ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ މަގާމުން ވަކި ކުރަން ބޭނުންވާ ސޮއި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ހަމަކޮށްފިއެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން އެމްޑީޕީން ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު އެޖެންޑާ ކުރި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދެވަނައަށް ބޭއްވި ޖަލްސާ ނިންމާލުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން މިއަދުގެ ދެވަނަ ޖަލްސާ ނިމުމުން އެމްޑީޕީގެ މެމްބަރުން ވަނީ އީވާ ވަކި ކުރުމަށް ބޭނުންވާ ސޮއި ހޯދަން ފަށާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ބައެއް މެމްބަރުން އިސްނަންގަވައިގެން އީވާ ވަކި ކުރުމަށް ސޮއި ހޯދަމުން އަންނަ ކަމަށާއި ނަމަވެސް އެކަމާއި ބެހޭ ގޮތުން އިތުރު ތަފްސީލެއް ދެއްވޭނީ ޕީޖީ ގްރޫޕުން މަޝްވަރާކޮށް ގޮތެއް ނިންމުމުން ކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކި ކުރުމަށް މިހާތަނަށް 22 އަށްވުރެ ގިނަ މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް މައުލުމާތު ލިބޭ ކަމަށެވެ.

އީވާ ވަކި ކުރުމަށް ސޮއި ހޯދަން ފަށާފައިވާއިރު، މިއީ މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ދެވަނަ ފަހަރެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުގެ ކުރިން ވެސް 50 މެމްބަރުންގެ ސޮޔާއި އެކީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް ފަހުން އެ މައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގިރި ނަޝީދު

    ރަނގަޅު. މަޖިލީހުންވެސް ބޭރުކުރޭ. ތި އާއިލާގެ އުނދަގުލުން މި ގައުމު ސަލާމަތް ކުރަން ވެއްޖެ

    44
    6
  2. އަހުމަދު

    ނަޝީދުނެތި ކިހިނެއް އަހަރުމެން ރާއްޖެ ތަރައްގީ ކުރާނީ؟

    1
    8
  3. ސަމްސު

    މި އީވާޔާ އަންނިޔާ ހީކުރަނީ މަޖްލިސް އެއީ އެމީހުންގެ ބަންޱާރަ ގޯއްޗެއް ކަމަށް... މި ދެމީހުން ބޭނުންހާ ގޮތެއް ހަދަން.... ތި ރެޓުސްގަ މިހާރު ތިއުޅޭ މީހުންތީ އިތުބާރު ގެއްލިފަތިބި މީހުން... އަންނި އުޅޭވައްތަރުބަލާބަލަ ނިކަން... ވޯޓަށް ކުރިމަތިލާން ނުކެރިގެން ބޮޱު ފިނޱި.. އެހާގަޓުވެފަ އުޅުން މީހެކޯމީވެސް ބުނާނެތަ މީހަކު...ޱިމޮކްރަސީގެ ބައްޕަޔޯ ޗީ!! އަމިއްލަޔަށްވެސް އިތުބާރު ނެތްކަން އެނގޭތީ ވޯޓަށް ފިލަނީ. ތި ދެމީހުންތީ މި ދިވެހިރާއްޖެއިންވެސް ބާލަންވެފަ ތިބި ދެމީހުން... ބޭރުކުރޭ ބޭރުކުރޭ

  4. ޙައްވަ

    އީވާ އާއި އަންނި ބޭރުކުރަން ލަސްވެއްޖެ ވީހާ އަވަހަކަށް ބޭރުކުރޭ ތީމިގައުމު ހަލާކު ކުރާބައެއް

    12