ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ ވެރިކަމަށް އަންނަނީ ފަސް އަހަރު ވެރިކަން ކުރުމަށް ފަހު، ފައިބަން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު އެ ދެ ޕާޓީން ވެރިކަން ކުރުމަކީ އެބޭފުޅުންގެ އުއްމީދެއް ކަމަށެވެ.

އަދުރޭ ވަނީ ޕީޕީއެމް ބައިބައި ކުރުމަށް ފުރުސަތު ނުދެއްވުމަށާއި، އެކަމަށް އެއްބާރުލުން ޕާޓީގެ މެންބަރުން ނުދެއްވުމަށް އެދިވަޑައިގެންފައެވެ. ޕީޕީއެމް/ޕީއެންސީ ތެރޭގައި މައްސަލަ ޖެހިފަިއވާކަމަށް އެކި ފަރާތްތަކުން ބުނަމުންދާކަމަށާއި، ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ޕީޕީއެމް/ޕީއެންސީން މިހާ ހިސާބަށް މި އާދެވުނީ ލީޑާޝިޕާއި ސަޕޯޓަރުން ދެއްކި ހިތްވަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް/ޕީއެންސީ އިން ފެށީ ދަތުރުގައި ބޮޑެތި ގޮންޖެހުންތަކަކާއި، ދަތިތަކާއި ކުރިމަތިވި. އަދި ޕާޓީ ހަލާކުވެދާނެއޭ ހީވި ހާލަތްތައްވެސް ދިޔަ. އެހެން ނަމަވެސް ދަތުރުކުރި މިސްރާބަށް ވާސިލްވެވުނު. އެއީ ޕާޓީގެ ލީޑަޝިޕާއި، ސަޕޯޓަރުން ދެއްކި ސާބިތުކަމުގެ ސަބަބުން." އޭނާ ވިދާލުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ މެންބަރުން ތިބިކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، އެންމެ އަށް މެންބަރުންގެ ސަބަބުން ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވި ކަމަށާއި އެފަދަ މެންބަރުން މަޖިލީހުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީން ވަނީ ހިތަދޫ،މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އިތުރުން ހުޅުމީދޫގެ ޕީޕީއެމް އަށް ތާއީދުކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ، ވެރިކަމަށް އަންނަނީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީވެސް އެޕާޓީއަށް މުހިންމު އިންތިޚާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރެއް ކަމަށާއި މި ދަތުރުގައި ރައްޔިތުންގެ ކަންބޮޑުވުންވެސް އައްސަވާނެކަމަށެވެ. އެބޭފުޅުންގެ މި ދަތުރަކީ ނިމިދިޔަ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރަން ކުރައްވާ ދަތުރެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލައިމޫ

    އާނ! ކަލޭ އޮވޭ ދެން ވެރިކަމުގަ ބަގުޑި ބައްދައިގެން! ކައްވަޅަށްވެސް ދާންވާނީ ވެރިކަން ހިފައިގެން!

    13
    1
  2. Anonymous

    ކަލޭ ބޭނުންނުވިޔަސް ތިކަމެއް ނުވާނެ!
    ވޯޓުލީ މީހުންގެ ތެރެއިން 50% ށް ވުރެ އިތުރުވި އެންމެ 4% އާއި އެކީ، އެއީ މުޅި ރާއްޖޭގެ އެންމެން ބޭނުންވާގޮތްކަމަށް ހީވާނަމަ ތިއީ އޮޅުމެއް.

    މަޖުބޫރުން ވޯޓުނުލެވުނު މީހުންނާ އަދި ކަލޭމެންގެގޮތް އެނގިގެން ވޯޓު ނުލި މީހުން ގިނައީ. ދެންވެސް އަނގަމަޑުންލައިގެން ވެރިކަން ކުރެވޭތޯ ބަލާބަލަ.

    11
    2
  3. މަރޭ

    އަހަރުމެން ވޯތުލީ 5އަހަރަށް.ތިޔައީ މައްސަލައްކި.5އަހަރަށް ވޯޓުލީމަ އަނެއް ވީ ވައުދު ހަދާްން ނައަތަލަާ އަނެް 5 އަހަރަށް މަސައްކަތް ފަށަނީ.

    11
    1
  4. ޖަވާހިރު

    އަދުރޭމެން މޭފުއްޕާލާފަ އުޅޭ ނަމަ ނިކަން ތިޔަ ފަހަތުން ފެންނަ ފޮޓޯފުޅާ ނުލާ ނުކުމެލަބަލަ ޒައިޒު އެގޭނެ

    17
    2
  5. ހާދިމް

    އެކަކުންޏެއް ހޮރުކޮންނާނީ އެކަކުންޏެއްގެ ވަރުން ނޭބުނާތީ އަހަން، އަދުރޭ ރައީސް ޔާމީނުގެ ފޮޓޯއާ ނުލާ ތީ ހައްޕުނޑު.

    15
    1
  6. ނެގުނުކަތީބު

    އެއީ ތެދެއް. ވެރިކަމުގައި ބަގުޑިބައްދާގެން ތިބޭގޮތަށް.

  7. ޢަބްދުﷲ

    އިވޭ އަޑުތަކުން ހިއެއްނުވޭ ތިބޭފުޅުންވެސް ދެވަނަ ދައުރެއް ފުރިހަމަ ކުރާނެއޭ

    19
    1
  8. ފާތު

    ހީވޭތާ ކަމެހެން.މިއުޅެނީ އަދި ހުވާ ނުކޮއް

  9. ގުވީ

    ފަހަތުން ފެންނަން އެހެރަ ބޮޑު ވަގު ދައްކައިގެން ވެރިކަމަށް ތި އާދެވުނީ.. އަދި މާ އަވަހަށް ތި ފުއްޕަންފެށީ..ރައްޔިތުން ވޯޓްދިނީ އެ ވަގުކަލޭގެއަށް. ކަލެއަކަށްނޫން..ސަބަބަކީ މިރާއްޖޭގެ ރައްޔިތުންނަކީ ޕްރޮފެޝަނަލް ވަގުންނަށް އިޙުތިރާމުކުރާ ބަޔަކަށް ބާތީ ކަމަށް ވެދާނެ.

    1
    1