މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި އެކަން މަސްވެރިން ވެސް ގަބޫލު ކުރާ ކަމުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަސް ކިލޯއަކަށް 25ރ. ހަމަޖެއްސި އިރު، އެ ފައިސާއަކީ ދޭން އުނދަގޫ އަދަދެއް ކަން މަސްވެރިން ގަބޫލު ކުރާ ކަމަށެވެ. މިފްކޯއިން މަސްވެރިން އަތުން ގަންނަ މަހުގެ ފައިސާ ބަރާބަރަށް ދިނުމުގައި ދަތިވެގެން އުޅޭ މައިގަނޑު އެންމެ ބޮޑު އެއް މައްސަލައަކީ ވެސް މަހުގެ އަގަށް ކުރީގެ ސަރުކާރުން ގެނައި ބަދަލު ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ނުދީ އޮތް 200 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ދައްކައިފި

ޝިޔާމް ވިދާޅުވި ގޮތުގައި މިއަދު މަސްވެރިން ބޭނުން ވަނީ އެމީހުން މަސް ކިރާލައިގެން ލިބޭ ފައިސާކޮޅެވެ.

މަސްވެރިންނަށް ނުދީ ހުރި 170 މިލިއަން ރުފިޔާ ހަމަޖައްސަން މަޝްވަރާކޮށްފި

"މަސްވެރިންނެއް ނުބުނޭ 25ރ. އެކޭ. ސަރުކާރުން ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި އެކަން އެގޮތަށް ކުރެއްވީ ވަކި ކަމެއް އޭގައި އަޅުވާފައި." މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު ކަން ކުރެއްވި އަދި މިހާރު ވެސް ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިން މަހުގެ ބޮޑު ބައެއް އެކްސްޕޯޓް ކުރަނީ ޔޫރަޕަށެވެ. މީގެ އަހަރުތަކެއް ކުރިން ޔޫރަޕަށް ބޭރު ކުރާ މަހުން އޮންނަނީ ޒީރޯ ޓެރިފެއް ކަނޑައަޅައިފައެވެ. ނަމަވެސް މި ފަހުން ވަނީ ބޮޑު އިންސައްތައެއް ޑިއުޓީގެ ގޮތުގައި ކަނޑައަޅައިފައެވެ.

"ރާއްޖެ އިން ބޭރު ކުރާ މަހަށް ޑިއުޓީއެއް އަޅުވާފައި އޮންނާތީ އަޅުގަނޑުމެންގެ ކޮމްޕެޓިޓަރުންނާއި އަޅުގަނޑުމެންނާ އެ ސަފުގައި ވާދަނުކުރެވޭތީ އަޅުގަނޑުމެން މި ޖެހެނީ ވަރަށް އަގުހެޔޮކޮށް ހަގީގަތުގައި މަސްވެރިން އަތުން މަސް ގަންނަން." ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސް ކިލޯއެއްގެ އަގު 21ރ. އަށް ހެދިއިރު، ރައީސް ސޯލިހްގެ ވެރިކަމުގައި ފުރަތަމަ މަސް ކިލޯއެއްގެ އަގު 16ރ. އަށް ބަދަލުކޮށް، ފަހުން 17ރ. އަށް ވެސް ހެދިއެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުން ކެމްޕެއިންގެ ތެރޭގައި މަހުގެ އަގު 25ރ. އަށް ހެދީ ޓެރިފްގެ އަގު ކުޑަވާނެ ކަމަށް ހީކޮށްގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި އެނގުނީ އީޔޫގެ ޓެރިފް އަދި މި ހުރީ ކުޑަ ކުރެވޭ ހިސާބަކު ނޫން ކަން. ޓެރިފް ކުޑަކުރެވެން ނަގަނީ ދުވަސްތަކެއް ވެސް ނޫން. އަހަރު، ދޮޅު އަހަރު މަދުވެގެން ނަގާކަން މި އެނގުނީ އަޅުގަނޑުމެން ސަރުކާރަށް އައިސް ކަންކަން ބަލާލީމަ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސް ބޭރު ކުރަން އިނގިރޭސި ވިލާތާއެކުގައި ފްރީ ޓްރޭޑް އެގްރީމަންޓެއްގެ ވާހަކަ ކުރީ ސަރުކާރުން ދެއްކި އިރުގައި އެއީ މިއިން ޒަމާނަކު ކާމިޔާބުވާނެ ވާހަކަތަކެއް ނޫން ކަމަށާއި އެކަން އަދި އޮތީ ފެށޭ މަރުހަލާގައި ކަމަށެވެ. އެހެންވެ، ފެހި ސިގްނަލް ނުލިބި މަސް ގަންނަން އަގު ބޮޑު ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް ތަކުރާރުކޮށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަހުގެ އަގަށް ބަދަލު ގެނައުމުން އެކަމުގެ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެނީ މަސް ގަންނަ ޕްރައިވެޓް ކުންފުނިތައް ކަަމަށެވެ. އެ އަގުގަ މަސް ގަނެގެން ނުހިންގޭނެތީ ބައެއް ކުންފުނިތައް މިހާރުވެސް ހުރީ ހުއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބައެއް ކުންފުނިތަކުގެ ފެސިލިޓީތައް ހުއްޓުމަކީ ވަރަށް ގިނަ ބަޔަކަށް އާމްދަނީ ލިބުން ހުއްޓި، ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަހުގެ އަގު 20ރ. އަށް ވުރެ ކުޑަ ނޫން އަދަދެއް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މަހުގެ އަަގަށް ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެކަން ކުރައްވާނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ އެކުގައި ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަލިމަދާތަ

