ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު، މުލިއާގެއިން ނުކުމެވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މިހާރު ދިރިއުޅުއްވަނީ ފަޒްނާގެ އާއިލީ ގެކޮޅު މ. ސަނީގައެވެ. ނޮވެންބަރު 17، 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސްގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ އެ މަހުގެ 30 ވަނަ ދުވަހުއެވެ.

މުލިއާގޭގައި އެންމެ ފުރަތަމަ ރައީސަކަށް ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވީ ވަރަށް ކުޑަ ދުވަސްކޮޅެއްގައެވެ. އެއީ ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ. ނަޝީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ ގ. ކެނެރީގޭގައި ހުންނެވި ނަމަވެސް ފަހުން ވަނީ މުލިއާގެއަށް ބަދަލުވެވަޑައިގެންފައެވެ. އޭގެ ފަހުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސް ކަމަށް ވަޑައިގެން ބޭނުން ކުރެއްވީ ހިލާލީގެއެވެ.

ވަހީދުގެ ވެރިކަމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވީ އަމިއްލަފުޅު ގޭގަައެވެ. އެ ސަރުކާރުގައި މުލިއާގެ ބޭނުންކުރީ ސިޔާސީ ބައްދަލުވުންތައް ބޭއްވުމަށެވެ. އަދި ފަހުން ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެކިއެކި ހަރަކާތްތައް ހިންގެވުމަށް އެ ތަން ބޭނުން ކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިރުކަކުނި

    ތާއަބަދު އެތަނުގަ ނޯވެވޭނެ ދޯ އަޖަލު ހަމަވީ ދެއްތޯ

    46
    8
  2. އައުޓް

    ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް ރައީސް އިބޫ އައުޓް ފަޒޫ އައުޓް

    37
    20
    • Anonymous

      މާޝާﷲ، ހާދަ އަތުލިޔުމަށް ފަރިތައޭ

      8
      1
  3. ޙުވާ

    ޢަލްޙަމްދު ލިﷲ

    47
    5
  4. ބައިރޯ ގަލަން

    އޮނަރަބަލް ޤާސިމް އިބްރާޙީމް ވިދާޅުވާޙެން ގެއަށް ކަޑާލަން ޖެހުނީއެވެ ރަށްރަށުގަ ފަށަފަ ނިމުނު ކަމެއް ނެތެވެ އެކަން ކަމަށް ހުރި ފައިސާ ކޮބައިތޯ ވަނީ ބަލަން ޖެހިފަ އެވެ

    3
    1
  5. ރަންރީނދޫ

    الحمد لله.

  6. މަޑޭ

    ކޮށްދެއްވި ޙިދުމަތަށް ޝުކުރިއްޔާ، ނަމަވެސް އަހަރުމެން ހަވާލު ކުރި އެންމެ މުހުންމު ކަންތަށް ވީ ނުކޮށްދީ އެއީ ކުރީސަރިކަރުގެ ކޮރަޕްޝަންގެ މައްސަލަތަށް ބެލިފައި ނެތް، މަރުގެ ހަގީގަތްތަށް ބެލިފައި ނެތް.، މަނިކުފާނު ދައުރުގައި ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓްލަރެނެސްއޭ ކިޔެއްކަމަކު މަނިކުފާނުގެ ހެލްތް މިނިސްޓަރު ކުރި ވެންޓިލަރުގެ ވައްކަމާއި މަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރު ހިންގި ދަށުދަރަޖައިގެ ފާހިޝް އަމަލާއި ދެންވެސް މަނިކުފާނު އެކި ވުޒާރާއަށް ލާފައި ތިބި އެކިވަރުގެ ވެރިން ހިންގި އާމުންނާއި ހަމައަށް ތިލަވެފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކަށް މަނިކުފަނު ދިނީ ބީރުކަންފަތެއްކަން ފާހަގަކުރަން. މަނިކުފާނުގެ ތަރައްޤީ ޕްރޮޖެކްޓްތަކަށް ބަލާއިރު ވަރަށް ސޮލޯކަން ފާހަގަކޮށް ޕްރޮޖެކްޓްތަށް ނިންމައި ނުލެވި ދައުލަތަށް އޭގެސަބަބުން ބުރަ ބޮދުވެ ރާއްޖޭގެ އާމްދަނީ ދަށްވެ ކުރިއެރުން ދައްވިކަންވެސް ފާހަގަކުރަން.

