ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ އަޑުއެހުމަށް ރައީސް ނަޝީދުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ވިލުފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފެވެ.

މަޖިލިސް ފެށިގެން ދިޔުމާއެކު މެންބަރުން ވަނީ ނިޒާމީ ނުކުތާތައް ނަގަން ފަށާފައެވެ. އެގޮތުން މި ޤަރާރަކީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ހުށަހެޅިފައިވާ ޤަރާރެއް ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމްޑީޕީން ބުނަމުން ދިޔައީ އެ ޤަރާރު ހުށަހަޅާފައިވަނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އެމްޑީޕީން ބުނާގޮތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އިންނެވީ މަސްލަހަތު ނެތް ބޭފުޅެއް ކަމަށާއި ގަސްތުގައި ނިޒާމީ ނުކުތާ ނަންގަވަން ފުރުސަތު ދީގެން އިންނެވީ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން އަލީ އާޒިމް ދެވަނަ ފަހަރަށް ނިޒާމީ ނުކުތާ ނަންގަވާ ވިދާޅުވީ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ގަރާރުގައި އެ ސިފަތައް ނެތްކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހަށް ގަރާރުގެ ގޮތުގައި ފޮނުވާފައިވަނީ ސިޓީއެއް ކަމަށް ތަކުރާރުކޮށް ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ ބުނަމުންނެވެ.

މެންބަރު އުޝާމް ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ޤަރާރުތަކުގެ ވާހަކަ ޤާނޫނުއަސާސީގައި ދެ ހާލަތެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާ ގަރާރާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ގަރާރު ކަމަށެވެ.

އެމްޑީޕީން ބުނަމުންދަނީ މި މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ނިޒާމީ ނުކުތާ ގިނަވެ އެންމެފަހުން ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ގަވައިދާ ހިލާފު ކަމަށްބުނެ މިއަދު ޖަލްސާ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތިވަރުން ދާނަމަ ދައުރު ހަމަވީމަވެސް މަޖިލިހަށް ދާނެ.. ބުނާނެ ގާނޫނު އާސީގައި ދީބާޖާ ނެތިގެން ދައުރު ނުނިމެޔޭ... ޙެހެހެ

    17
  2. އަންނި

    އަސްލަމްމެންމީ އެއްޗެއް ލިޔަންވެސް އެނގޭބައެއްނޫން 49 މެމްބަރުންނަށް ޤާނޫނު އަސާސީ ހިތުދަސްކޮއްގެން ކިޔާދޭން އަމުރެއް ސުޕްރީކޯޓުން ނެރެންވީ

  3. ޒިމް

    ޤަރާރު ތިއޮތީ ބޭޤަރާރުވެފައި

  4. ޙެހެހ

    ހީވޭ ، ރިޝްވަތު ނޫން އެއްޗެއް ތިތާނެތް ، މިހާރު ނަޝީދުއަށް ބަޔަކު ވިކުނީތި ، ނަޝީދު ކުޅޭނެ ހަކުޅި ކުރިއަށް ، ތީ ރިޝްވަތުގެ މަޖިލިސްއެއް

  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އަޅުގަނޑަކީ ޔާމީން އަށް ފުރާނައިން ޤުރުބާންވާން ތައްޔާރަށް ހުރި ޕީ.ޕީ.އެމް ގެ މީހެއް. ނަމަވެސް މިކަމުގައި ފާޑެއް ކިޔާނަން. އިބޫ ބުއްދި ފަސްވެއްޖެ! އިބޫ އޮތީ ދަ ޑިމޮކްރަޓްސް އާއިއެކު ޑީލް ހަދާފަ، 2 ވަނަ ބުރުގަ ދަ ޑިމޮކްރަޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކޮށްފި-ނަމަ ނަޝީދު ބޭރުކުރަން ނޫޅޭނެ ކަމަށް! އިބޫ ބުއްދި ފަސްވެއްޖެ!!!

  6. ޢަބްދުﷲ

    ހަސަންއަފީފުގެ އިތުބާރުނެތްކަމުގެ މައްސަލަވެސް ލާބަލަ. ކިހާ ދެރަ ކަމެއް މީ ދެން.

  7. ތިމީހުން ދެން ބޭރުކުރާނީ ރައްޔިތުން

    ان شاء ﷲ، ތިމީސްމީހުން ދެން މަޖިލީހުން ބޭރުކުރާނީ ރައްޔިތުން ނިކުމެގެންނެވެ! ދެން މާކަ
    ގިނަ ދުވަހެއް ނެތެވެ! އެދުވަސް އޮތީ ދާދިގާތުގަ އެވެ!