ސްރީލަންކާ އެއާޕޯޓުން ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކުން އޭނާ ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "އަޑާޑެރަނަ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ބެންކޮކުން ރާއްޖެއަށް އައުމަށް ލަންކާ އެއާޕޯޓަށް ގޮސް އުޅެނިކޮށް އޭނާ ގެންގުޅުނު ލަގެޖްފޮށި ޗެކް ކުރިއިރު، އޭގެ ތެރެއިން ރިވޮލްވަރެއް ކަހަލަ ފިސްތޯލެއް ފެނިގެން ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެނޫހުން ބުނި ގޮތުގައި އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު އަންނަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

މިހާދިސާއާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސްވައު34

    އެމްޑީޕީގެ ކުޅިގަންޑު ފެށެނީ!

    52
    5
  2. އަދުނާން

    ރިވޯލްވަރއެއްކަހަލަ ފިސްތޯލަ އެއީ ކާއެއްޗެތި ކަހަލަ ފޫޑް ދޯ؟

    މި މީހަކު އެފަދަ ނުރައްކާ އެއްޗެއް ގެންގުޅުނީ ކީއްވެބާ

    37
    1
  3. ޖަވާހިރު

    ފިސްތޯލާގެ މެކޭނިޒަމްއާއިމެދު ޝައްކު އުފެދިގެން ކަމަށްތިވާނީ، ބައެއް އެކަހަލަގެ ލައިޓަރު ހުރޭ ރޭޒާފުއް ވެސް ލެއްވޭގޮތަށް.

    27
    2
  4. ގަމާރުން

    ކުޅޭ އެއްޗަކަށްވެސް ވެދާނެ.
    ދިވެއްސަކު (ނޮވެމްބރ 3 ގެ ބާއީ ގްރޫޕް ފިޔަވައި އެހެން ބަޔަކު) ތިހާ ގަމާރުކަމެއް ނުކުރާނެ.

    55
    7
    • ސަތޭ

      ވަރަށް ގިނަ ގައުމުތަކަށް ދެވި މީހުންނާ ބައްދަލުވެއްޖެ! މިހާ ގަމާރު މީހުން އުޅޭތަނެއް މަދޭ ނުވަތަ ނެތޭ ބުނުން ދޮގަކަށް ނުވާނެ.

      10
      2
  5. Anonymous

    މުއިޒްހުވާކުރައްވާ ރަސްމިއްޔާތު މަޖިލީސްގައި ބޭއްވުމައް އެދެން

    11
    1
  6. ބެއްޔާބޭ

    ބާއީ ގުރޫޕް، ހިންދީ ފިލްމުތަކުން ފެންނަފަދަ ބާއީ މެންގެ ގުރޫޕެއްތަ؟
    ދިވެހިރާއްޖޭގައި އުޅެނީ ބްރޯ ގުރޫޕް.

    11
  7. އިންސާން އަހުމަދު

    ގޭންގްތައް ހަތިޔާރުއަޅައިގެން މީހުންނަށް ބިރުދައްކާއިރު އާއްމުން ހުސް އަތާ ކިހިނެއް ކުރިމަތިލާނީ؟ ބޭރުތަންތަނަށްވުރެ ރާއްޖެ މާ ބިރުވެރި. ފިހާރަތަކަށް ބަދެ ވައްކަންކުރަނީ، ފަޅަނީ، ރޯމާދުވާލު ފޭރެނީ. ސަލާމަތްކަން ކަށަވަރުނުވެ ގެއިން ނުކުންނަކޮންމެ ފަހަރަކު ބުރުވެރިކަމެއްގަ ތިބެނީ. ދެން ފިސްތޯލަ ހިފައިގެންވެސް ހަމަ ގޭންގުތަކުން ސަރުކާރު ކުޑަކަކޫ ޖައްސުވާފަ އެމީހުންް ބޭނުން ގޮތެއް!! ގޭންގުތައް ނައްތާލަން އާއްމުން ކަނޑި ބަޑި ގެންގުޅެންވީ ފުލުހުންނަށް އެމީހުން މައިތިރި ނުކުރެވެންޏާ!!

    10
    1
  8. ކިނބޫ

    ނޮވެންބަރު 3 ގެ ބާޣީންގެ ކަންތައް ފެށުމުގެ ތައްޔާރީތައް ތި ފެންނަނީ

  9. ކަށިކެޔޮ އާދަނު

    ތިވާނީ ފަލަސްތީނަށް ޖިހާފަށްދާންއުޅޭމީހެއްކަމަށް ؟