ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު ކަމަށާއި، އެމަނިކުފާނު ތަފާތު ދައްކަވާނެ ކަަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ވިދާޅުވިއިރު، ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިދިކޮޅު މައި ޕާޓީ ޕީޕިއެމްއިން ވަކިވެވަަޑައިގެންފައެވެ. އަދި އެމަނިކުފާނު އުފައްދަވާ ޕާޓީއާއި ގުޅުމަށް ތައްޔާރަށް ތިބުމަށް ކުރީގެ ވަޒީރު އަދި ޕީޕީއެމްއިން ވަކިކޮށްފައިވާ މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.

މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ވަޒީރުން ރައީސް ޑރ. މުއިއްޒާއެކު ތިއްބެވިކަން ހާމަކުރައްވަމުން ގެންދަވާއިރު، ޝިޔާމް ވިދާޅުވީ 19 ވަނަ މަޖިލީހާއެކު ޕާޓީގެ ނައިބުރައީސެއްގެވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށް ކަަމށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް ރައީސް ޔާމީން ހައްގު ނޫން ސިޔާސީ ހުކުމެއްގައި ޖަލުގައި ގައިދުކޮށްގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތައް ކަމަށްވެސް ވިދާޅުވިއެވެ،

"ދާއިރާތަކުގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކުން އަދި ހާއްސަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިޔާތަކުން ލިބުނީ އާދަޔާ ހިލާފު ފުރިހަމަ އެއްބާރުލުމެއް. ނަތީޖާއަކަށްވީ ﷲ ގެ ތަނަވަސް ރަހުމަތުން 2023 ގެ ރިޔާސީ އިންތިޚާބު ދިވެހީންގެ ކެންޑިޑޭޓު ޑރ.މުއއްޒު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެތައް ބައެއްގެ ލޯތްބާ އެހީތެރިކަމާއެކު ކާމިޔާބުކުރެއްވުން. އިންތިހާބުގައި އެހީތެެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް މިއަދުވެސް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

‏ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި އިންތިހާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސެެވެ. އަދި ޖެހިގެން އައިދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނުއިރު، ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމަށް ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒުގެ އާސަރުކާރުން ކުރައްވަންހުރި ކަންކަން ލައްކަ ބައިވަރު. އެހުރިހާ ވައުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފައި. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކަށް ފުރަގަސް

ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާާ ކަަމަށެވެ. އަދި ސަރުކާރު ގެނެވުނީ ރައްޔިތުން ފަސް އަހަރު މަގުމަތީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި ރައީސް ޑރ. މުއިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް އެބަ ހުރި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް އައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ.މުއިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި އަޅުގަނޑަށް އިތުބާރުކުރައްވާ ރައީސް ޑރ. މުއިއްޒު އަޅުގަނޑާ ހަވާލުކުރެއްވި ގައުމީ މަސްޢޫލިއްޔަތު އަޅުގަނޑުގެ ލަޔާޣަތާ ގާބިލިއްޔަތު ތަންދިން އެންމެފުރިހަމައަކަށް އަދާކޮށްދީ ގައުމާ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީ ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެކުރީސަފުގައި މަސައްކަތްކޮށްދިނުން".ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ރަގަޅު ވައިޖަހައިގެން ކުރިއަށްދުވާނީ..

    23
    5
  2. ޔާމީނު

    ދޮންކަލޯ ކޮބާތަ އެއްކަލަ ދުވަހު ގޮވި ހަރާން ހުކުން. މިއަދު އެ ހުކުން ހުދުކާފޫރަށް ވީތަ. ދޮންކަލޯވެސް މަގާމުގެ ދަހިވެތިކަމުގަ ރަށްޔިތުން ގުބޯ ހައްދަން ފެށީތަ.

    33
    5
  3. ޙެހެހ

    ވަރަށް ކައްކާލާފިދޯ ، ރ.ޔާމީން ވަރެއް ނެތެއްނު

    25
    3
  4. Anonymous

    އާނ ވަރަށް ތަފާތު އެބަދައްކާ ، ފުރަތަމަ ހިޔަންޏެއްހެން ޔާމީނުގެފޮޓޯޖަހައިގެން އުޅެއުޅެފަ މިހާރު ޔާމީނުނަގާ އެއްލާލީ! ނިކަމެތި ރައްޔިތުންގެ މަތިންވެސް ހަނދާންނައްތާލައިފި! ވައްކަމާކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ބަލާކަށް ނޫޅޭ! ފަތިފުއް ރަނގަޅުމީހުންނޭ ކިޔާފައި މިނިސްޓަރުކަމަށާ އެހެނިހެން ބޮޑެތި މަގާމުތަކުގައި ގިނައިން ތިބީ ކޮރަޕްޓު އަހްލާގީފެންވަރުދަށް މީހުން! ނިކަމެތި ރައްޔިތުމީހާ ފޮނުވާ ސިޓީއަކަށް ޖަވާބުދެވޭވަރަށްވުރެ ތިމާމެންތިމާމެނައް ފެނިއްޖެ، ވަރަށް ތަފާތު