    10
  7. ޙެހެހ

    ވެރިކަން ގެއްލުނީމަ ، މޭކަޕްކުރާކުދިންކޮޅުވެސް ފިލީތަ ، އިބޫތިހުރީ ، ޓޮމްއެން ޖެރީގަ ޓޮމްްހުންނަހެން ވަރަށް މޯޅިވެފަ ، މިހާރު އިޚްސާސްވާނެ އާރާއިބާރަކީ އަބަދު ހުންނާނެ އެއްޗެއް ނޫންކަން

  8. ގ

    ގޮޅި އަށް ދާން ރެޑީވޭ

    16
    4
  9. ގެއަށް

    ގެއަށް ކަނޑާލާ. ވެންޓިލޭޓަރު ވަގު. ލާރިކޮޅު ނުދީފިއްޔާ ގޮޅިއަށް

    15
    3
  10. ކަލުބެ

    ކޮންފަދަ ރީތި ނަމޫނާ ދައްކާލީޑަރެއް އިބޫއަކީ! ހިތްތިރި ކެތްތެރި އަދި މަޑުމައިތިރި ވެރިއެއް ގަދަފައި ވިއްދައިގެން އެއްވެސް ކަމެއްކުރަން އުޅޭތަނެއް ނުފެނޭ!

    15
    33
    • ރިސްފަތު

      ރީތިބަހުން ބުނާނަމަ ތީ ތަނެއްގަ ހުރި ކަޑުކޮހެއް ވާނުވާގަ 5އަހަރު ގައުމު ވިއްކާ ގައުމު އިނދަޖައްސާލި ގައުމު 100 އަހަރު ފަހަތަށް މިގައުމުގެ ދަރަނި ވޭތުވެ ދިޔަ80 އަހަރު ނާރާވަރށް ދަރަނީގެ ދަންތުރައރއްގަ ގައުމު ދުއްވާލާ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގަ 3 ލައްކަ ރުފިޔާގެ ބޮޑް ދަރަނި އަޅުވާފަ ތިތަނުން ނިކުމެގެނން ދާޖެހޭނީ މާފުށީ ގޮޅިޔަށް މީ ސޯލިހު ވެސަ ތަޖުރިބާ ކުރަން ޖެހޭނެ ކަމެއް އިންޝާ ﷲ މިތަން ފެންނާނެ

      5
      3
    • ޢަބްދުﷲ

      👍👍👍👍👍👍👍👍👍

  11. ދޮނާ

    ފުރަތަމަބުރު ވޯޓަށްފަހު އާވާރާވެގެން މަގުމަތީގައި ފުމުނު ހަނދާންވަނީ ،
    ތިފިލްމްނިމުނީ ،،،

  12. ޢަހިމަދު

    ބަލަ ހިތްތިރިއަސް މައްޗަސް ދެންޖެހޭނީ ހަމަނުކުންނަން

  13. زوجين فقراء

    ވަރަށް ދެރަ ވަރަށް ބާއިވަރު ކޮޓަރި އާއި ފާހާނާ ހުރި ބޮޑު ގެއެއްގައި އުޅޭތީ ފްލެޓަށްވެސް މި ދެމަފިރިން ސަރުތު ހަމައެއްނުވި އަކުރަމު ހީކުރީ އަމާބަފާގެ ވާރިތަ މުދަލުގައި އުޅެނީކަމަށް ހަގީގަތުގައި ވަންނާނެ ތަނެއް ނެތިގެން މީހުންކޮޅަކު ބަހައްޓާލަ ދިން ގެއެއްގައި މިއުޅުނީ މިހާރު ނުކުންނާށޭ ބުނީމާ ނުކުންނަންތާ މިޖެހުނީ ދެން ފަގީރުންނަށް ހަދާ ފްލެޓުތަށް ވެސް އަދި ބިމުއަޑިން ނާރާތީ ކީއްކުރާނީ އެހެން ނޫންނަމަތާ...