން ދިޔައީ 1967 ގެ ކުރިން އޮތް ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން މަގުފަހި ކޮށްދޭނެ، ވަގުތީ ގޮތުން ވެރިކަން ކުރާނެ ބައެއްގެ ގޮތުގައެވެ.

ނަމަވެސް މިއަދު އެ އޮތޯރިޓީގެ މާ ބޮޑު ހަގީގީ ބާރެއް ނެތް އިރު، އެ އޮތޯރިޓީން މަސައްކަތް ކުރަމުންދަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ކޮންޓްރޯލުގެ ދަށުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕީއޭ އަކީ އިސްރާއީލާއި، ހުޅަނގުގެ ޕަޕެޓެކެވެ.

ފަލަސްތީނުގެ ގިނަ ރައްޔިތުންވެސް ދެކެނީ ޕީއޭ އަކީ އެއްވެސް އަމިއްލަ ބާރެއް ނެތް، އަދި އިންތިހާއަށް ކޮރަޕްޓް ބައެއްގެ ގޮތުގައެވެ.

ފީއޭ ހިންގާ ފަތަހަ ޕާޓީއާއި ދެމެދު އެތައް މަސްތަކެއް ވަންދެން ހަނގުރާމަ ކުރުމަށްފަހު ހަމާސް އިން ވަނީ މަޖިލީސް އިންތިހާބު ކާމިޔާބު ކޮށްް 2007 ވަނަ އަހަރު ޣައްޒާގެ ކޮންޓްރޯލް އަތުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙާމަނާއީ

    ތިހެންވެއްޖިއްޔާ އިޒްރޭލްގެ ވެރިކަން ޙަވާލް ކުރަންޖެހޭނީ ޙަމާސްއަށް އެެއީ ފަލަސްތީނަށްވެސް އެންމެ ރަގަޅުގޮތް

    23
    1
  2. އަހުމަދު

    ކަލެޔައްތަ އެނގެނީ .....
    ވެރިކަން ކުރާނީ ކަލޭ

    8
    2
  3. ހިޔަޅުންތަކެއް

    ކަލޭ ބުނާމީހަކުދޯ ފަލަސްތީނުގަ ވެރިކަން ކުރަންޖެހެނީ..އަހަރެން މިބުނަނީ ކަލޭމެންޖެހޭނީ ފަލަސްތީނުން ފާބަން...ކަލޭމެންނަކީ އަމިއްލަ ވަޒަނެނެތް ވަލުތެރޭގަތިބި ކުއްތާތަކެއް... މުސްލިމުންގެ ލެޔަށް ފެންބޮވައިގެންފަތިބި ނުލަފާ މިނިކާވަގުންތަކެ..ފަލަސްތީނުން ފައިބާ ..

    29
    1
  4. އއއ

    ﷲ އިރާދަކުރެއްވިއްޔާ މާލަސްނުވެ ކަލޭމެން އިސްރާއީލޭ ތިކިޔާ ބިންދޫކޮއްފަ ފުރާނަސަލާމަތް ނުވެގެން އެމެރިކާއަށާ އިރުމަތީ ޔޫރަޕައް ހިޖުރަކުރާނެ. !!!!

    12
  5. މޫސަ

    އެހެންވެއްޖެއްޔާ ހަވާލުކުރަންވާނީ އަދާލަތާ އެނމެއިންސާފުވެރިވާނީ އެމީހުން

  6. ހުސޭނުބޭ

    ކަލޭގެ މާމައެއްނޫންތަ ޣައްޒާގައި ވެރިކަންކުރާނީ! ހޭބައްޔާ!

  7. އަލީ18001

    ޕީއޭ ބެލުމުގެދަށުގަ ހުރި ވެސްޓް ބޭންކުގެ ބިންތަކުގައި ކަލޭމެން ފްލެޓުއަޅާ ފޭރިގަންނަމުންދަނީ. އެހެންވެ ޕީޢޭ ބޭނުންވާނެ ދޯ.

  8. Anonymous

    ކަލޭމެން ޔަހޫދީންނަށް ވަކިދައުލަތެއް އޮންނާން ނުޖެހޭނެކަމަށް ޔަހޫދީ އިލްމުވެރިން ފަތުވާ ދެއްވާ، އެމީހުން ބުނަނީ ޔަހޫދީ ދައުލަތީ ތައުރާތުގެ ނައްސާއި ހިލާފުވކަމެކޭ، ތިޔައީ ޤައިރު ޝަރުޢީ ދައުލަތެކޭ !

  9. Anonymous

    ބަލަ ވެސްޓްބޭންކްގަ ނޯވޭ ހަމާސްގެ އެއްވެސްބާރެއް، އެކަމަކު ކިތައްމީހުން އަހަރަކު އެތާ އެބަމަރާ، ގެތައްހަލކު ކޮށް، އަލިފާންރޯކޮށް. ޔަހޫދީންނުހަދާނެ ތެދެއް، އެއްބަސްވުންތަކާ ހިލާފުވާނެ. ހަމާސްއޮތަސް ނެތަސްތިމީހުންގެ އަނިޔާވެރިކަން ނުނިމޭނެ..ބޮޑު ބަލާވެރިކަމެއްތީ