    25
    6
  5. ާދަލޭކް

    ޟިޔާމް ހާދަ އަވަހަކަށް ފެންވަރު އޮޅުނީ ޔާމީންގެ ފޮޓޯ ޖަހަގެން ވެރިކަމަށް އައި މިހާރު ހަދާނެއް ނުވޭ ދޯ ތިކަން ދެން ދައްކާނީ މަޖުލީސް އިންތިހާބުން. ތަމެން މަޤާމްއަށް މޮޔަވަވަނީ

    25
    5
    • އަޖާއިބު

      ފޮޓޯޖެހީ ޔާމީނަށް އިހްތިރާމް ކުރުމުގެ ގޮތުން.
      އަހަރެމެން ވޯޓްލީ މުއިއްޒަށް އެބޭފުޅާގެ ގާބިލުކަމަށް ބަލާފަ.
      ރ ޔާމިން އަމިއްލަ އެދުން އިސްކޮށް ވެރިކަމާއިގެން އުޅުއްވުމަކީ އެއީ ސިޔާމް ގޯސްކުރަން ޖެހޭ ސަބބެއް ނޫން.

      16
      24
      • މަވެސް އަޖައިބު

        ޔާމީނު އަމިއްލަ އެދުން އިސްނުކުރަންވީ ކީއްވެގެންތޯ؟ މުއިއްޒުގެ އެކަނިތޯ އަމިއްލަ އެދުމެއް އޮންނަންޖެހޭނީ؟ ފުރަތަމަ ބޭފުޅާ ކަންހިނގިގޮތް ނޭގި ބަސް ވިދާޅުނުވޭ! ތިބުނާ މުއިއްޒަކު ވޯޓުން ހޮވުނުފަހުން ޔާމީނުއާއި ބަސްވިދާޅެއްނުވޭ! ޔާމީނުކައިރީ ތަށަށް ކިޔަނީ މަރިޔަނބުހޭވެސް އަހާނުލާ! ދެން ޔާމީނު ނުހުންނާނެދޯ ރައީސް ނަޝީދު ހުންނެވިގޮތަށް މަޅީގަ ޖެހުނީމާ މަޑުމަޑުން ނުތެޅި އޮންނާކަށް. މަޅީގަ ނުޖެހެނީސް އެހެން އައްސޭރިއަކަށް ދިޔުން އެއީ ޔާމީނައްވެސް އޮތް ހައްގެއް! ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅުގައި ހުރުމުގެ ބޭނުމެއްނެތް!

      • Anonymous

        ރައީސް ޔާމީން ވެރިކައިގެންތަ އުޅެނީ އަޅެ ފަހެ މީހަކު އަޖައިބެއް ނުވާނެ. މުއިއްޒު ދޯ ޔާމީން އެއްލާލީ

        13
        2
        • ކާޅު ބާޒު

          ތިންހާސް މީހުންް ހަމަނުވާ ޕާޓީ އަކަށް ވެރިކަން ލިބޭނެެ ހިޔަޅު ޓިނު އަދުރޭ އަށް..

  6. އަޖާއިބު

    ފޮޓޯޖެހީ ޔާމީނަށް އިހްތިރާމް ކުރުމުގެ ގޮތުން.
    އަހަރެމެން ވޯޓްލީ މުއިއްޒަށް އެބޭފުޅާގެ ގާބިލުކަމަށް ބަލާފަ.
    ރ ޔާމިން އަމިއްލަ އެދުން އިސްކޮށް ވެރިކަމާއިގެން އުޅުއްވުމަކީ އެއީ ސިޔާމް ގޯސްކުރަން ޖެހޭ ސަބބެއް ނޫން.

    11
    20
  7. އަމަލު

    ރައީސް ޔާމިން ވިދާޅުވިގޮތައް ބާޒުތަކެއް މަތިން އައިސް ޕީޕީއެމް ޖަހައި ނުގަނެނޭ.އަދި ބޯމަތިން ބާޒުތަކެއް އުދުހުނުތަނެއް ނުފެނޭ. އެހެނަސް ޖަންގަލީގެ އެތެރޭގައި ތިބި ސިންގާތަކެއް ނުކުމެ ވަކިއެޅިތަން މިފެނުނީ. ދުރުގަތިބި މީހުނަށް ބަދުބަސް ނުބުނެ ތިމާކައިރީތިބި މީހުނަށް ވިސްނާފިކުރުކުރިނަމަ ތިޔާހެންނުވީސް..

