ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވިޓެއްގައި ނަޝީދު ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ޣައްޒާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ދަނީ ޝަހީދުވަމުންނެވެ. މިކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ އިސްރާއީލުން ހަމަލާތައް ހުއްޓާނުލައިފިނަމަ މުޅި ދުނިޔެ އިސްރާއީލާއި ދެކޮޅަށް ތެދުވުމަކީ ގާތް ކަމެއް ކަމަށެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ޔޫއޭއީގައި މިއަދު ފެށިގެން ކުރިޔަށް ގެންދާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި ވަޑައިގެންނެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ކުރިޔަށް ގެންދާ ހަމަލާތަކުގައި އެންމެ ވަރުދަގައަށް ހަމަލާތައް އަމާޒު ކުރަމުން ގެންދަނީ، އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއަން ހޮސްޕިޓަލަށް ލޮޅުން އަރާވަރު ކައިރިއަށެވެ. އެގެ އިތުރުން އުތުރުގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ޖަބަލިއާ އަށް ވެސް ހަމަލާތައް އަމާޒު ކުރަމުން ގެންދެއެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީން އަގަބާ، ގަލްގީލިއާ އަދި ބަލަތާ އޭރިއާއަށް ވެސް ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ. މިހާތަނަށް 10،328 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު 4000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

މިހަނުގާރަމަ ހުއްޓާލުމަށް ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ސިޔާސީ ލީޑަރުން ގޮވަމުންދިޔަ ނަމަވެސް އިސްރާއީލުން އެކަމަށް އިޖާބައެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑަންޑަހިލް

    ތިޔަ ކަހަލަގެ ދެއުޅި އެއްނުވާ ؛ާދީނީ މަރުމޯލަކު ނުބުނެގެން ހަނގުރާމަ ހުއްޓާނުލާ އެ އޮތީ މިކަހަލަ މީހުން ގޮވ ކޮސް ނޫހުގެ ފަލަ ސުރުހީއަށް އަރުވަނީ ނޫހުގަ ލިޔާނެއެއްޗެއްނެތީމަކަންނޭގެ

    4
    1
    • ޢަހުމަދުވަގާރު

      ހީވަނީ ކަލެއަށް ވުރެ ރަނގަޅު ވާނެ ހެން ދޯ