ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ޤަރާރެއް ހުށަހަޅާފައިވަނީ ގަވައިދާ ޚިލާފަށް ކަމަށްބުނެ ޑިމޮކްރެޓްސްއިން ނިޒާމީ ނުކުތާތައް ނަގައި މަޖިލިސް ހޫނުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތުގައި އިންނެވ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. އަފީފްއަކީވެސް ޑިމޮކްރެޓްސްގެ މެންބަރެކެވެ. ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ވިދާޅުވަނީ މަޖިލީހަށް ޤަރާރު ހުށަހަޅަން ޖެހޭ ގޮތް މަޖިލިސް ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

އެމްޑީޕީން ޤަރާރެކޭ ކިޔާފައި ހުށަހަޅާފައިވަނީ ސިޓީއެއް ކަމަށާއި ސިޓީ އުރައިގެ ބޭރުގައި ގަރާރު ޖެހުމަކުން ސިޓީއެއް ގަރާރަކަށް ނުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި މައްސަލަ ނުބެލޭނެ ކަމަށް އާޒިމް ވަނީ ގޮވާލާފައެވެ. އާޒިމްގެ އިތުރުން ޑިމޮކްރެޓްސްގެ އެހެން މެންބަރުންވެސް ބުނަމުން ދަނީ މިއީ ގަވައިދާ ޚިލާފަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށެވެ. އެހެން ކަމުން މި ޤަަރާރު މަޖިލީހުން ބޭރުކުރުމަށް ޑިމޮކްރެޓްސްއިން ދަނީ ގޮވާލަމުންނެވެ.

މަޑަވެލީ ދާއިރާގެ މެންބަރު ފިރުޝާންވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ފިރުޝާންވެސް ބުނަމުން ދަނީ އެއީ ޤާނޫނު އަސާސީ އާއި މަޖިލީހުގަ ގަވައިދާ ޚިލާފަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށެވެ.

އުގޫފާޜު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުވެސް ވިދާޅުވަމުންދަނީ މިއީ އެމްޑީޕީން ކުޅޭ ކުޅިވަރެއް ކަމަށެވެ. މި ޤަރާރު މަޖިލީހުން ނުބެލޭނެ ކަމަށެވެ.

ޑީމޮކްރެޓްސްއިން ހުށަހެޅި ނިޒާމީ މައްސަލަތައް ބަލައިގަނެ އަލުން ގަރާރު ހުށަހެޅުމަށް އެންގުމަށްފަހު މަޖިލިސް ނިންމާލައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައްދާރު

    ގައްދާރު ދަ ޑިމަކުޓްގެ ގެ މެންބަރުން މަޖިލިސް ހިސޯރު ކޮއްގެން އުޅެނީ މަކަރުވެރި ކަމާއި އެކު އެތައް ބައިވަރު ބޮޑެތި ޖަރީމާ ހިންގާ ފައިވާ އިޒްރޭލު މީހުން މިގައުމަށް ނުގެނެވުމަށް އެދި ގޮވާލާ ހުށަ އަޅާފައިވާ ގަރާރު ފާސްވެދާނެ ކަމަށް، ސަބަބަކީ ދަޑިމަކުރެޓަށް ނިސްބަތްވާ ގައްދާރު މުހައްމަދު ނަސީދައް ޔަހޫދީ މިސަނަރީ ތަކުން ވާ ނުވަތަ ދޭ އެހީތައް ކަނޑާލާފާނެތީވެ. އަދި މުޅިދުނިޔޭގެ ހުރިހާ ޤައުމުތަކުން ޔަހޫދީ ދައުލަތާ ދެކޮޅައް އަޑުއުފުލާފައި ވާއިރު މުސްލިމް ޤައުމެއްގެ އެއްބާރު މުށުތެރެޔަށް ލައިގެ ހުރި ޤައްދާރު ނަސީދައް ފަލަސްތީންގެ ހައްޤުގައި އެންމެ ބަހެއްބުނެލަން ކީކުރަން، އަންގަ ހުޅުވާލަންވެސް ނުކެރެ؟؟؟ އެކަމަކު ހުޅަނގުގެ ފަރަންޖީން ފޮޑިއެއް ޖަހާލިޔަސް ތައުޒިޔާ ކިޔާނެ<< މީލަދުވެތި ކަމެއް މުޅިދިވަހި ޤައުމަށާއި މުސްލިމް އުއްމަތަޢް!!!!

  2. ޙައްވަ

    މިއުޅެނީ މަޖިލިސްހިސޯރުކޮއްގެން މުއިއްޒު ހުވާކުރާޖަލްސާގައި އިނދެގެން ބޮޑު މަންޒަރުދައްކަށް ކަމަކާ ހެދި މޮޔަވިއަސް މީބޮޑުވަރު