އުމުރުން 50 އަހަރުގެ ފިރިހެނަކު އޭނާގެ 90 އަހަރުގެ މައިދައިތަ ރޭޕްކޮށްފިއެވެ.

އެ ފިރިހެން މީހާއަކީ ރޭޕްކުރި އަންހެން މީހާގެ ދަރިއަކާއި ކައިވެނިކޮށްގެން އެ އަންހެން މީހާގެ ގޭގައި އުޅެމުންދިޔަ މީހެކެވެ. އެ އަންހެން މީހާf ރޭޕް ކުރުމުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އިންޑިއާގެ ކޮޒްހިކޯޑޭ އަވަށުގައި މިކަން ހިނގިއިރު، ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ އެކަން ހިނގިތާ އެއް ދުވަސް ފަހުންނެވެ. އަދި ފުލުހުން އެ މައްސަލަ ރެކޯޑްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި މައްސަލައެއްގެ ގޮތުގައެވެ.

އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އެ ފިރިހެން މީހާގެ އަނބިމީހާ އަވަށުގެ ގެއަކަށް ގޮސްގެން އުޅެނިކޮށެވެ. މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި މިކަން ހިނގިއިރު، އެ މީހާ އޭނާގެ މައިދައިތަ ރޭޕްކޮށްފައި ވަނީ މަސްތުހާލުގައި ހުރެގެންކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އޭނާ ރޯއަޑަށް އެ އަވަށުގައި ދިރިއުޅޭ އަވައްޓެރިން އެގެއަށް އައިސް އެ އަންހެން މީހާއަށް ލިބިފައި ހުރި އަނިޔާތައް ފެނުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މައްސަލާގައި އެ މީހާ ހައްޔަރުކޮށްފައިވާއިރު، އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް އޭނާގެ ބަންދަށް 14 ދުވަސް ވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހުރަ

    ޗޮއް!! ފަކުރެއް ނުގަނޭތަ ބޮޑު ސިންގާ މުސްކުޅިއަކާ އެޅެން؟؟؟ ހޮޑުލަވާވަރުވޭ*!**!*!