    12
    6
  8. ދެބޯގެރި

    ކޮބަަ ސަނާކީ ތަރައްޤީގެ ބާނީ ؟ ތަރައްޤިގެ ބާނީ ކަފުންކުރީތަ؟ ހާދަ އަމިއްލަ އެދުން ބޮޑޭ ދޯ އިންސާނުންގެ ހިތް ބަދަލްވާކަށް މާގިނަ އިރެއް ނުނަގާނެ ޙައްޤާ ބާޠިލް ބަކިކުރަންވެސް ނޭނގޭތީ ހިތާމަޔަކީ

    7
    1
  9. ފާތު

    އެހެންވެ ދޯ ބުރިޖު ގުޅާނުލެވޭ ފުށިދިއްގަރު ފަޅައް ރައްޔިތުން އަޅަން ތިއުޅެނީ.މީ ރައްޔިތުންނަ ދެވޭ ވަރަށް ބޮޑު އަނިޔާ އެއް

    6
    2
  10. އަޖައިބެނުވޭ

    ހަރާމް ޙުކުމް ހަލާލުވީ....ކުރިން ގޮވަމުން އައީ ދޫކޮއްލާ ދޫކޮއްލާ....މިހާރު ގޮވަނީ ހައްޔަރުކުރޭ ހައްޔަރުކުރޭ....ވަރަށް ތަފާތު ދެއްތޯ...

    8
    1
  11. ބަބޫ

    ތިޔަށް ކިޔަނީ ކާންދިން އަތުގަ ދަތްއެޅުން. ކަލޯމެން ގޮނޑުގަަ ތިއްބާ ނަގައިގެން ހިރަފުސް ފޮޅައިގެން ކޯޓުފަޓުލޫނު ލައްވައިގެން މިއަދު ތިހިރަ ހިސާބަށް ގެނައީ ރައިސް ޔާމިން. މިގައުމަށް ޔާމިން ގެނައިހާ ތަރައްގީ ގެނެވުނު މީހެއް އަދި ނާދޭ. މުއިޒޒުއަކަށްވެސް އެވަރެއް ނުކުރެވޭނެ. އަދި ކަލޯމެން ތި ގައްދާރު ވީ ލައްކައެއްހާ ގިނަ މީހުންގެ ހައްގުތަކާ. މުއިއްޒު ހޮވުނީ ޔާމިންގެ ވޯޓުން. ގައްދާރު ނުވާނަމޭ ބުނި ވެރިޔާ މަހެއް ނުވަނީސް ގައްދާރުވީ. އަތު ނުލާން ބުނި ޕްލެޓް އަތުލީ ގޯތި އަތުލާނެ. މަގާމުތަކުން މީހުން ވަކިއެބަކުރޭ.

  12. މޯދި

    މުއިޒު މޮޅުކޮއްފަ ތިޔަ ދައްކާ ހުރިހާވާހަކަ ތަކީވެސް ތިމާޔައް ވަޒީރުކަން ލިބުނީމައެވެ. ނޫންނަމައް މިއަދު ވާހަކަ ދައްކާނީ މުއިޒު ގޯސްކޮއްފައެވެ.

    8
    1
  13. ފާޒް

    ދެ ދުވަހު ދެ އަނގައި ވާހަކަ ދައްކާ ސިޔާމުމެން ކަހަލަ މީހުން ދޭ ތިހަކަލަ ޔަގީންކަން ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރެއެވެ.

    7
    1
  14. ގުދުގުދާބެއްޔާ

    ތަފާތުވާނީ މިހާވަރައް! ކެންޕޭނުގަ ދެއްކީ ހުސްދޮގުކަން މިހާރު މިއިގެނީ! މާލޭ ރައްޔިތުންނަށް ދިން ގޯތި، ފުލެޓް ނާތުލާނަމޭ، ނާތުލާނަމޭ، ނާތުލާނަމޭ، ކިތައްފަހަރުހޭ ބުނަންވީ ނާތުލާނަމޭ ކިތާފަ ވެރިކަމަށް އެިރިތާ 4 ދުވަސް ނުވެ ދެއްކިވާހަކަ އެނެއްކޮޅަށް!

    8
    1
  15. ވަގު ފާތުމަ

    މަގާމާހުރެ ވުއްކާލަފާނެ މިސޮރު ކޮންމެ އެއްޗެއްވެސް