    މަސްވެރިން މީ މިހާތަނަށް ހައްލުކުރަން އުނދަގޫ މައްސަލައެއް، ބުއްފުޅި ޖައްސާގެން ގެންގުޅެންޖެހޭ ބައެއް، މިވެރިން ބާނާ މަސްވެސް މިޖެހެނީ ސަރުކާރުން ޒިމްމާވާން، ސަރުކާރުގެ ކެޕޭސިޓީއަށް ކޭޓާ ކޮށްބަލަ، އެކަން ބޮޑުނުކުރެވޭހާ ހިންދަކު ނުޖެހޭ ނުވާވަރުން މަސްކިރާކަށް، ފުރަފަމަ ސަރުކާރު ހަމަމަގަށް އަޅުވާފަ ދެން މިވެރިން ނާގެން އުޅެވޭނީ.

    19
    5
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      އަސްލުވެސް ވަރަށް ރަނގަޅުވާހަކައެއް! މިގައުމުގެ އެންމެބޮޑެތި މަހުޖަނުންނަކީ ރިޒޯޓްއޯނަރުންނާއި މަސްވެރިން ރިޒޯޓްއޯނަރުންނަށް ޓެކްސް މާފުކޮށްދޭއިރު މަސްވެރިންގެ އޮޑިތަކަށް ތެޔޮއަޅާދެނީ ސަރުކާރުން! ތެޔޮއަޅާދިނުމަށްފަހު އެވެރިންބާނާ ހުރިހާމަހެއްވެސް ބޮޑުއަގުގަ ގަންނަންޖެހޭ! ސަރުކާރުތަކުން މިބޮޑު ބުރައުފުލުމަށް ކުރަންޖެހޭހަރަދު ހޯދުމަށްޓަކާ ފުލުހުން ނެރެގެން ނިކަމެތި ރައްޔިތުންގެ ސައިކަލްތަކުގަ އިސްޓިކާޖެހުމާއި ޖޫރިމަނާކުރުންފަދަ އަނިޔާތަށް ދޭންޖެހޭ!

      12
      1
  2. ރިވެތި

    ވަރައް ސާފުސީދާ ތާޒާ ރީތިބަސްކޮޅެއް ރަނގަޅިއްޔާ ރަނގަޅު

    8
    7
  3. މަސްވެރިޔާ

    ކޮބާތޯ ވެރިކަމަށް އަންނައް ދެއްކިވާހަކަތައް

    12
    5
  4. Anonymous

    " ކުންފުނިތަކުގެ ފެސިލިޓީތައް ހުއްޓުމަކީ ވަރަށް ގިނަ ބަޔަކަށް އާމްދަނީ ލިބުން ހުއްޓި، ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް."

    ކަނޑައެޅިގެން ދޮގުވާހަކަ މިހުންނަނީ...
    ދިވެއްސަކަށް ލިބޭ އާމްދަނީއެއް ނުހުއްޓޭ. ސަބަބަކީ ތިޔަބުނާ ތަނުގައި މަސައްކަތް ކުރުވަނީ މުޅިންވެސް ރާއްޖޭން ބޭރު މަސައްކަތްތެރިން.

