ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އުޅުއްވަނީ އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށްވުރެ ޤާނޫނާއި އުސޫލު މުގުރުމުގައި ކުރީގައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލި މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ އެފަދައިން ވިދާޅުވެ، ޓުވިޓު ކުރައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ދެފަހަރެއްގެ މަތިން ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވުމުންނެވެ.

އެގޮތުން ކުރެއްވި ޓުވިޓުގައި މޫކޭ ވިދާޅުވީ، ވެއްޓެމުން ވެއްޓެމުން ރައީސް ނަޝީދު އެ ވެއްޓެނީ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަށް ވުރެން ދަށަށް ކަމަށެވެ. އަދި ޑިމޮކްރަސީގެ މާސްކު ނެއްޓި އަސްލު ސޫރަ ފެނުނުއިރު ނަޝީދު ހުންނެވީ ނަތަންޔާހޫ އަށްވުރެ ގާނޫނާއި އުސޫލު މުގުރުމުގައި ކުރީގައި ކަމަށް މޫކޭ ވިދާޅުވިއެވެ.

އަދި ކެރިވަޑައިނުގެން، ވޯޓަކަށް އަހާލާނެ ހިތްވަރު ނެތި އެމަނިކުފާނު ހުންނެވީ ފިލާ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

ވެއްޓެމުން ވެއްޓުމުން ނަޝީދު އެވެއްޓެނީ ރައީސް މައުމޫނަށް ވުރެ ދަށަށް. ޑިމޮކްރަސީގެ މާސްކު ނެއްޓި އަސްލު ސޫރަ ފެނުނުއިރު ސުބުޙާނަﷲ ނަތަންޔާހޫ އަށްވުރެ ޤާނޫނާއި އުޞޫލު މުގުރުމުގައި ހުރީ ކުރީގައި. ވޯޓަކަށް އަހާލާނެ ހިތްވަރު ނެތި އެއިނީ ފިލާ." މޫކޭ ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

 

މިއަދު އެންމެ ފުރަތަމަ ބޭއްވި މަޖިލިސް ފެށިގެން ދިޔުމާއެކު މެންބަރުން ވަނީ ނިޒާމީ ނުކުތާތައް ނަގަން ފަށާފައެވެ. އެގޮތުން މި ޤަރާރަކީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ހުށަހެޅިފައިވާ ޤަރާރެއް ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމްޑީޕީން ބުނަމުން ދިޔައީ އެ ޤަރާރު ހުށަހަޅާފައިވަނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އެމްޑީޕީން ބުނާގޮތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އިންނެވީ މަސްލަހަތު ނެތް ބޭފުޅެއް ކަމަށާއި ގަސްތުގައި ނިޒާމީ ނުކުތާ ނަންގަވަން ފުރުސަތު ދީގެން އިންނެވީ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ރައްޔިތުންގެ މަޖިޅީސް ހެނދުނު ފެށުނުއިރު ރިޔާސަތު ބަލަހައްޓެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހުސެއިން އަފީފުއެވެ. ހުސެއިން އަފީފު ވަނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހެނދުނުގެ ޖަލްސާ ނިންމަވައިލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރަކީ މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ބޭރުކޮށްފައިވާ ޤަރާރެއް ކަމަށް ބުނެ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ދެންމެ ފެށި ޖަލްސާ ނިންމަވާލައްވައިފައިވާތީ މަޖިލީހުގެ ނައިބު ރައީސް އަށާއި ހެނދުނުގެ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހުސެއިން އަފީފުއަށް ފިޔަވަޅު އަޅަން އާންމު ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙިންނަބެ

    އިބޫގެ ވެރިކަން ގެއްލޭ ދުވަހު ނަޝީދުވެސް ރައީސެއްގެ މަގާމުގައި ބަހައްޓަން ބޭނުންނުވަނީ އޮތަ ހާދަ ހަޑިކޮން ތިޔާ އުޅެނީ

    5
    2
  2. ބަރުގޮނު

    ޑިމޮކްރެސީ ގެ ބަފަޔަށް ވެގެން އޭޝިއާގެ އޮބާމާކަމަށް އަޑުއަރުވައިގެން އުޅުނަސް ކަމަކާ ޖެހުނީމާ ހަމަ ބޮޑު ފިޑިއެއް. ކޮއްކޮއެއްކަމަށްވާ އީވާ ލައްވާ ކުޅިވަރު ކުޅުވާގެން އެކަމުގެ ނިވަލުގައި ހުރެ ފީކޯތް ކުޅެނީ. ސީދާ ކުރިމަތިލާކަށް ނުކެރުނު.

    6
    8
  3. ނިރުމާން

    ތިޔަ ބޭފުޅުން އަނގަހުޅުވި ތިހިސާބަށް އާދެވިފަ ތިތިބީ ނަޝީދުގެ މަސައްކަތުން. މިހާރު ތިޔަހެން ތިއުޅުއްވަނީ ކޮންކަމެއް ޙާޞިލް ކުރަންތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ.

    15
    5
  4. އަބްދޫ

    އަހްމަދު ރިޒްވާނު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ވެސް ތިޔަ ނަސީދު .އަހްމަދު ރިޒްވާނުވަނީ މިނިވަން ނުހުގަ ނަސިދުގެ ލާދީނީ ލިއުންލިޔެފަ ރިޒްވާނު ވަގަސް ނެގުމަށްފަހު އެލިއުމަކީ ނޫސްވެރިޔާގެ އަމިއްލަ ހިޔާލުކަމަށ ނޫސްބަޔާ ނެއް ނުކުތުމުން އެ ނޫސްބަޔާންނެރުނު މީހަކީ ރިޒްވާނު ވަގަށް ނެގި މީހާކަމަށް ތުހުމަތު ނުކުރެވޭނެ އެއްވެސް ސަބަބެއްނެތް. އެނޫސްބަޔާނުގަ އައިރިސްޓައިމް ގެ ވާހަކަ އައުމުން އައިރިސްޓައިމް ބެލިއިރު ނަސީދުގެ ލާދީނީ ލިއުން މިނިވަންނޫހުން އައިރިސްޓައިމަށް ނަކަލުކޮށްފާ ހުއްޓާ ދުށިން.އަހްމަދު ރިޒްވާނު މިނިވަން ނޫހުގާ ނަސީދުގެ ފޮޓޯޖަހާ ފޯމަރ ޕްރެޒިޑެންޓް މިނަމުގަ ލިޔެފާހުރި ލިއުން ފުލުހުން ތަހުގިގު ނުކުރީ ކީއްވެބާ؟

  5. އަސްލު

    މީ އެއްކަލަ އަމީނީމަގު ނުނިންމާ މަގުހަދަން ދިން ރުފިޔާގަނޑު ކާލާއިގެން އުޅޭ ކަލޭގެ ދޯ.... އެވެސް ވޯޓުން ބަލިވިގޮތަށް އެންމެން ފިލައިފި....

  6. އަބްދޫ

    ނަސީދަކީ ރީތި ހުތުރު ދަންނަ މީހެއްނުން . ވަރަށް ތަންދޮރު ނުދަންނަ ޖާހިލުމީހެއް.