ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރަކީ މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ބޭރުކޮށްފައިވާ ޤަރާރެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ދެންމެ ފެށި ޖަލްސާ ނިންމަވާލައްވައިފިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި އެމައްސަލަ ބޭރު ކޮށްލާފައިވަނީ ނިޒާމީ މައްސަލައެއް، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕާލިއަމެންޓްރީ ލީޑަރު، އަލީ އާޒިމް ނެންގެވުމުން އެކަމާއި ބަހުސް ކުރައްވުމަށް ފަހުއެވެ.

އާޒިމް ފާހަގަ ކުރެއްވި ގޮތުގައި ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރެއް ހުށަހަޅާނެ ގޮތް ބަޔާންކޮށްފައިވާއިރު، އޭގައިވާ ގޮތުގެ މަތިން ދީބާޖާއެއް ވެސް އިތުބާރު ނެތް ކަމުގެ ގަރާރުގައި ހުށަހަޅާފައެއް ނުވާކަމަށެވެ.

އެއަށްފަހު، އެމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހުސެއިން އަފީފް ވަނީ އެ ޤަރާރު ބޭރު ކޮށްލާފައެވެ.

އެ ޤަރާރު ބޭރު ކުރުމާއި އެކީ މިއަދު 11:30 ގައި ވެސް އިތުރު ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ، އެޤަރާރަކީ ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ޤަރާރެއް ކަމަށެވެ. އެހެން ކަމުން އެ ޤަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

"އެހެންމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިމައްސަލައަކީ މިއަދު ދެން އިތުރަށް ކުރިއަށް ގެންދެވޭނޭ މައްސަލައެއް ކަމަށް އަޅުގަނޑު ނުބަލަން. މި ޤަރާރަކީ މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމަވާ، ނިޒާމީ މައްސަލައަކަށް ގޮތެއް ނިންމާވާ ބޭރު ކުރައްވާފައިވާ ޤަރާރެއް ކަމަށްވާތީ މި ޖަލްސާ ދެން ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑެއް ނުބަލަން" އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޗަގޯސް

    އެއްވަރުގެ މީހުން، މިމީހުނަށް އިއްޒަތްތެރި ކިޔަން ޖެހޭ ސަބަބެއް ނޭނގޭ، އަޚްލާގެއް ނެތްތާގަ ލަދެއްވެސް ނުހުރެ. ބަގުޑި ކިތަންމެ ބެއްދިޔަސް ދުއްވި އޮޑި ފެއްތި ގުރޫޕަށް ވާނީ، މިމީހުންގެ ފަލްސަފާ ތިމާ ނުކެވެންޔާ ކަލޭމެންވެސް ތިބެންވާނީ ނުކައި.

    17
    0
  2. އަވަށުމީހުން

    މިތިބެ ބައެއްދޯ

    13
  3. މެން

    އީވާވެސް ބޭރުކުރޭ

    17
    1
  4. ގަބީލާ

    މައުމޫނު އާއިލީ ވެރިކަމެއް ކުރާވާހަކަ ރައްޔިތުންނަށް ވިސްނައިދީގެން ވެރިކަމަށް އައި މީހުން މިއުޅެނީ ހެދޭނެހެދޭ ނޭނގޭ ހިސާބުގައި .
    ޑިމޮކްރަސީގެ ރިވެތި ސިފަ ދަސްކޮށްދިން މީހުންނާއި ޑިމޮކްރަސީ އަރާހަމަކުރީމާ މިއުޅެނީ އައްޗިކޮށް.

    21
  5. އިކުރާމު

    ބޭގަރާރު

  6. ޙައްވަ

    ހެނދުނުޖަލްސާއަށް ސަލާމްބުނެފައި 45މިނިޓު ފަހުން ބަލިން ރަނގަޅުވުމެކީ ޖޯކެއް ތިގޮތަށް މަޖިލިސް ރައީސްގެ ދިފާއުގައި ކިހާދުވަހަކު ހުރެވޭނެބާ މިމީހުންނަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ

  7. ސަރަނގު އާދަން މަނިކު

    މީ ރައްޔިތުންގެ ޓެކްސް ފައިސާއިން ލައްކަޔަކަށް ވުރެގިނަ ފައިސާ މުސާރައިގެ ގޮތުގައި ނަގައިގެން ތިބެ ދެ ގްރޫޕަކަށް ބެހިގެން ވަގުތު ނަގާލަން ކުޅެމުންދާ ކުޅިގަނޑެއް .ރައްޔިތަކަށް ފައިދާވާ އެއްްކަމެއް މި މީހުން ކޮށްފަ އެބަ އޮތްތޯ އަމިއްލަ ނަފްސާ ސުވާލް ކޮށްލަބަލަ! ރިޓަޔާ ކުރެވޭ ޢުމުރު މައްޗަށް ޖައްސައިފި . ކޮތަޅުން ޑިއުޓީ ނަގައިފި. އާސަނދަ ކަނޑާލަން ފާސްކުރަން ވާހަކަ ދެކެވެނިކޮށް މި ވެރިކަން މި ބަދަލްވީ .. ރައްޔިތުން ރިޔާސީ އިންތިޚާބުގައި ވޯޓު ވިއްކީ 5 ހާސް ކަމަށް ވަންޏާ މަޖްލިސް މެންބަރުން ހޮވާ އިންތިޚާބުގައި 50 ހާހަށް ޖައްސާތި. ޔަޤީން ގެރެންޓީ ކަމެއް މިތިބަ މީހުން ދެންވެސް ހޮވައިފިއްޔާ ހަމަ ނުކުންނާނީ އެއް ނަތީޖާ އެއް.

  8. ކަޒިންސް

    މަޖިލިސް އަންބޮނޑި އަށް ލައިގެން އުޅޭ އައްޗި ދެ ކުދިން އީވާ އަންނި..ލަދު ނުގަންނަ ރައީސް ވޯޓަށް ފިލި ރައީސް އިތުބާރު ނެތް ރައީސް ފޭކު ރައީސް

  9. ޙެހެހ

    ރިޔާސަތުން ބޭރުކުރެވޭތަ ! ފިޑިބައެއްމީ ދަނޑިޕާޓީ ، މުޅިންވެސް ވަލުޖަނަވާރުގެ އުސޫލު