މިއަދު ހަވީރު ސިނަމާލެ ބުރިޖްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރުގައި ސްކޫލްތަކުގެ ދަރިވަރުން ބޭންޑުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންސީސީ އިން ބުނެފިއެވެ.

އާންމުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މި އާއިލީ ހަވީރު ކުރިއަށްދާނީ މިއަދު ހަވީރު 16:00 ކުން 18:00 އަށް ސިނަމާލެ ބްރިޖްގައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޤައުމީ ކެޑޭޓް ކޯޕްސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑައިރެކްޓަރު ލިއުޓަނެންޓް އިބްރާހިމް އިބްތިޝާމް ވިދާޅުވީ މި ހަރަކާތުގައި ބައިވެރިވާނީ މާލޭ އޭރިއާގެ ހުރިހާ ސްކޫލްތަކެއްގެ ކޮންބައިންޑް ބޭންޑަކުން ކަމަށެވެ.

"ސްކޫލްތައް ބަންދުވީމަ އެކްޓިވިޓީސްތައް ވެސް މެދުކަނޑާލާފައި ހުރީމަ ވަރަށް ޝޯޓް ނޯޓިސްއެއްގެ ތެޜޭގައި ސްކޫލްތަކަށް އަންގައިގެން މިކަން މި ކުރީ. ހަމަ ނޯޓިސް ލިބުނުއިރަށް މިވީ ދުވަސްކޮޅު ތެރޭ އަވަހަށް ޕްރެކްޓިސް ކުރިއަށް ގެންދިޔައީ،" އިބްތިޝާމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އިބްތިޝާމް ވިދާޅުވީ ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމަށް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް އެމްއެންސީސީ އިން ކުރިއަށް ގެންދާ މި ބޭންޑްގެ ހަރަކާތުގައި މިއަދު ހަވީރު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެއެވެ.

އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުވިގެން ދިޔަ ސިނަމާލެ ބްރިޖްގައި އިއްޔެ ވަނީ އެއްފަހަރާ ފަސް ކައިވެންޏެއް ކޮށްފައެވެ. އަދި މިއަދު ހެނދުނު ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސްކަލް ބުރެެއްވެސް ބްރިޖްމަތީގައި ކުރިއަށްގެންގޮސްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބްރިޖްމަތީގައި ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  2. އ.ޖ.އ

    އަނެއްކާ ބުރިޖަށް ކަރަންޓު ދޭން މުޅި މާލެއިން ކަރަންޓު ދުއްވާލަ.

  3. ބެއްޔާ

    ޗުއްޓީ އެއްވެސް ނޫން. މިއަދުވެސް ޓެސްޓު ހަދަން ފަށަނިކޮއް ކަރަންޓު ދުއްވާލައިގެން އެއަށް އިންތިޒާރުގަ 2 ގަޑި އިރު ހޭދަ ކުރަން ޖެހުން.