    10
  5. އިބޫ

    މި މީހުނަްނަކަށް އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް ނުފެނޭ. ނަމަވެސް ކުރެވޭނެ ކަމެއް އެބަ އޮތް. އެއީ، ވެރިކަމަށް އައުމަށް ރައްޔިތުންނަށް ހެދި ދޮގުތައް އަދިވެސް ހެދިނާނެ.

    8
    5
  6. ނުރަބޯ

    ނުވާ ވަރުން ނޫޅޭނީ .... ތިތިބީ އަތަށް ގޮވާފަ

  7. ޒަހަރު

    މަސްވެރިކަމުގެ ސިނާޢަތަށް އަންނަ ބަދަލްތަކަށް ސަރުކާރުތަކަުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެނެ ކެޕެސިޓީ އިތުރުކުމަކީ މަސްވެރިންގެ ޒިންމާއެއްނޫން މަސްވެރިކަން ވަރަށް ދައްކޮށް މީހުން މާނަ ކުރިޔަސް ރާއްޖެއަށް މުޅިދުނިޔެއަށް ދާދިފަހުން އައި ޢާލަމީ ކާރިސާގައިވެސް ރައްޔިތުންނަށް އެންމެ ބޮޑު ޙިއްޞާއެއްވީ ރައްޔިތުން ރިސޯޓްތައް ތަޅުއަޅުވާ ކޮވޮޑުން މަންފާހޯދީ ޤައުމު ސަލާމަތްކޮށްދިނީ މަސްވެރިން ރަނގަޅަށް އެންމެންވެސް ވިސްނާ ސަރުކާރަށް ވެސް ޚިޔާލާ މަޝަވަރާ ދޭންވާނީ

  8. ދެބޯގެރި

    މި ހުރިހާކަމެއް މިޤައުމުގަ ހަލާޚުކޮށް ތައްޔިތުންނަށް ހުރިހާ ނުބައިކަމެއްދަސްކޮށްދިނީ ލާދީނީ އެމްޑީޕީ މައުމޫނު ވެރިކަމުގަ އޮފީސްތަކަށްމަސްއަޅާ ރަށްރަށުގެ ފަޅަށް މަސްއަޅާ ކުނިކޮށް މީ އެމްޑީޕީ އަޑީގަ އޮވެގެން ހިންގިހާ ޖަރީމާ އަދިވެސް އެކަހަލަ ޖަރީމާތައްހިންގަނީ

  9. ބުރުސޫރަ

    35ރ އަށް ކިލޯ އެއް ގަނެގެން ވާނެ ގެއްލުމެއް ނޯންނާނެ. ޢެހެންނޫން!! މިސާލަކަށް ހަރަދު ކަނަޑާފަ، ބޭރުން ގަންނަ އަގަކީ 135ރ ކަމަށްވާނަމަ 40ރ އަށް މަސްކިލޯއެއް ގަތަސް ސަރުކާރަށް ވާނެ ގެއްލުމެއް ނޯންނާނެ.

    މަސްވެރިން ދުވަހަކުވެސް މައްސަލައެއް ނުޖައްސާނެ 40ރ އަށް ގަނެފަ ސަބްސިޑީ ކަނޑަލިޔަސް.

    މީ 21 ވަނަ ގަރުނު ކަމަށްވާތީ ނިނަފަހަރަށް މިއޮންނަނީ އަހަރެންގެ 85 އަހަރުގެ މާމަ އަށްވެސް ދުނިޔޭގައި ހިނގާ ކަންތައްތައް އޮޅުވާ ނުލެވިފަ.

    މީގެ އެންމެ މުހިއްމީ ހުރިހާ ފަރާތަކުންވެސް ކެއްތެރިކަމާއެކު ދިރާސާކޮށް އެބައެއްގެ ހައްގު އެބަޔަކަށް ހޯދައި ދިނުމަށް މަސައްކަތް ކުރުން.

    ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިސަރުކާރަށްވެސް ވަގުތު ބޭނުންވާނެކަން ހޯދާ ބަލަން،

  10. ނިހާން

    ކީހާ ޅެމެއް ފަރިއްސަށްވެ ނިމިއްޖެ. ވަރަށް ސަލާން.

    1
    1
  11. މަޑޭ

    ޕާރޓީއެއްގެ ރައީސްއަކަސް ތަޖުރިބާ ނެތިއްޔާ ރުހުން ދީގެން ނުވާނެ. މީނާގެ އިލްމީ ވަނަވަރު ބެލުމަކީވެސް މުހިންމުކަމެއް.