ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރަކީ އެއީ މަޖިލީހުގެ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށް ބުނެ، ޑިމޮކްރެޓްސްއިން އެ ގަރާރު ބޭރުކޮށްލުމަށް ގޮވާލައިފިއެވެ.

މިއަދުގެ ޖަލްސާ ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފު ރިޔާސަތުގައި ހުންނަވައިގެން ފަށާފައިވާއިރު، އެމްޑީޕީން ހުށަހެޅި ގަރާރަށް ބަހުސް ކުރަމުން ޑިމޮކްރެޓްސްގެ މެމްބަރުން ބުނެފައިވަނީ އެގަރާރަކީ އެއްވެސް ގޮތަކަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުންނަން ޖެހޭ އޮނިގަނޑަށް ފެތިފައިވާ ގަރާރެއް ނޫން ކަމަށެވެ.

އެގޮތުން އެ ގަރާރަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 169 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް ހުށަހަޅާ ހުށަހެޅުންތަކާއި ގަރާރުތައް ހުންނަން ޖެހޭ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އަދި މިމަހުގެ 9 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް މަޖިލީހުގެ ގަވައިދަށް ބަލަން ޖެހޭ ކަމަށް ސާފުކޮށް ހުކުމް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުގައި އެއްވެސް ކަހަލަ އޮނިގަނޑެއް ނެތް ކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ، އެފަދަ ގަރާރެއް މަޖިލީހުގެ ތަޅުމަށް ވެސް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެ ގަރާރު ބަލައި ނުގަނެވޭނެ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

"މިހާރު މި ހުށަހެޅިފައިވާ ލިޔުމުގަ އިއްޒަތްތެރި ރައީސް ގަރާރެކޭ ވެސް ނެތް ބުނެފައެއް. ސިޓީ އުރަ ބޭރުގަ ގަރާރެއް ހުށަހަޅަމޭ އޮތީ. ހުށަހެޅި ލިޔުމުގަ ވެސް ނެތް" އިލްޔާސް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިފާހު

    ރައިސް ނަސީދު އިސްތިއުފާ ރައްޔިތުން ނަސީދުގެ އިތުބާރުނެއްކަމަށް ދެއްހާސް ސައްވީހުގައި ނަގާނެއް އިންސާﷲ އެދުވަހުވެސް ނަސީދުވިދާޅުވާނީ ތިމަންނައޭތައް ރިޔާސަތުގައި އިންނާނީ ކީވެތޯ ތިހާބިރުންތިއުޅުވަނީ ވޯޓާކުރިމަތިލަވަން ބިރުން ޑިމޮކުރަސީގެ ބައްފަކަމަށް ވިދާޅުވާބޭފުޅާ މިއަދުފެންނަނީ މަގާމާހެދި މަޖިލީސްވެސް ކޯޓުގެބާރު ކަޑުވާލާފައި ރިޔާސަތުގަައި ބަގުޑިބަދައިގެން އިންނަވަންއުޅުވާތަން

    10
    1
    • ޢެވާ

      އެވާގޮތަކީ ނަޝީދު ބޭނުމެއްނުވޭ ކިރިޔާވެސް ދުލެއްދެވެން ނެތިއްޔާ ދޭކަށް އެއީ އެކަންވާނެ ގޮތްވެސްމެ!